Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި 37 އަހަރުގެ ދިވެހި މީހާއަކީ ޑްރަގް ހުރި ލަޖެގް ބަލާ ދިޔަ ފަރާތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 މެއި 2024 | ހުކުރު 07:47
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުތެރެ - ފައިލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުތެރެ - ފައިލް

އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައަކީ ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ މުހައްމަދު އާގިބު (29) ރާއްޖެ އައި އިރު އޭނާ ގެނައިކަމަށް ބެލެވޭ ޑްރަގުގެ މައްސަލައެވެ. މި މައްސަލައިގައި އާގިބުގެ އިތުރުން ދިވެހި ފިރިހެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ބަންދުގެ މުއްދަތު ހަމަވަންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. މީގެ ތެރެއިން ޕާކިސްތާނު މީހާއަކީ ޑްރަގް ރާއްޖެއަށް އެތެރެކުރަން އުޅުނު މީހާއެވެ. އަދި 37 އަހަރުގެ ދިވެހި މީހާއަކީ ޑްރަގް ހުރި ލަޖެގް ބަލާ ދިޔަ ފަރާތެވެ.

މި މައްސަލައިގެ ބަންދު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ހުރި ލަގެޖަކީ އާގިބުއާއި އިތުރު މީހަކު ބައިވެރިވެގެން ގަނައި ލަގެޖެއް ކަމަށް ޕްރޮސެކިއުޝަނުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މި ލަގެޖް ޓެގް ނެއްޓުމުގައި ހަރަކާތްތެރިވެފައިވަނީ އެއަރޕޯޓުގެ މުވައްޒަފުންކަމަށް ޕްރޮސެކިއުޝަނުން ވަނީ ފާހަގަކޮށްފައެވެ.

އަދި ސީންގައި ހަރަކާތްތެރިވާ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންގެ ބަޔާންތަކާއި ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން އާގިބުގެ މައްޗަށް ކުރެވެނީ ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ތުހަމަތެވެ. އަދި މިކަން ކުރުމުގައި އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.

މިއީ ރާވައި އިންތިޒާމުވެގެން ހިންގާފައިވާ ކުށުގެ އަމަލެއްކަމަށް ތުހުމަތުކުރެވޭ ސަބަބުތަކެއް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. އަދި މީނާއަކީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތެއްކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ. އަދި މީނާއަކި ބިދޭސީއަކަށް ވެފައި އޭނާގެ ޓުއަރިސްޓް ވިސާގެ މުއްދަތު ހަމަވެފައިވާކަމަށް ޕްރޮސެކިއުޝަނުން ފާހަގަކޮށްފައިވެއެވެ.

ޕްރޮސެކިއުޝަނުން އެދިފައިވަނީ މި މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ. ނަމަވެސް މި މައްސަލައިގައި ދައުވާކުރުމާމެދު ޕްރޮސެކިއުޝަނުން ގޮތެއް ކަނޑައަޅާފައިނުވެއެވެ.

މި ދެމީހުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ކ) ގެ ދަށުން އާގިބު ފިލާފާނެކަމުގެ އިހްތިމާލު އޮތުމާއި، މުޖްތަމައުގެ ސަލަމަތަށް ނުރައްކެއް ކުރިމަތިވެދާނެކަމަށްޓަކައެވެ. ދިވެހި މީހާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި އޮތީ މުޖްތަމައުގެ ސަލަމަތަށް ނުރައްކެއް ކުރިމަތިވެދާނެކަމަށްޓަކައެވެ.

މީގެ އިތުރުން އާގިބު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ (2) އަދި (3) ވަނަ ނަންބަރާއި މި މާއްދާގެ (ނ) ގެ (3) (4) އަދި (5) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއެވެ. ދިވެހި މީހާގެ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (3) (4) އަދި (5) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު