Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރުން ބުނަނީ ފުލެޓުތަކަށް ހަދާނީ ބޭނުންގޮތެއް ކަމަށް؟

މަޖިލީހުގެ ނިންމުމަށް ތަބާ ނުވާނެ ކަމަށް ސަރުކާރުން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 މެއި 2024 | އަންގާރަ 13:32
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތައް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތައް

ނިމިގެންދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުދީ ތޮއްޖެހިފައިވާ މާލޭގެ ހަލަބޮލިކަމުން މިންޖުވުމަށް ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ޕްރޮޖެކްޓް ފެށިއެވެ. އެތައް ހާސް ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި ވެރިކަން ނިމިގެންދިޔަ އިރު އެ ލިބޭ ފަރާތްތައް ކަނޑައަޅާ ލިސްޓް ހަދާ ގެޒެޓްވެސް ކުރިއެވެ. ނަމަވެސް މިއަދު އެތައް ހާސް ރައްޔިތުން ދަނީ ބޯހިޔާވަހިކަމަށް ލިބުނު ކުޑަ އުއްމީދާ ދޭތެރޭގައި މާޔޫސްކަމުގެ ނަޒަރަކުން ބަލަމުންނެވެ.

ސަބަބަކީ މިހާރު މި އޮތް ސަރުކާރެވެ. ވެރިކަމަށް އަންނަން ލައްކަ ވައުދުވިއެވެ. ވެރިކަމަށް އަންނަން ދެއްކި ވާހަކަތައް ކިތައްމެހާ ވެސް ޗާލެވެ. ކިތައްމެހާވެސް ރީއްޗެވެ. އެއިރު ބުނީ މިހެންނެވެ. ދިވެހި ރައްޔިތުންނަށް، ދިވެހި ސަރުކާރަކުން، އެއީ ގޯހުން ވިޔަސް އަދި ފެއިލްވެފައިވާ ސިޔާސަތަކުން ނަމަވެސް، ރައްޔިތުންނަށް ހެޔޮކަމެއް ވާނަމަ އެކަމަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ހަނދުވެސް ނަގާފައި ވެދުމަކަށް އަރުއްވާނެ ވާހަކަފުޅެވެ.

މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ދެއްވަން ބޭނުންފުޅުވާ ޔަގީންކަމަކީ އެއްވެސް ރައްޔިތަކަށް ނިކަމެތިކަމެއް އެމަނިކުފާނުގެ ސަރުކާރެއްގައި ނުލިބޭނެ ކަމަށެވެ. ގެދޮރުވެރިކަމުގެ ސިޔާސަތަކީ އެންމެ މުހިންމު ސިޔާސަތުތަކުން އެމަނިކުފާނު ވަނީ ކެމްޕޭނުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް، ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ. މަޖިލީހުން މިހެން ފާސްކޮށްފައި އޮތް ނަމަވެސް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓު ބޮލާލާ ޖަހައި، ފްލެޓްތައް ނުދޭނެ ކަމަށް ސަރުކާރުން މިވަނީ ބުނެފައެވެ.

ރައީސް މުއިއްޒު ކެމްޕެއިނާއި އަދި ވެރިކަމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅު މުޅިން ބަދަލުވެއްޖެއެވެ. ކަންކުރައްވާނެ ކަމަށް ވިދާޅުވި ވާހަކަަފުޅުގެ ރާގު ބަދަލުވެއްޖެއެވެ. ދިވެހި ރައްޔިތުން ގުބޯ ހައްދައިފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގައެވެ. އެގޮތުން އެ ޖަލްސާގައި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހުށަހެޅި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ، 29 މެންބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ނިސްބަވްތާ މެންބަރަކު މި ރިޕޯޓާއި ދެކޮޅަށް ވޯޓެއް ނުދެއެވެ. ސަރުކާރުން މިކަމާއި ދެކޮޅު ހަދަން ތިބި މެންބަރުން ވެސް އެ ދުވަހު މަޖިލީހަށް ހާޒިރެއް ނުވެއެވެ.

ނަމަވެސް އެ ދުވަހު ސަރުކާރުން ބުނީ ފްލެޓު ލިސްޓާ ގުޅޭ ގޮތުން އާންމުކުރި އޭސީސީގެ ރިޕޯޓްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިޔުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

ސަރުކާރުން ބުނީ އޭސީސީގެ ރިޕޯޓުގައި ކަންބޮޑުވުންތަކެއް ހާމަކޮށްފައިވަނިކޮށް އެ ރިޕޯޓު ބޮލާލައި ޖަހާ، އެހެން ގޮތަކަށް ސަރުކާރުން ނިންމުމަކީ ފްލެޓު ނުލިބި ތިބި ފަރާތްތަކުގެ ވެސް އަދި ފްލެޓު ލިބިފައި ތިބި ފަރާތްތަކުގެ ވެސް ހައްގުތައް ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

މަޖިލީހުގެ ނިންމުމާއި ފުލެޓް ލިބުނު 4000 މީހުންނާއި ދެކޮޅަށް ސަރުކާރުން ބޭނުންގޮތަކަށް ކަންކުރާނެކަމަށް ބުނެ ރައްޔިތުންގެ މޫނަށް އެޖެހީ ހައްޕުޑެވެ. މިހާރު ވެރިކަމުގައި އޮވެ ކުރިއަށް އޮތް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގައި ދެން ސަަރުކާރުން ހަދާނީ ބޭނުން އެއްޗެކެވެ. މި ފެންނަމުންދަނީ މިކަމުގެ ކޮޅުމައްޗެވެ.

ގެދޮރުވެރިޔާ ސްކީމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު