Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ސައުތުގޭޓް ދެ ވިސްނުމެއްގައި! ޔުނައިޓެޑްތަ؟ ގައުމީ ޓީމުތަ؟

އިނގިރޭސި މީޑިއާތަކުން ބުނަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ އޭނާ ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް

ރާއްޖެ އެމްވީ | 14 މެއި 2024 | އަންގާރަ 03:27
އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް

އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އިނގިރޭސި ގައުމީ ޓީމުގައި ދެމިހުރުމާމެދު ކޯޗު ގެރެތް ގޭޓް ދެ ވަނަ ވިސްނުމަކަށް ދާން ފަށައިފި އެވެ.

އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ދަނީ 2026 ވަނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގައި ގޭޓް ލައްވައި ގައުމީ ޓީމަށް އިރުޝާދު ދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް 53 އަހަރުގެ ކޯޗު މިކަމާމެދު ނޫސްވެރިން ސުވާލު ކުރުމުން ސީދާ ޖަވާބެއް ނުދިނެވެ. އޭނާ ބުނަނީ ގޮތެއް ފައިނަލްވާނީ އަންނަ މަހު ފަށާ ޔޫރޯ އަށް ފަހު ކަމަށެވެ.

ނަމަވެސް އިނގިރޭސި ނޫސްތަކުން ބުނަނީ އަންނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް ގޭޓް ސީރިއަސްކޮށް ވިސްނަމުންދާ ކަމަށެވެ. އެއީ ޔުނައިޓެޑާ އަލަށް ހަވާލުވި ޖިމް ރަޓްކްލިފޭ އާއި އޭނާގެ އިނިއޯސް ގްރޫޕުން އެކުލަބުގެ ކޯޗުކަމަށް ގޭޓް ގެންދަން ބޭނުންވާލެއް ބޮޑުކަމުންނެވެ. މިއާއެކު ފާއިތުވެދިޔަ 10 އަހަރު ގައުމީ ޓީމަށް ކޯޗުކޮށްދެވިފައިވުމުން ޔޫރޯ އަށް ފަހު ގައުމީ ޓީމަށް އައު ވިސްނުންތަކެއް އައުމަކީ ރަނގަޅު ގޮތެއް ކަމަށް ގޭޓް ގަބޫލުކުރާ ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

ގައުމީ ޓީމަށްވުރެ ބޮޑަށް ކޮންމެ ދުވަހަކު ކޯޗިންގައި އުޅުމަކީ ގޭޓް ގަޔާވާ ކަމެކެވެ. މިހެންވެ ޔުނައިޓެޑުން ލިބިފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމަން އޭނާ ބޭނުންވެ އެވެ. މިކަމާބެހޭ ގޮތުން ސުވާލުކުރުމުން ގޭޓް ކުރިން ބުނެފައިވަނީ ޔުނައިޓެޑަށް ދާން އޭނާ އުޅޭ ވާހަކަ ދެއްކުމަކީ ވަރަށް ގޯސްކަމެއް ކަމަށެވެ. ސަބަބަކީ ޔުނައިޓެޑްގައި ކޯޗަކު ހުއްޓައި އޭނާއާ ގުޅުވައިގެން ވާހަކަ ދައްކާއިރު އޭނާ އަކީ އިނގިރޭސި ކޯޗާސް އެސޯސިއޭޝަނުގެ ބޯޑުގައި ވެސް ހަރަކާތްތެރިވާ މީހަކަށްވާތީ ކަމަށެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގައި މިހާރު ހުރީ ނެދަލޭންޑްސްގެ އެރިކް ޓެންހަގެވެ. އޭނާގެ ބަދަލުގައި އިނިއޯސް ގްރޫޕުން ބޭނުންވަނީ ސައުތްގޭޓް ދިގުމުއްތަކަަށް ޔުނައިޓެޑާ ހަވާލުވުމަށެވެ.

ގެރެތު ސައުތުގޭޓްޔޫރޯ 2024 (ޖަރުމަނު)

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2024

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ

12 އޮކްޓޯބަރު 2024
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ސައުތުގޭޓް އެއްވެސް ޓީމަކާ ހަވާލެއް ނުވާނެ
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
07 ޖުލައި 2024

އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް

07 ޖުލައި 2024
އެޑިޑާސްގެ އައު ބޫޓު ނަން ހާއްސަ ކުރަނީ ޓޯނީ ކްރޫސްއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު