Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވީއައިއޭ އަށް ދިމާވެފައިވާ ޓެކްސީގެ މައްސަލަ

އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ މީހުންނާއި މެދު ފިޔަވަޅުއަޅާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 8 މެއި 2024 | ބުދަ 08:02
ޑޮމެސްޓިކް ޓާމިނަލުގެ ކައިރީގައި ކާރެއް މަޑުކޮށްލައިގެން

ޑޮމެސްޓިކް ޓާމިނަލުގެ ކައިރީގައި ކާރެއް މަޑުކޮށްލައިގެން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިމާވެފައިވާ ޓެކްސީގެ މައްސަލަ ހައްލު ކުރުމަށް އިދާރާތައް ގުޅިގެން މަސައްކަތް ފަށައިފިއެވެ.

މިމައްސަލަ ހައްލު ކުރުމަށް މަސައްކަތް ފަށާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމްލޭންޑް ސެކިއުރިޓީ އަދި އެމްއޭސީއެލް ގުޅިގެންނެވެ.

Advertisement - newsAdvertisement

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއާޕޯޓްގެ ޓެކްސީ މައްސަލަ ހައްލު ކުރުމަށް އިދާރާތައް ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެ ގޮތުގެ ޕްލޭން ތަންފީޒު ކުރަމުންދާނެ ކަމަށެވެ. މިނިސްޓްރީން ބުނީ އެއާޕޯޓް ޓެކްސީ ކިއުއާ ގުޅޭގޮތުން ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި ކިއުއާރު ކޯޑް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭގޮތް ހެދުމުން ގިނަ އަދަދެއްގެ މައްސަލަ ހުށަހެޅެމުންދާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެމައްސަލަތައް ބަލަމުންދާނެ ކަމަށާއި، ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ މީހުންނާއި މެދު ފިޔަވަޅުއަޅާނެ ކަމަށެވެ.

ޓެކްސީތަކާއި ގުޅޭގޮތުން ލިބެމުންދާ ޝަކުވާތަކާއި ގުޅޭގޮތުން މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގު ނެގުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އަދި ވަކި މަންޒިލަކަށް ނޫނީ ދަތުރުކޮށްދޭން ބޭނުން ނުވުމާއި ބިދޭސީން ޓެކްސީ ކުރާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ޓެކްސީކުރާ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިހާރު ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނެ ގޮތަށް އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށްފައިވާ ކަމަށެވެ.

އެއާޕޯޓް ޓެކްސީ ކިއުއާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެއާޕޯޓުގައި ހަރަކާތްތެރިވާ ފުލުހުން ވެސް މިމައްސަލަތައް ހައްލު ކުރުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޓެކްސީ ޚިދުމަތްވީއައިއޭ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
18 ނޮވެމްބަރު 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
14 އެޕްރީލު 2025

ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް

14 އެޕްރީލު 2025
ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު