Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތުރުކީ ސިފައިން

ތުރުކީ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް މަޝްވަރާ ކުރެވެމުންދާކަމަށް ބުނެ ބޭރުގެ ނޫސްތަކުން ފަތުރަނީ ދޮގު ޚަބަރެއް: ސަރުކާރު

14 މެއި 2024 | އަންގާރަ 07:15

ބޭރުގެ މިލިޓަރީ ސިފައިން ރާއްޖޭގައި ޤާއިމްކޮށް ބޭތިއްބުމަށް މަޝްވަރާއެއްވެސް ނުކުރެވޭކަމަށް ސަރުކާރުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2024 | އަންގާރަ 07:15
ރައީސް މުއިއްޒު، ރައީސް އުރުދުޣާން އާ ބައްދަލުކުރައްވަނީ

ރައީސް މުއިއްޒު، ރައީސް އުރުދުޣާން އާ ބައްދަލުކުރައްވަނީ

ތުރުކީގެ އަސްކަރީ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް މަޝްވަރާ ކުރެވެމުންދާކަމަށް ބުނެ ބޭރުގެ ނޫސްތަކުން ފަތުރަނީ ދޮގު ޚަބަރެއްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ތުރުކީގެ އަސްކަރިއްޔާގެ އެނަލިސްޓެއްކަމަށްވާ ސެލިމް އަކޮނޫލްއާ ޙަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރާއްޖޭގައި ލިމިޓެޑްކޮށް ނަމަވެސް އަސްކަރީ 'ޕްރެޒެންސްއެއް' ގާއިމްކުރުމަކީ، ތުރުކީއަށް ލިބޭނެ ބޮޑު ސްޓްރެޓެޖިކް ކާމިޔާބީއެކެވެ.

Advertisement - newsAdvertisement

އަދި މިއީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ދާއިމީ ގޮތެއްގައި ފައިތިލަ ސާބިތު ކުރުމަށް ތުރުކީއަށް ކޮށިގެންދާ މަގެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، މިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށްވެސް ބައިނަލްއަޤުވާމީ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމުވެ ނުތިބޭނެކަމަށް ސަރުކާރުން ވައުދުވެފައިވާއިރު، މިތަނުގައި ތުރުކީ ސިފައިން ޤާއިމު ކުރުމަށް މަޝްވަރާ ކުރެވިފައިވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާތީ އެކަމާ ގުޅިގެން ރައީސް އޮފީހާ ސުވާލު ކުރުމުން ރައީސް އޮފީހުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ރާއްޖެއެމްވީން ސުވާލުކުރުމުން ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ބޭރު އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ޤާއިމްވެ ނުތިބޭނެ ކަމަށެވެ.

އަދި ބޭރު ޤައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ޤާއިމްކޮށް ބޭތިއްބުމަށް އެއްވެސް ބަޔަކާ އެކު އެއްވެސް މަޝްވަރާއެއްވެސް ނުކުރެވޭކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚާރިޖީ މަސްދަރުތަކާއި ތަޖުރިބާކާރުންނާ ޙަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި އަސްކަރީ ގޮތުން ތުރުކީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ. އެގޮތުން ރާއްޖެ އާއި ތުރުކީއާ ދެމެދު ވެފައިވާ އެއްބަސްވުންތައް މެދުވެރިކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ތުރުކީގެ ރޭވުންތެރިކަން އިތުރުކޮށް ފުޅާކުރަމުންދާ ކަމަށާއި، ރާއްޖޭގައި ތުރުކީގެ ސިފައިން ޤާއިމު ކުރުމަށް މަޝްވަރާ ކުރެވެމުންދާކަމަށް "ޑިރެކްޓަސް" އިން ރިޕޯޓުކޮށްފައިވެއެވެ. 

ތާރީޚީ ގޮތުން ބަލާއިރު ތުރުކީގެ ޚާރިޖީ ސިޔާސަތު ބައްޓަންވަމުން އައިސްފައިވަނީ އަވައްޓެރި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ކަމުގައިވީނަމަވެސް، އުރުދުޣާންގެ ވެރިކަމުގައި މަޑުމަޑުން އެ ސިޔާސަތު އަންނަނީ ބަދަލުވަމުންނެވެ. އޭގެ ތެރެއިން އިންޑިއާ ކަނޑުގައިވާ ޤައުމުތަކަށް އިސްކަން ދިނުން ވެސް ހިމެނޭއިރު، ރާއްޖެއާއި ތުރުކީއާ ވެސް ދަނީ އެ ގުޅުން ބަދަހިކުރަމުންނެވެ.

ތުރުކީޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް