Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފާރެއް ވެއްޓި ކުއްޖަކަށް އަނިޔާވުން

ކަނޑޫދޫގައި ފާރެއް ދަށުވެ ކުއްޖަކަށް އަނިޔާވެއްޖެ، މާލެ ގެނައުމަށް މަސައްކަތްކުރަނީ

މާލެއަށް ގެނައުމަށް މަސައްކަތް ކުރަނީ އެތެރެ ހައްޓަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 މެއި 2024 | ހުކުރު 17:20
ކަނޑޫދޫގައި ވެއްޓުނު ފާރުގެ ބައިތައް

ކަނޑޫދޫގައި ވެއްޓުނު ފާރުގެ ބައިތައް

ތ. ކަނޑޫދޫގައި ފާރެއް ދަށުވެ، ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ ގައިމައްޗަށް ފާރެއް ވެއްޓި އުމުރުން 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އަނިޔާގެ ތަފްސީލު ނުލިބޭ ކަމަށެވެ. އަދި މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ހޮނިހިރު ދުވަހު މާލެއަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެކުއްޖާ މާލެއަށް ގެނައުމަށް މަސައްކަތް ކުރަނީ އެތެރެ ހައްޓަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށެވެ.

ރީހާން ވިދާޅުވީ މިހާދިސާ ހިނގީ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ކަމަށާއި، އެވަގުތަކީ ވަރަށް މޫސުން ގޯސްވެ، ވައިގަދަވި ވަގުތެއް ކަމަށެވެ. ރީހާން ވިދާޅުވީ ވެއްޓުނު ފާރަކީ މީހުން ދިރިއުޅޭ ގެއެއްގެ ވަށާފާރު ކަމަށާއި، އެފާރަކީ ދުވަސްވީ ފާރެއް ކަމަށެވެ. އަދި ސެމެންތި ޖަހައި އައު ކުރިނަމަވެސް ފާރަކީ ދުވަސްވީ ފާރެއްކަމުން ގަދަވަޔާއެކު ވެއްޓުނީ ކަމަށް ބެލެވޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ބޭރުގައި އުޅެމުންދިޔައީ އެ އުމުރުގެ އެހެން ކުދިންތަކަކާއެކުއެވެ. ގާތްގަނޑަކަށް ހަ ފޫޓުގެ އެ ފާރު ވެއްޓި ދަށުވުމުން އެކުއްޖާ ފާރުގެ ދަށުން ނެގީ ވެސް އެކުދިންނެވެ. ފުރަތަމަ އަނިޔާވި ކުއްޖާ ގެންދިޔައީ ކައިރީގައި ހުރި ގެއަކަށެވެ. އަދި ހެލްތު ސެންޓަރަށް ގެންގޮސްފައިވަނީ އޭގެފަހުންކަމަށް ވެސް މައުލޫމާތުލިބެއެވެ. އެކުއްޖާގެ ފައިގެ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައިވާއިރު، ގައިގެ އެކި ތަންތަން ވަނީ މަށައިގެން ގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ހުޅަނގު މޫސުމާއެކު، މުޅި ރާއްޖޭގެ މޫސުން ވަނީ ގޯސްވެފައެވެ. ވައިގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެއެވެ.

އަނިޔާ ތ. ކަނޑޫދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސެއިންއާ ބައްދަލެއް ނުކުރެވޭ، އަތުގައި ބިޑި އެޅުވުމުގެ ތެރޭގައި އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ: ވަކީލު

ހުސެއިންއާ ބައްދަލެއް ނުކުރެވޭ، އަތުގައި ބިޑި އެޅުވުމުގެ ތެރޭގައި އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ: ވަކީލު

11 ސެޕްޓެމްބަރު 2025
ޒަހަމްތަކާއެކު އޮއްވާ ފެނުނު މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވޭ: އައިޖީއެމްއެޗް

ޒަހަމްތަކާއެކު އޮއްވާ ފެނުނު މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވޭ: އައިޖީއެމްއެޗް

10 އޮކްޓޯބަރު 2024
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް

ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް

19 މެއި 2024
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

15 މެއި 2024
އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެ

އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެ

07 އެޕްރީލު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު