Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ތިބި އިންޑިޔާ ސިފައިން

އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީން ބުނީ ދެ ފަރާތުންވެސް ހިތްހަމަޖެހުމާއެކު ފާހަގަކުރީ ޝެޑިއުލްގައިވާ ގޮތުގެ މަތިން ލޮޖިސްޓިކަލް ހުރިހާ އިންތިޒާމުތަކެއް ކުރިއަށްދާކަންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 މެއި 2024 | ހުކުރު 18:32
ހެލިކޮޕްޓަރުގައި ބަލިމީހެއް އުފުލަނީ

ހެލިކޮޕްޓަރުގައި ބަލިމީހެއް އުފުލަނީ

އިންޑިޔާ ސިދައިން ރާއްޖެއިން ބޭލުމަށް ކުރަމުންދާ މަސައްކަތުގެ ޝެޑިޔުލާ އެއްގޮތަށް މެއި މަހުގެ 10 ގެ ކުރިން އެންމެ ފަހު ބެޗް ރާއްޖެއިން ފުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިގޮތަށް ބުނީ ރާއްޖެ އާއި އިންޑިޔާ އާ ދެމެދު ކުރިޔަށްދާ ހައި ލެވެލް ކޯ ގްރޫޕްގެ ހަތަރު ވަނަ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައެވެ. މިމަޝްވަރާތައް ކުރިޔަށްދަނީ މައިގަނޑު ގޮތެއްގައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމާއި ގުޅޭގޮތުންނެވެ. އިންޑިޔާގެ ނިއު ދިއްލީގައި ހުންނަ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ކުރިޔަށްދިޔަ މަޝްވަރާތަކުގައި ދެފަރާތުންވެސް ވަނީ މިހާރު މިކަމުގައި ދެގައުމުން އެއްބާރުލުން ދެމުންދާ ގޮތް މުރާޖަޢާކޮށްފައެވެ. އަދި ތަރައްޤީއާއި ދިފާޢީ އެއްބާރުލުން ހިމެނޭ ގޮތަށް ދެފަރާތުގެ ޝައުޤުވެރިކަން ހުރިކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ ފަރާތުންވެސް ހިތްހަމަޖެހުމާއެކު ފާހަގަކުރީ ޝެޑިއުލްގައިވާ ގޮތުގެ މަތިން ލޮޖިސްޓިކަލް ހުރިހާ އިންތިޒާމުތަކެއް ކުރިއަށްދާކަންކަމަށެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވާލާފައިވާ ލައިލެވެލް ކޯ ގްރޫޕަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ބައްދަލު ކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވައިލާފައިވާ ގްރޫޕެކެވެ.

މީގެއިތުރުން މިބައްދަލުވުމުގައި އިތުރަށް އެއްބަސްވެފައިވަނީ ހައި ލެވެލް ކޯ ގްރޫޕްގެ ފަސް ވަނަ ބައްދަލުވުން ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ދެ ފަރާތުން އެއްބަސްވާ ތާރީޚެއްގައި މާލޭގައި ބޭއްވުމަށެވެ.

އިންޑިއާ އިން މޯލްޑިވްސް

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2024

އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ

04 އޮކްޓޯބަރު 2024
އިންޑިއާ ދިމާލަށް އެއްޗެހި ކިޔާއިރު އެ ކިޔެނީ ހަމައެކަނި އިންޑިއާއާ ދިމާއަކަށް ނޫން: އަހުމަދު އަބްދުﷲ
22 ޖުލައި 2024

އިންޑިއާ ސަރުކާރުގެ އެހީއާއެކު ބަންގްލަދޭޝްއިން ދިވެހި ދަރިވަރަކު އިންޑިއާއަށް ގެނެސްދީފި

22 ޖުލައި 2024
އިންޑިއާ ސަރުކާރުގެ އެހީއާއެކު ބަންގްލަދޭޝްއިން ދިވެހި ދަރިވަރަކު އިންޑިއާއަށް ގެނެސްދީފި
17 މެއި 2024

ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު

17 މެއި 2024
ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު
11 މެއި 2024

އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު

11 މެއި 2024
އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު
11 މެއި 2024

ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް

11 މެއި 2024
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު