Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑެންގޫ އަދި ޗިކުންގުންޏާ

މިމަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޏާގެ 58 ކޭސް

މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޑެންގޫ ޖެހިގެން 660 މީހަކު ރިޕޯޓުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 މެއި 2024 | އަންގާރަ 14:43
އައިޖީއެމްއެޗް

އައިޖީއެމްއެޗް

މިމަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޔާ ޖެހިގެން 58 މީހުން ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭން ބުނީ ހަމަ މިމުއްދަތުގެ ތެރޭގައި ޑެންގޫ ހުން ޖެހިގެން 40 މީހުން ރިޕޯޓްކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އެކި ހިސާބުތަކުގައި ބާރަށް ފެތުރެމުންދާ ޑެންގޫ ހުމާއި ޗިކުންގުންޔާގެ މައުލޫމާތު ހިއްސާކޮށް، އެޗްޕީއޭއިން ބުނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޑެންގޫ ޖެހިގެން 660 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެ މުއްދަތުގެ ތެރޭގައި 239 މީހަކަށް ޑެންގޫ ހުން ޖެހިފައިވެއެވެ. އަދި މި މެއި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނި ވެސް 40 މީހަކަށް ހުން ޖެހިފައިވާ ކަމަށް ބުންޏެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު ޑެންގޫ ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ ހުޅުމާލެއިންނެވެ. އެ ތަނުން 142 އަދި ބަލިވެގެން މާލެއިން 47 މީހަކު ޑޮކްޓަރަށް ދައްކާފައިވެއެވެ. ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ހުން ޖެހިފައިވަނީ ކ. އަތޮޅުންނެވެ.

އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ޖެހިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖެއިން 240 މީހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 28 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށެވެ.

އެ މުއްދަތުގެ ތެރޭގައި ޗިކަންގުންޔާގެ 117 ކޭސް އަދި މި މަހުގެ ފުރަތަމަ ހަތަރު ދުވަހު 58 މީހުންނަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.

ޗިކުންގުންޔާ އެންމެ ގިނައީ މާލޭގައެވެ. އެއީ 193 ކޭސްއެވެ. ހުޅުމާލޭގައި އެ ބަލި ޖެހިގެން 40 މީހުން ރިޕޯޓުކޮށްފައިވެއެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ތަކެތި ބޭނުންކުރުމަށް އެދިފައިވެއެވެ. އަދި ހުސް ފުޅ/ިދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމާއި، ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ބަލިޖެހިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށްފަހު، ގިނައިން އަރާމުކުރުމާއި، މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުންޗިކުންގުންޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މި އަހަރުގެ މާރޗް މަހާއި އަޅާބަލާއިރު އެޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓުކުރި މިންވަރު އިތުރު

މި އަހަރުގެ މާރޗް މަހާއި އަޅާބަލާއިރު އެޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓުކުރި މިންވަރު އިތުރު

14 މެއި 2024
އައްޑޫގައި ޑެންގީ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

އައްޑޫގައި ޑެންގީ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

08 މެއި 2024
ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ

ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ

05 މެއި 2024

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު