Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

އަހަރެންނަށް އިތުބާރު އޮތްތޯ އަހަން ޖެހޭނީ ވެރިން ގާތު: ޓެން ހާގް

ބޭނުން ވަނީ ޓީމުގައި މަސައްކަތްކޮށް, ޓީމު އިތުރަށް ރަނގަޅު ކުރުން ކަމަށް ވެސް ޓެން ހާގް ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 މެއި 2024 | ހޮނިހިރު 03:41
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

އޭނާ އަށް އިތުބާރު އޮތްތޯ ނުވަތަ ނޫންތޯ އަހަން ޖެހޭނީ މެންޗެސްޓަރ ޔުނައިޓެޑުގެ ވެރިން ގާތު ކަމަށް, އެ ޓީމަށް އިރުޝާދު ދެމުން އަންނަ އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ނޫސްވެރިން ޓެން ހާގަށް ކުރިމަތި ކުރި ސުވާލަކީ, ޔުނައިޓެޑުގެ އިސްވެރިންގެ ފުރިހަމަ އިތުބާރު އޭނާ އަށް އޮންނަ ކަމަށް ޤަބޫލު ކުރަންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެމުން ޓެން ހާގް ބުނީ, އެއީ އޭނާއާ ކުރިމަތި ކުރަން ޖެހޭ ސުވާލެއް ނޫން ކަމަށެވެ. އަދި އެ ސުވާލު އަމާޒު ކުރަން ޖެހޭނީ ޔުނައިޓެޑުގެ އިސްވެރިން ނުވަތަ އޯނަރުންނާ ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ, ޔުނައިޓެޑަށް އިރުޝާދު ދިނުމަކީ އޭނާގެ ވަޒީފާ އަދި މަސްއޫލިއްޔަތު ކަމަށެވެ. އެކަމުގެ ތެރެއިން ނޫސްވެރިންނާ ބައްދަލު ކުރުމަކީ ވެސް އޭނާ ކުރަން ޖެހޭ ކަމެއް ކަމަށް ޓެން ހާގް ބުންޏެވެ. 

ޓެން ހާގް ފާހަގަ ކުރި ގޮތުގައި ކުލަބުގެ ވެރިން އޭނާ އަށް އިތުބާރު ކުރޭތޯ ނުވަތަ ނޫންތޯ ބަލާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ ޓީމުގައި މަސައްކަތްކޮށް, ޓީމު އިތުރަށް ރަނގަޅު ކުރުން ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

އުމުރުން 54 އަހަރުގެ ޓެން ހާގް ހަވާލުވީ ފަހުން ވެސް ޔުނައިޓެޑުގެ ނަތީޖާތައް ރަނގަޅު ނުވުމުގެ ސަބަބުން, އޭނާ އަށް ކުލަބުގެ ސަޕޯޓަރުންގެ ފާޑު ކިޔުން އަމާޒުވެ އެވެ. މިވަގުތު ޔުނައިޓެޑު އޮތީ ވެސް ލީގު ތާވަލްގެ އަށް ވަނައިގަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްއެރިކް ޓެން ހާގް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު