Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯރ ގްރޫޕު ބައްދަލުވުން

ހެލިކޮޕްޓަރާއި ޑޯނިއާ އަލުން އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އިންޑިއާ ސިފައިން އަނބުރާ ގެންދާނެކަމަށް ރާއްޖެއިން ދިން ތާރީހާއި ގުޅޭގޮތުން އިންޑިއާ ސަރުކާރުން ވަކި އެއްޗެއް ނުބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 މާރިޗު 2024 | ހޯމަ 07:29
އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރަށް ބަލިމީހަކު އަރުވަނީ

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރަށް ބަލިމީހަކު އަރުވަނީ

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ އަލުން އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ މި މަޝްވަރާތައް ބާއްވާފައިވަނީ ރާއްޖެއާއި އިންޑިއާ ދެމެދު ބޭއްވުނު ހައިލެވެލް ކޯ ގްރޫޕުގެ ތިންވަނަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ކަމަށެވެ. އަދި މި ބައްދަލުވުމުގައި ހެލިކޮޕްޓަރު އަދި ޑޯނިއަރ އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށާއި ދެ ގައުމުގައި ބޮޑުވެފައިވާ މައްސަލަތަކުގެ މައްޗަށް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭވިއޭޝަން ޕްލެޓްފޯމްތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މިހާރު އަނބުރާ ގައުމަށް ގޮސްފައިވާކަމަށެވެ. އަދި ބާކީ 2 ޕްލެޓްފޯމްގައި ތިބި އިންޑިއާ ސިފައިން އޭޕްރީލް މަހުގެ 10 ވަނަ ދުވަހާއި މޭ މަހުގެ 10 ވަނަ ދުވަހު އަނބުރާ ދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން އިގްތިސާދީ އަދި ތަރައްގީގެ ރޮނގުން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެ ޤައުމު ގުޅިގެން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އަވަސްކަމާއެކު ކުރިއަށް ގެންދިއުމާގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެއްކި ވާހަކަތަކަށް އަލިއަޅުވާލާފައި ނުވެއެވެ. އަދި ދިވެހި ސަރުކާރުން ބުނެފައިވާ ތާރީހުގައި އިތުރު ދެ ޕްލެޓްފޯމުން ސިފައިން ގެންދާނެ ތާރީހެއް ފައިނަލް ކުރެވިފައިވާކަމަށް ވެސް އިންޑިއާގެ ބަޔާނުގައި ބުނެފައިނެތެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސިފައިންގެ ބަދަލުގައި ސިވިލް މަސައްކަތްތެރިން ގެނައުމާއި ގުޅޭވާހަކަތައް މުރާޖާކޮށްފައިވާ ކަމަށެވެ. އަދި ބައިލެޓްރަލް ކޯޕަރޭޝަނާއި ބައިލެޓެރަލް ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

ކޯރ ގްރޫޕުގެ 3 ވަނަ ބައްދަލުވުމެއް ބާއްވާފައިވާއިރު، ދެން މި ގްރޫޕުގެ ބައްދަލުވުމެއް އޮންނާނީ ނިއުދިއްލީގައި ދެފަރާތަށް ވެސް ފަސޭހަވާނެ ތާރީހެއްގައި ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާ އިން މޯލްޑިވްސްއިންޑިއާ ސިފައިން އިންޑިއާ އަސްކަރިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ އެންމެ ފަހުގެ މިސައިލްތައް ދައްކާލައިފި

އިންޑިއާގެ އެންމެ ފަހުގެ މިސައިލްތައް ދައްކާލައިފި

30 ޖޫން 2025
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ

އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ

04 އޮކްޓޯބަރު 2024
އިންޑިއާ ސަރުކާރުގެ އެހީއާއެކު ބަންގްލަދޭޝްއިން ދިވެހި ދަރިވަރަކު އިންޑިއާއަށް ގެނެސްދީފި

އިންޑިއާ ސަރުކާރުގެ އެހީއާއެކު ބަންގްލަދޭޝްއިން ދިވެހި ދަރިވަރަކު އިންޑިއާއަށް ގެނެސްދީފި

22 ޖުލައި 2024
ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު

ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު

17 މެއި 2024

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު