Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ

ސިޔާސީ މަގާމްތައްވެސް ވަނީ ސިއްރެއްގެ ގޮތުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 16 މެއި 2024 | ބުރާސްފަތި 03:11
ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވައިލައިދިނުމާއި، ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވައިލައިދިނުމާއި، ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއީ މީގެ ދުވަސްކޮޅެއް ކުރިއެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދުވަސްވަރެވެ. އޭރު އޮތް އިދިކޮޅުން މިހާރު މިއޮތް ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އަންނަން މަސައްކަތްކުރި ދުވަސްވަރެވެ. އޭރުގެ ސަރުކާރު ބަލިކަށިކޮށްލައި ރައްޔިތުންގެ ބޮލަށް 'ޗިޕު' ޖަހަމުންދިޔަ ދުވަސްވަރެވެ. އެ ސަރުކާރު ގޯސްކަމާއި ތިމަންމަންގެ ސަރުކާރެއްގައި ގެންގުޅޭނެ މޮޅު ސިޔާސަތުތަކުގެ ވާހަކައިން ޑރ މުއިއްޒުއާއި އޭނާގެ ޓީމުން ދަޅަ ދައްކަމުންދިޔަ ދުވަސްވަރެވެ.

އެގޮތުން އޭރުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން އެންމެ ބޮޑަށް ބޭނުންކުރި އެއް ހަތިޔާރަކީ "ހާމަ" ކުރުމުގެ ވާހަކައެވެ. ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމުގެ ވާހަކައެވެ. ޚާއްޞަކޮށް ދޭދޭ ގައުމުތަކުގެ މެދުގައި ދެކެވޭ ވާހަކަތަކާއި ބައިލެޓަރަލް އެއްބަސްވުންތަކުގެ އަސްލު ރައްޔިތުންނަށް ހިނދުން ހިނދަށް ދައްކަން ޖެހޭނެ ކަމަށެވެ.

ނިމިދިޔަ ސަރުކާރަކީ އެންމެ ބޮޑަށް މައުލޫމާތު ހާމަކުރި އެއް ސަރުކާރެވެ. ސަރުކާރުގެ ޚަރަދު ބަރަދުވެސް ހަފަތާއަކު އެއްފަހަރު އާއްމުންނަށް ފެންނާނޭހެން ޝާއިއު ކުރަމުން ގެންދިޔައެވެ. އެންމެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައި މައުލޫމާތު ދެމުން ދިޔައީ ނިމިދިޔަ ސަރުކާރުންނެވެ. ސިޔާސީ މަގާމްތަކާއި ވަޒީފާތައް ދިޔައީ ރައީސް އޮފީހުގެ ވެބްސައިޓަށް ދުވަހުން ދުވަހަށް އާއްމު ކުރަމުންނެވެ.

އެކަމަކު އޭރުގެ އިދިކޮޅުން އަޑަށް ބާރުލާފައި ހަޅޭލަވަމުން ގެންދިޔައީ ރާއްޖެއިން ބޭރު ގައުމުތަކާއެކު ދެކެވޭ ވާހަކަތަކާއި ކުރެވޭ މުއާމަލާތްތައް ސީދާ އެ ހޫނުކަން މަތީ ޢާއްމުކުރުމަށެވެ. އެފަދަ ގައުމުތަކަށް ފޮނުވާ ސިޓީތަކާއި ވެވޭ އެއްބަސްވުންތަކުގެ އަސްލު ހާމަކުރުމަށެވެ. އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ އެއީ ސަރުކާރަށާއި ޤައުމީ މަސްލަހަތަށް އަދި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކުގެ މަސްލަހަތަށް ބަލާއިރު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ. ޚާއްޞަކޮށް އެއީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ފުށުއަރާ އަދި ގައުމުތަކާމެދު އޮންނަ ގުޅުންތަކަށް ހީނަރުކަން އަންނާނެ ކަންތައްތައް ކަމަށެވެ. ގައުމުތަކުގެ ސަލާމަތަށްޓަކައި ވެސް ހިފެހެއްޓެން ޖެހޭނެ ސިއްރު ތަކެއް ކަމަށެވެ. އެކަމަކު އޭރުގެ ސަރުކާރުން ދިން ޔަގީން ކަމަކީ ރާއްޖެއަށް ގެއްލުންވާނޭ ވާހަކައެއް ނުދައްކާނެ ކަމަށާއި އެފަދަ ސިޓީއެއް ނުފޮނުވާނެ ކަމަށެވެ. އަދި އަމުދުން އެފަދަ އެއްބަސްވުމެއް ވެސް އެއްވެސް ގައުމަކާއެކު ވެސް ނުހަދާނެ ކަމަށެވެ. އެހެންބުނެ އެކަނި އޭރު އެ ސަރުކާރުން ދިޔައީ އެ މައުލޫމާތުތައް މަޖިލީހާއި ވެސް ހިއްސާކުރަމުންނެވެ. ގައުމީ ސަލާމަތަށްޓަކައި ބައެއް ބައިތައް ހިފެހެއްޓިނަމަވެސް ޚުލާސާކޮށް ނޫސްވެރިން މެދުވެރިކޮށް އާޢްމުންނަށް އަންގައިދެމުންނެވެ.

އޭރުގެ އިދިކޮޅަށް އެގޮތް ކަމަކު ނުދިޔައެވެ. އޭރުގެ އިދިކޮޅުން އަދި މިހާރުގެ ސަރުކާރުން ބުނަމުން ދިޔައީ ފޮރުވަން ޖެހޭނެ އެއްވެސް އެއްޗެއް ސަރުކާރެއްގައި ނޯންނާނެ ކަމަށެވެ. ގައުމީ ސަލާމަތަށް ބުރޫއަރާނެ އެއްވެސް ލިޔެކިޔުމެއް ނޯންނާނެ ކަމަށެވެ. ޚުދު އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ސިއްރު ކުރާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ. ގައުމީ ސަލާމަތަށްޓަކައޭ ބުނެ ހާމަނުކޮށް އެއްވެސް އެއްޗެއް ނުބާއްވާނެ ކަމަށެވެ.

ރައްޔިތުން ވޯޓުދިނީ އެބަހަށް ހެއްލިގެންނެވެ. ޑރ މުއިއްޒުއަށް ވެރިކަމަށް ވަޑައިގެންނެވުނީ އެ އަވައިގާ ރައްޔިތުން ޖެހިގެންނެވެ. އެކަމަކު ކަންވެގެން މިދަނީ ދިމާ އިދިކޮޅަށެވެ. ކަންކަން ކުރަމުން މިދަނީ ކުރިން ވިދާޅުވި ގޮތާ މުޅިން ޚިލާފަށެވެ. މިހާރު ހުރިހާ އެއްޗެއް ކަހަލަގޮތަކަށް ސިއްރެވެ. ހާމަކުރަން ޖެހޭ އެއްވެސް އެއްޗެއް ނެތެވެ. ގައުމީ ސަލާމަތަށްޓަކައެވެ. ދޭދޭ ގައުމުތަކުގެ ގުޅުމަށް ބުރޫއަރާފާނެތީއެވެ. ޕްރޮޖެކްޓްތައް ނުލިބި ހުއްޓިދާނެތީއެވެ. އެހީ ދޭންތިބި ގައުމުތަކުގެ މަސްލަހަތުގައެވެ. ޚާރިޖީ ސިޔާސަތުތަކަށް ލޮޅުން އަރާފާނެތީއެވެ. އެ ސަބަބަށްޓަކައި ސަރުކާރުގެ ޚަރަދު ބަރަދު ހާމަކުރުން ހުއްޓާލައިފިއެވެ. ނޫސްވެރިން ފޮނުވާ ސުވާލުތަކަށް ޖަވާބެއް ނެތެވެ. ޕްރެސް ކޮންފަރެންސްތަކުގައި ހާމަކުރެވޭނޭ މިންވަރު ކުޑަވެ، ސީދާ ޖަވާބު ދޭން ދެކޮޅު ހަދަނީއެވެ.  ސިއްރު ނުވާނީ ކޮން އެއްޗެއް ހެއްޔެވެ. ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި މީހުންގެ އަދަދާއި އެއީ ކޮންބައެއްކަން ވެސް އެވަނީ ސިއްރެއްގެ ގޮތުގައެވެ. ގައުމީ ބޮޑު ސަލާމަތަށްޓަކައި ވެބްސައިޓްތަކަށް އަރުވަން ނުކެރިފައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރު ވެސް އެ ވަނީ މި ސަރުކާރުގެ 'ހާމަކުރުމާ' މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައިޓް ޓު އިންފޮމޭޝަން (އާރު.ޓީ.އައި)ގެ ދަށުން ހޯދަން އެދޭ މައުލޫމާތުތައް ދިނުމަށް ސީދާ ރައީސް އޮފީހުން ދެކޮޅު ހަދާތީ މިހާރު އެވަނީ ކޯޓަށް ދިއުމުގެ މަގުމަތީގައެވެ.

ކޮންމެއަކަސް ހާމަކުރަން އައި ސަރުކާރުން އޭރު ކިޔަމުން އައި ޅެން މިވަނީ ފަރިއްސަކަށް ވެފައެވެ. އޭރު ފަޅާލި ބޮޑެތި ކާށިތަކުގައި ފެނެއްނެތެވެ. ދެއްކި ވާހަކަތައް ވެގެން މިދިޔައީ ރުކަށްއެރި މީހާގެ ނަދުރަށެވެ. މިހާރު މިފެންނަނީ ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފައެވެ.

ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު