Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި އިންޑިޔާ ސިފައިން ތިބުން

ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް

11 މެއި 2024 | ހޮނިހިރު 15:22

މަޝްވަރާތަކުގެ ތަފްސީލު އެހާ ބޮޑަށް އެއްވެސް ފަރާތަކުން ހާމަނުކުރާނެކަމަށް ޑރ އަލީ ނަސީރު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 މެއި 2024 | ހޮނިހިރު 15:22
މެޑިކަލް އިވެކުއޭޝަންގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވަނީ

މެޑިކަލް އިވެކުއޭޝަންގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވަނީ

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ ބަދަލުގައި މަދަނީން ބައިތިއްބަން ހުށަހެޅީ އިންޑިޔާ ސަރުކާރުންތޯ ނުވަތަ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ސަރުކާރުގެ ސާފު ޖަވާބެއް ނެތެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހުށަހެޅުން ހުށަހެޅީ ކޮން ސަރުކާރަކުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިކަމުގެ މަޝްވަރާތަކުގައި އެންމެ އިސްކޮށް ހުންނެވި އަދި މިހާރު އދ ށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ އަލީ ނަސީރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެއިން ބާލާނެކަމަށެވެ. އަދި އެ ވައުދުފުޅު ތަންފީޒުކުރުމުގެ ގޮތުން ސަރުކާރާ ހަވާލުވެ އެކަމުގެ މަޝްވަރާތައް ދެ ގައުމުގެ ދެމެދުގައި ކުރިޔަށް ގެންދިޔަކަމަށް ޑރ އަލީ ނަސީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އިންޑިޔާ ސަރުކާރުގައި އެދުނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ފައިބާނެ ތާވަލެއް އެކުލަވާލާ އެކަންކުރުމަށްކަމަށް ޑރ އަލީ ނަސީރު ވިދާޅުވިއެވެ. މަޝްވަރާތަކުގައި ހުށަހެޅީ އުޅަނދުތައް ގެންދިޔުމަށްތޯ ނުވަތަ އިންޑިޔާ ސިފައިން ބޭލުމަށްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ އަލީ ނަސީރު ވިދާޅުވީ ރައީސްގެ ވައުދުފުޅަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުންކަމަށެވެ. އެއާއެއްގޮތަށް މިމަހުގެ 9 ވަނަ ދުވަހު އެންމެ ފަހު ބެޗް ރާއްޖެއިން ފުރައިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަދަނީން ބައިތިއްބަން ހުށަހެޅީ ކޮން ގައުމަކުންތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ޑރ އަލީ ނަސީރު ނުދެއްވައެވެ. އެސުވާލުގެ ޖަވާބުގައި ވިދާޅުވީ އެ މަޝްވަރާތަކުގެ ތަފްސީލު އެއްވެސް ފަރާތަކުން އެހާ ބޮޑަށް ހާމަކުރައްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.

މިސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިޔާ ސިފައިން ތިބިކަމަށް ބުނެ ރާއްޖޭގެ މިނިވަންކަމަށް އެކަމުން ބުރޫއަރާކަމަށް ބުނެއެވެ. އަދި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބާލާނެކަމަށް ބުނެ އެ ވައުދާއެކުއެވެ. އެވައުދު ފުއްދުމުގެ ގޮތުން އިންޑިޔާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ބައިތިއްބާނެކަމަކަށް އޭރު ރައީސް ޑރ މުއިއްޒު ވިދާޅުވެފައެއްނުވެއެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިޔާ ސިފައިންގެ ބަދަލުގައި ތިބޭނީ މަދަނީންކަމަށް ސަރުކާރުން ބުނުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފައެވެ. ޝެޑިޔުލާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ 76 މީހުން ފޮނުވާލާފައިވާކަމަށް ސަރުކާރުން ބުނާއިރު އޭގެ ބަދަލުގައި 76 މަދަނީ މީހުން ވަނީ ގެނެސްފައެވެ. ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސެނަހިޔާގައި މަސައްކަތް ކުރަން ތިބި ޑޮކްޓަރުން ފިޔަވައި، ހުރިހާ ސިފައިން ރާއްޖެއިން ފައިބާފައިވާ ކަމަށެވެ.

މަދަނީންގެ ގޮތުގައި ބަލާފައިވަނީ ހެލިކޮޕްޓަރު އުފެއްދި ކުންފުނިން ފޮނުވާފައިތިބި މީހުންކަމަށާއި އެއީ އަސްކަރީ މީހުންނެއް ނޫން ކަމަށެވެ. އަދި އެއީ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް ކިޔާ ކުންފުންޏަކުން އައިސް ތިބި މީހުން ކަމަށާއި، އެއީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މީހުން ކަމަށެވެ.

ނަމަވެސް ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް އަކީ ޕްރައިވެޓް ކުންފުންޏެއް ނޫންކަން ވަނީ ހާމަވެފައެވެ. ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑްގެ ނަމުން އުފެދުނު ކުންފުނި އުފެއްދީ އިންޑިއާގައި މަތިންދާބޯޓު އުފެއްދުމުގެ މަގުސަދުގައި އޭރުގެ މައިސޫރު ސަރުކާރާ ގުޅިގެން ވަލްޗަންދު ހިރާޗަންދު ކިޔާ މީހަކު 23 ޑިސެމްބަރު 1940 ގައި ބެންގަލޫރުގައެވެ.

މި ކުންފުނީގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، އަސްކަރީ އުޅަނދުތައް ޑިޒައިން ކުރުމާއި، އުފެއްދުމާއި، ތަރައްގީކުރުމާއި އަދި މަރާމާތުކުރުމުގެ އިތުރުން އޯވަރހޯލް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

އިންޑިއާ އިން މޯލްޑިވްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2024

އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ

04 އޮކްޓޯބަރު 2024
އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ
22 ޖުލައި 2024

އިންޑިއާ ސަރުކާރުގެ އެހީއާއެކު ބަންގްލަދޭޝްއިން ދިވެހި ދަރިވަރަކު އިންޑިއާއަށް ގެނެސްދީފި

22 ޖުލައި 2024
އިންޑިއާ ސަރުކާރުގެ އެހީއާއެކު ބަންގްލަދޭޝްއިން ދިވެހި ދަރިވަރަކު އިންޑިއާއަށް ގެނެސްދީފި
17 މެއި 2024

ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު

17 މެއި 2024
ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު
11 މެއި 2024

އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު

11 މެއި 2024
އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު
10 މެއި 2024

މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

10 މެއި 2024
މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
03 މެއި 2024

އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ

03 މެއި 2024
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
18 މާރިޗު 2024

ހެލިކޮޕްޓަރާއި ޑޯނިއާ އަލުން އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

18 މާރިޗު 2024
ހެލިކޮޕްޓަރާއި ޑޯނިއާ އަލުން އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
03 ފެބުރުއަރީ 2024

މަސް ދޯނިތަކަށް އެރި މައްސަލައިގައި ގައުމީ ދިފާއީ ބާރުން ވާނީ ފިޔަވަޅުތަކެއް އަޅާފައި: އެމްއެންޑީއެފް

03 ފެބުރުއަރީ 2024
މަސް ދޯނިތަކަށް އެރި މައްސަލައިގައި ގައުމީ ދިފާއީ ބާރުން ވާނީ ފިޔަވަޅުތަކެއް އަޅާފައި: އެމްއެންޑީއެފް
28 ޑިސެމްބަރު 2023

އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނޫން: ސަރުކާރު

28 ޑިސެމްބަރު 2023
އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނޫން: ސަރުކާރު
12 ސެޕްޓެމްބަރު 2023

އެއީ ކުރީ ސަރުކާރުން ގޮތް ނިންމާފައިވާ އެއްބަސްވުންތަކެއް، މިސަރުކާރުން ގެނައި ބަދަލާއެކު ލުއި ލިބިފައިވޭ - ރައީސް

12 ސެޕްޓެމްބަރު 2023
އެއީ ކުރީ ސަރުކާރުން ގޮތް ނިންމާފައިވާ އެއްބަސްވުންތަކެއް، މިސަރުކާރުން ގެނައި ބަދަލާއެކު ލުއި ލިބިފައިވޭ - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް