Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާސަންދައަށް ސަލާންޖެހުން

ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހޭނެކަމަށް ބުނި ސަރުކާރުން ރައްޔިތުން ރޮއްވަނީ!

އާސަންދައިގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ އަތުން "ކޯޕޭމަންޓެއް" ނަގަންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 14 މެއި 2024 | އަންގާރަ 13:45
އާސަންދަ އޮފީސް

އާސަންދަ އޮފީސް

ވެރިކަމަށް އައުމަށްޓަކައި ކެމްޕެއިން ކުރީ ކޮންމެ ކަމަކަށް ވެސް އޮޅުވާލުމާއި ދޮގު ހަދައިގެންނެވެ. ރައްޔިތުންނަށް އެތައް ކަމެއް ކޮށްދޭނެ ކަމަށް ވައުދުވަމުންނެވެ. ރައްޔިތުން ދިޔައީ މިކަންކަން ޤަބޫލު ވެސް ކުރަމުންނެވެ.

ކަންމިހެން ހުރިއިރު، ބައެއް ރައްޔިތުން ބުނީ ދެވަނަ ދައުރަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުއަށް ފުރުޞަތު ލިބެންޖެހޭ ކަމަށެވެ. އަނެއްބައި ރައްޔިތުން ބުނީ ރާއްޖޭގެ ތާރީޚުގައި އަދި މިހާތަނަށް އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އެހެންކަމުން ބޮޑެތި ވައުދުވަމުން، ދޮގު ދޮލަނގު ހިފައިގެން ވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ހައްދަވަމުން ގެންދެވި ދޮގުތަކުގައި ރައްޔިތުން ބަނދެވި އަވަދިވީއެވެ.

ބޭސްފަރުވާއަށް ސަލާންޖަހަން ނުޖޭހޭނެ ކަމަށާއި ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެކަމަށް ވިދާޅުވަމުން ދިޔަ ދިއުމުގައި ރައްޔިތުން ޖެހުނީއެވެ. ރައްޔިތުން އޭރު ޤަބޫލުކުރީ އައު ރައީސަކު ވަޑައިގެންފައި އެންމެ އަވަހަށް ފުއްދަވާނެ އެއް ވައުދުފުޅަކީ މިއީ ކަމަށެވެ. ސަބަބަކީ ރާއްޖެއިން ނުލިބޭ ބޭސްފަރުވާގެ ހިދުމަތްތައް ހޯދުމަށް މިއޮތްހާ ޒަމާންވިއިރު ރައްޔިތުން ދިޔަ އިންޑިޔާއަކީ ރައީސް މުއިއްޒުގެ ފެވަރިޓް ޤައުމަކަށް ނުވުމުންނެވެ. ވެރިކަމަށް ވަޑައިގެންނެވީ އިންޑިޔާ އައުޓްގެ ބޮޑެތި ބިލްބޯޑްތަކާއި އެކު އައްޑަނައަކަށް އެކަން ދައްކައިގެންނެވެ. އެހެންވެ، ރައްޔިތުންތިބީ އިންޑިޔާއަށްވުރެ ރަނގަޅު ބޭސްފަރުވާ ޔޫއޭއީ އަދި ތައިލެންޑުން ލިބޭނެ ކަމަށް ޤަބޫލުކޮށް އުފަލުން ފޮޅިފައެވެ.

ކަންތައް ދިމާވަނީ ދިމާ އިދިކޮޅަށެވެ. ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ތާރީހު އަދި ސާފު ނޫން ކަމަށާއި، ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރު ޢާއިޝަތު ޝިހާމް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އާސަންދަ ފަދަ ބޭސްފަރުވާގެ ކަންކަމާއި ގުޅޭ މަސައްކަތެއް ކުރާ އިރު އެންމެ މުހިންމީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން ކުރުން ކަމަށެވެ. އަދި ދިރާސާގެ މަސައްކަތްކުރަމުން އަންނަ އިރު، އެކަން ވީހާވެސް އަވަހެއް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއިރު، މިއަދާއި ހަމައަށް މިކަމުގެ އެއްވެސް ތަފްސީލެއް ނުލިބެއެވެ.

ރައްޔިތުން މިއަދު މިދަނީ އަވައްޓެރި އިންޑިޔާއިން ވެސް އާސަންދަ ނުލިބިގެން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަމުންނެވެ. އެގޮތުން ރާއްޖެއިން ހެދޭ ބައެއް ޓެސްޓްތައް ރާއްޖެއިން ބޭރުން ހެދެނީ ބޮޑުތަނުން އަގުހެޔޮކޮށް ކަމަށްވާއިރު، މިފަދަ ކޭސްތަކުގައި ރާއްޖެއިން ބޭރުން މިޓެސްޓްތައް ހެދޭނެ އިންތިޒާމް ކުރީ ސަރުކާރުން ވަނީ މަގުފަހިކޮށްދީފައެވެ. ނަމަވެސް މިއަދުގެ ހާލަތު ތަފާތުއެވެ. ކުރިން ފުލްކޮށް ޕޭމަންޓް ކަވަރުކުރަމުން އައި ބައެއް ޓެސްޓްތަކުން މިހާރު އާސަންދަ އެޕްރޫވްކުރަނީ ތިންބައި ކުޅަ އެއްބައެވެ. މިއަދު ބެލެންސް ދައްކަންޖެހުނީ ބަލިމީހާގެ ޖީބުންނެވެ. މިއީ ރައްޔިތުން މިއަދު ބޭސްފަރުވާއަށް ސަލާންޖަހަނީކީ ނޫން ހެއްޔެވެ. މިވާހަކަ ހިއްސާކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދާ ދިވެހި ރައްޔިތެކެވެ.

ކެންސަރު ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ރާއްޖޭގާ ދެވޭ ސިއްހީ ހިދުމަތްތައް ފުޅާކުރަން ޖެހެއެވެ. ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް ދާންޖެހޭއިރު، އާސަންދައިން ކަވަރުކޮށްދޭނީ ފަރުވާގެ އަގުގެ ކިހާވަރެއް ކަމެއް ނޭނގޭ ނަމަ، ކެންސަރުގެ ބަލި މީހުން އުފުލަންޖެހޭ ބުރަ އިތުރަށް ބޮޑުވެގެން ދެއެވެ.  

އޭނާގެ ފޭސްބުކް ޕޯސްޓްގައި ބަންޑުންކޮށްލާފައިވާ އިޙްސާސްތައް ވަރަށް ގިނައެވެ. އެގޮތުން ރާއްޖޭގައި ކެންސަރު ބަލިމީހުންނަށް ޚާއްސަކޮށް ފަރުވާ ދެވޭނެ ހޮސްޕިޓަލެއް މުހިއްމު ކަމަށްވަނީ ބުނެފައެވެ. ތެދެކެވެ. ތަފާތު އެކިއެކި ބަލިތަކާއި ކެންސަރާ ހަނގުރާމަކުރަމުންދާ މީހުން މަދެއް ނޫނެވެ. އައި.ޖީ.އެޗް.އެމްގައި ކެންސަރު ބަލި މީހުންނަށް މަދު ހިދުމަތްތަކެއް ފޯރުކޮށްދެއެވެ. ވަރަށް ފަހުން އޮންކޮޖިލިސްޓް ޑިޕާރޓްމެންޓެއް ހުޅުވިއިރު، ހުޅުމާލެ ހޮސްޕިޓަލުން ވެސް ކީމޯތެރަޕީދެވޭގޮތަށް ހުރެއެވެ. މިއީ ކުރިއާ އަޅާބަލައިރު ކުރިއެރުމެކެވެ. އެހެންނަމަވެސް ހާއްސަ ޑޮކްޓަރުންނެއް ނުތިބެއެވެ. ހާއްސަ ހިދުމަތްތަކެއް ނެތެވެ.

މިހާރު ރާއްޖޭގައި ހުރީ ހަމައެކަނި އެންމެ އޮންކޮލިސްޖެސްޓެކެވެ. އަދި އެންމެ އޮންކޮ-ސަރޖަންއެކެވެ. އެހެންކަމުން މިއީ މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. މިބައްޔަށް ފަރުވާ ހޯދާ މީހުންނަކީ އަބަދުވެސް ރިވިއުއަށް ދައްކަންޖެހޭ މީހުން ކަމަށްވާއިރު، އާސަންދައިގެ ތަތްކަމުންނާއި މިއަދު އާސަންދަ ލިބިފައި ނުލިބެނީ ކޮން ޚިދުމަތަކަށް ކަމެއް ވެސް ރައްޔިތުންނަށް ސާފެއް ނުވެއެވެ. ފަރުވާ ނުލިބި މަސް ދެމަސް މަޑުކުރަން ޖެހެއެވެ.

މީގެއިތުރުން މިއަދު އާސަންދައިން ބުނަމުންދަނީ އާންމުންގެ އަތުން ފީއެއް ނުނަގައި އާސަންދައިގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްނުދެވޭނެ ކަމަށެވެ. މިއީ ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހޭނެ ކަމަށް ބުނި ސަރުކާރުގެ ބަހެވެ. އަޅުގަނޑު ހިތަށް އަރަނީ ދިވެހީންގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ބޭސްފަރުވާގެ ކަންކަން އޮތީ މިހެންކަން އެނގިވަޑައިގަންނަވާ ނަމަ، ރައްޔިތުންނަށް މިކަންކަން ހައްލުކޮށްދެއްވާނެ ބާވައެވެ.

އާސަންދަ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

އާސަންދަ ކުންފުނީގެ އޮނިގަނޑަށް ގެންނަ ބަދަލާ އެކު މުވައްޒަފުންގެ މެދުގައި ނުތަނަވަސް ކަމާއި ކަންބޮޑުވުން

26 ޖެނުއަރީ 2025
ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

ކަލާފާނު ސްކޫލުން ދަރިވަރެއްގެ ބޭސް ފަރުވާ އަށް އެހީ ހޯދަނީ

13 ޑިސެމްބަރު 2024
އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

އާސަންދަ ރިފޯމްކުރުމާއި މެދު ނާޒިމް އާއި ސަރުކާރުގެ ޚިޔާލު ތަފާތު

18 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު