Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސް ދޯނިތަކަށް އެރުން

މަސް ދޯނިތަކަށް އެރި މައްސަލައިގައި ގައުމީ ދިފާއީ ބާރުން ވާނީ ފިޔަވަޅުތަކެއް އަޅާފައި: އެމްއެންޑީއެފް

އިތުރު މަސްދޯންޏަކަށް އިންޑިއާގެ ސިފައިން އަރައި މަސްވެރިންނަށް ބިރު ދެއްކި ކަމަށް މަސްވެރިން ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ފެބުރުއަރީ 2024 | ހޮނިހިރު 08:05
އިންޑިޔާ ސިފައިންކަމަށް ބުނާ ބަޔަކު ދިވެހި މަސް ދޯންޏަށް އަރަނީ

އިންޑިޔާ ސިފައިންކަމަށް ބުނާ ބަޔަކު ދިވެހި މަސް ދޯންޏަށް އަރަނީ

ދިވެހިރާއްޖޭގެ މަސްވެރިކަންކުރާ ދޯނިތަކަކަށް ބޯޑްކޮށްފައިވާތީ، މިކަމާ ގުޅިގެން ގައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އިތުރު މަސްދޯންޏަކަށް އިންޑިއާގެ ސިފައިން އަރައި މަސްވެރިންނަށް ބިރު ދެއްކި ކަމަށް މަސްވެރިންގެ ޔޫނިއަންއިން ބުނެފައިވަނިކޮށްށެވެ.

މަސްވެރިންގެ ޔޫނިއަންއިން ބުނީ 1 ފެބްރުއަރީ 2024 ވަނަ ދުވަހުގެރޭ ހއ.އިހަވަންދޫ މާހޯރަ 3 ދަތުރު ކުރަމުން ދަނިކޮށް ރާއްޖޭގެ ސަރަހައްދުގައި މޮޅަދޫ ބޮޔާއި 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ސިފައިން ދޯންޏައް އަރާ ޗެކްކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށް އެޔޫނިއަންއިން ބުނެއެވެ. މި މައްސަލަ ދޯނީގެ ފަރާތުން ކޯސްޓްގާޑާއި ހިއްސާކޮށްފައިވާ ކަމަށް ވެސް އެޔޫނިއަން އިން ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މަސްވެރިންގެ ޔޫނިއަންއިން ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އިތުރު މަސްދޯންޏަކަށް އިންޑިއާގެ ސިފައިން އަރައި ޗެކްކޮށްފައިވާއިރު، 31 ޖެނުއަރީ ގައި ހއ.ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ޚާއްސަ އިގްތިޞާދު ސަރަހައްދުގެ ތެރޭގައި މަސްވެރިކަންކުރަމުންދިޔަ އދ މަހިބަދޫ އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏަކަށް ވެސް އިންޑިއާގެ ސިފައިން ވަނީ އަރާފައެވެ.

މިމައްސަލައާ ގުޅިގެން އެމްއެންޑީއެފުން ބުނީ 31 ޖަނަވަރީ 2024 އަދި 1 ފެބްރުއަރީ 2024 ވަނަ ދުވަހުގެ ރޭ އިންޑިއާ ކޯސްޓްގާޑުގެ މަނަވަރަކުން ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަންކުރާ ދޯނިތަކަކަށް ބޯޑްކޮށްފައިވާތީ، މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިޔާ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި އަދި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހިންގި އޮޕަރޭޝަނެއްކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާ އިން މޯލްޑިވްސްއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު