Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ޑްރައިވަރުން

އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން އުޅެނީ ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން: ޑްރައިވަރުން

ޑްރައިވަރުން ބުނީ، ސަރުކާރުން މިހާރު ނުކުރާ ހަމައެކަނި ވިޔަފާރިއަކަށް އޮތީ ޓެކްސީގެ ވިޔަފާރި ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މެއި 2024 | ބުދަ 06:45
އެއަރޕޯޓުގެ ޓެކްސީ ކިއު

އެއަރޕޯޓުގެ ޓެކްސީ ކިއު

އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުންދާކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑްރައިވަރުން ބުނީ، ސަރުކާރުން މިހާރު ނުކުރާ ހަމައެކަނި ވިޔަފާރިއަކަށް އޮތީ ޓެކްސީގެ ވިޔަފާރި ކަމަށެވެ. އެހެން ހުރިހާ ވިޔަފާރިއެއްގައި ސަރުކާރުގެ ކުންފުނިތައް ޝާމިލުވެފައިވާ ކަމަށާއި، އެއާޕޯޓުގައި ދަތުރުކުރާ ޓެކްސީތަކާ ގުޅޭ އިންތިޒާމަށް ގެނައި ބަދަލަކީ ސަރުކާރުން ޓެކްސީގެ ޚިދުމަތަށް ވަދެގަތުމަށް ކޮށާލި މަގެއްކަމަށްވެސް ޑްރައިވަރުން ބުނެއެވެ.

Advertisement - newsAdvertisement

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއާޕޯޓްގެ ޓެކްސީ މައްސަލަ ހައްލު ކުރުމަށް އިދާރާތައް ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭން ތަންފީޒު ކުރަމުންދާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެއާޕޯޓް ޓެކްސީ ކިއުއާ ގުޅޭގޮތުން ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި ކިއުއާރު ކޯޑް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭގޮތް ހެދުމުން ގިނަ އަދަދެއްގެ މައްސަލަ ހުށަހެޅެމުންދާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެމައްސަލަތައް ބަލަމުންދާނެ ކަމަށާއި، ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ މީހުންނާއި މެދު ފިޔަވަޅުއަޅާނެ ކަމަށެވެ.

ޓެކްސީތަކާއި ގުޅޭގޮތުން ލިބެމުންދާ ޝަކުވާތަކާއި ގުޅޭގޮތުން މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނެގުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

އަދި ވަކި މަންޒިލަކަށް ނޫނީ ދަތުރުކޮށްދޭން ބޭނުން ނުވުމާއި ބިދޭސީން ޓެކްސީ ކުރާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ޓެކްސީކުރާ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިހާރު ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނެ ގޮތަށް އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށްފައިވާ ކަމަށެވެ.

އެއާޕޯޓް ޓެކްސީ ކިއުއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެއާޕޯޓުގައި ހަރަކާތްތެރިވާ ފުލުހުން ވެސް މިމައްސަލަތައް ހައްލު ކުރުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ

ޓެކްސީ ޑްރައިވަރުންޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
21 ނޮވެމްބަރު 2025

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު