Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑެންގޫ އަދި ޗިކުންގުންޔާ ފެތުރުން

މިހާރު ފެތުރެމުންދާ ރޯގާތައް ކޮންޓްރޯލްކުރުމަށް ސިޓީ ކައުންސިލާއި އެޗްޑީސީން ގިނަ މަަސައްކަތްތަކެއް ކޮށްދީފައިވޭ: މިނިސްޓަރު

16 މެއި 2024 | ބުރާސްފަތި 08:53

އެ މަސައްކަތަށް ޚާއްސަ ސްޓިޔަރިންގ ކޮމިޓީއެއް އެކުލަވާލެވިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މެއި 2024 | ބުރާސްފަތި 08:53
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

މާލެ ސަރަޙައްދުގައި ފެތުރެމުންދާ ރޯގާތައް ކޮންޓްރޯލް ކުރުމަށް ސިޓީ ކައުންސިލާއި އެޗްޑީސީގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބޭކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖޭގައި ޑެންގޫއާއި ޗިކުންގުންޔާ ފެތުރެމުންދާތީ، ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތްތައް ކުރަމުންދަނީ ސަރުކާރުގެ އިދާރާތަކާއި ހޮސްޕިޓަލުތައް ވެސް ގުޅިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތަށް ޚާއްސަ ސްޓިޔަރިންގ ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށާއި، ކޮމިޓީގެ އިސްނެގުމުގެ މަތިން މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތައް ފޮގް ކުރުމާއި، މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

މާލެ ސަރަޙައްދަކީ އެންމެ އާބާދީ ބޮޑު ސަރަޙައްދުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ސިޓީ ކައުންސިލާއި، އެޗްޑީސީ އަދި ވެމްކޯއިންވެސް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށާއި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާ ހިސާބަށް އައިއިރު މިއަހަރުގެ ތެރޭގައި ޑެންގޫގެ 774 ކޭސް އަދި ޗިކުންގުންޔާގެ 389 ކޭސް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އެއީ 11 މެއިގެ ނިޔަލަށެވެ.

މި ފާއިތުވެ ދިޔަ އަހަރުތަކަށް ބަލާއިރު މިއަހަރު ޗިކުންގުންޔާގެ ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަ ކުރެވޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން 1 މާރޗުން ފެށިގެން އަތޮޅު ތެރެއިންވެސް މި ބަލީގެ ކޭސްތައް ފެނިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ރާއްޖޭގައި ތިބި ބިދޭސީންނަށް އަމާޒުކޮށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުންދާކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން
17 ޑިސެމްބަރު 2025

މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

17 ޑިސެމްބަރު 2025
މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް