Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސްޓެޕް ވުލްވްސް

ޔޫކްރައިންގެ ކުރީ ސަފުގެ ސިފައިންގެ ފަހަތުގައި، ކޮމާންޑަރު "ކާފަ" އާއި ކާފަމެންގެ ޓީމު!

3 މެއި 2024 | ހުކުރު 16:34

ސަފުގެ އެންމެ ކުރީ ސަފުގައި ރޮކެޓް ލޯންޗަރުތައް ހަރުކޮށްފައިވާ އުޅަނދުގެ ފަހަތުން، ތަރާންގެ ޓީމުން ހަރަކާތްތެރިވަނީ ފީލްޑް ކޮމާންޑަރުންގެ އިރުޝާދުތަކާއި ޢަމުރާ އެއްގޮތަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 3 މެއި 2024 | ހުކުރު 16:34
އޮލެކްސަންދްރަ ތަރާން؛ 'ސްޓެޕް ވުލްވްސް'ގެ ކޮމާންޑަރު

އޮލެކްސަންދްރަ ތަރާން؛ 'ސްޓެޕް ވުލްވްސް'ގެ ކޮމާންޑަރު

އޮލެކްސަންދްރަ ތަރާންގެ ހަތިޔާރުއެޅި ހަނގުރާމަވެރި ޔުނިޓަކީ ފަހަރެއްގައިވެސް ޔޫކްރައިން އަސްކަރިއްޔާގެ ރަސްމީ ގޮތްޕެއް ނޫނެވެ. ނަމަވެސް، ޔޫކްރައިންއަށް އަތްގަދަކޮށް، ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ރަޝިއާގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެ ޓީމުން ފަހަރެއްގައިވެސް ފަހަކަށް ނުޖެހެއެވެ.

'ސްޓެޕް ވުލްވްސް'ގެ ނަމުގައި ތަރާން ބަލަހައްޓަމުން އަންނަ ގުރޫޕުގައި މުޅިންވެސް ހިމެނެނީ ވޮލަންޓިއަރުންނެވެ. ގިނަ މެންބަރުންނަކީ، ޢުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. އެއީ އަސްކަރިއްޔާގެ ޔުނިޓްތަކުގައި ހަނގުރާމަ ކުރުމުގެ ރަސްމީ ޝަރަރުތަކުގައި ބަޔާން ކުރާ ވަރަށް ވުރެ، ޢުމުރުން ދޮށީ މީހުންނެވެ. އެހެނެއް ކަމަކު، ހަނގުރާމައިގެ މައިދާނުގައި ފަސްޖެހުމެއް ނެތެވެ. ހިތުގައި ހިނގަމުން ދަނީ ޤައުމަށްޓަކައި ހަނގުރާމަ ކުރުމުގެ ވަރުގަދަ، ޖޯޝީ ލެޔެވެ. ތަރާންގެ ޢުމުރުންވެސް މިހާރު 68 އަހަރެވެ.

ސަފުގެ އެންމެ ކުރީ ސަފުގައި ރޮކެޓް ލޯންޗަރުތައް ހަރުކޮށްފައިވާ އުޅަނދުގެ ފަހަތުން، ތަރާންގެ ޓީމުން ހަރަކާތްތެރިވަނީ ފީލްޑް ކޮމާންޑަރުންގެ އިރުޝާދުތަކާއި ޢަމުރާ އެއްގޮތަށެވެ. އަސްކަރިއްޔާގެ އެހެން ޔުނިޓްތަކާވެސް އެކުގައެވެ. ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ތަރާންގެ ޓީމުން ހަރަކާތްތެރިވި ނަމަވެސް، ޔޫކްރައިންގެ އަސްކަރިއްޔާއިން ރަސްމީ ސިފައެއްގައި އެކަމަކަށް މާ ބޮޑު އެއްބާރުލުމެއް ނުދެއެވެ.

'ސްޓެޕް ވުލްވްސް'ގެ އޮޕަރޭޝަންތަކަށް ފަންޑު ހޯދަނީ ހެޔޮ އެދޭ ފަރާތްތައް މެދުވެރިކޮށެވެ. އަދި އިދިކޮޅުން ދޭ ޙަމަލާތަކުގެ ތެރޭގައި ފެއިލްވާ ހަތިޔާރުތަކާއި އާލާތްތައް އެއްކޮށް، މަރަމާތުކޮށްގެންވެސް ބޭނުން ކުރެއެވެ. މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރަނީ ހަމަ ތަރާންގެ ޓީމުންނެވެ. މި ހުރިހާ ސާމާނެއް، ތަރާންގެ ޓީމާ ހިސާބަށް ގެނެސްދެނީ، އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފައުޖުތަކުންނެވެ.

ޔޫކްރައިންގެ އިރުދެކުނު ޒެޕޮރީޜާގައި ހުންނަ 'ސްޓެޕް ވުލްވްސް'ގެ ބޭސްއަށް ރޮއިޓަރޒްގެ ނޫސްވެރިން ދިޔަ އިރުވެސް، އެ ޓީމުން އަވަދި ނެތި އުޅެމުން ދިޔައީ ހަތިޔާރު ތައްޔާރު ކުރުމުގެ މަސައްކަތުގައެވެ. 122 އެމްއެމް ގްރޭޑް ރޮކެޓް ހަމަލާތައް ތައްޔާރު ކުރުމުގެ މަސައްކަތުގައެވެ. އެ އާލާތްތައް ފަހުން ވަނީ، ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވި އެހެން ޔުނިޓަކުން ބޭނުންވެސްކޮށްފައެވެ.

ތަރާންއަކީ 'ސްޓެޕް ވުލްވްސް'ގެ ކޮމާންޑަރެވެ. މައިދާނީ ނަމުން ނަމަ އެއީ 'ގްރޭންޑްޕާ' ނުވަތަ ކާފައެވެ. އޭނާ މިހާރު އަމާޒު ހިފާފައި ހުރީ ޔޫކްރައިންގެ އަސްކަރީ ބާރުތަކާއި ރަސްމީކޮށް ގުޅި، ސީދާ އެމީހުންނަށްވެސް ހަތިޔާރު ލިބޭނެ ގޮތް ހެދުމަށެވެ. އަދި މުސާރަވެސް ހަމަޖެހޭނެ ގޮތް ހެދުމަށެވެ. ނަމަވެސް، އަދި މިހާތަނަށް އެއްވެސް ވަރެއްގެ ކާމިޔާބެއް ނުލިބެއެވެ.

'ސްޓެޕް ވުލްވްސް'ގެ ޔުނިޓްގައި، ހިސާބަކަށް ޒުވާނުންވެސް އުޅެއެވެ. އެއީ ހަނގުރާމައިގެ މައިދާނަށް ނެރެވޭ ވަރަށް 'ފިޓް' ނޫން ކަމަށް، ޔޫކްރައިންގެ ކަމާ ބެހޭ ފަރާތްތަކުން ގިންތި ކޮށްފައިވާ ޒުވާނުންނެވެ.

ރަޝިޔާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައަށް 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައި ވާ އިރު، ޔޫކްރައިންއާ ވީ ފަޅިން ހަނގުރާމަ ކުރުމުގެ ޝަޢުޤުވެރިކަން ދެމެހެއްޓުމަށް މިއަދު ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ހަނގުރާމައަށް ނުކުންނާނެ މީހުން އޮންނަނީ ނުވެފައެވެ. އިންސާނީ ވަސީލަތުގެ ގޮތުން ޔޫކްރައިންގެ ފަޅި ދަނީ ހީނަރުވަމުންނެވެ. ޔޫކްރައިންގައި ބަސްވިކޭ ބައެއް މީހުންނާއި، ބޭރުގެ ބައެއް ސަޕޯޓަރުންވެސް ދަނީ، ހަނގުރާމައަށް ނުކުމެވޭނެ އެންމެ ހަގު ޢުމުރު، އަދިވެސް އިތުރަށް ދަށް ކުރުމަށް ޔޫކްރައިންގެ ރައީސް، ވްލޮމީރް ޒެލެންސްކީއަށް ގޮވާލަމުންނެވެ. މިމަހުގެ ކުރީކޮޅުގައިވެސް ޒެލެންސްކީވަނީ އެފަދަ ބަދަލެއް ގެންނަވާފައެވެ. އެގޮތުން، ޔޫކްރައިންގެ އަސްކަރިއްޔާގައި ރަސްމީކޮށް ހަނގުރާމައަށް ނުކުމެވޭނެ އެންމެ ހަގު ޢުމުރު ވަނީ، 27 އަހަރުން 25 އަހަރަށް ބަދަލު ކޮށްފައެވެ.

2014 ވަނަ އަހަރު، ރަޝިއާއިން ޔޫކްރައިންއަށް އަތްގަދަ ކުރަން ފެށުމާއެކު ހަނގުރާމަ ކުރަމުން އަންނަ ތަރާން ޤަބޫލު ކުރާ ގޮތުގައި، ހަނގުރާމައިގެ މައިދާނަށް ނުކުންނަން މަޖުބޫރު ކުރުމަކީ، ދިފާޢު ކުރުމުގެ ޙަޤީޤީ ޖޯޝް ގެނުވުން ދުރު ކުރާނެ ކަމެކެވެ.

ޔުކްރެއިންއޮލެކްސަންދްރަ ތަރާން؛ 'ސްޓެޕް ވުލްވްސް'ގެ ކޮމާންޑަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
31 އޯގަސްޓު 2025

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
17 ޖުލައި 2025

ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި

17 ޖުލައި 2025
ޔުކްރެއިންގެ އައު ބޮޑު ވަޒީރަކަށް ޔޫލިއާ ސްވިރިޑެންކޯ އައްޔަން ކޮށްފި
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
11 ޖުލައި 2025

ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި

11 ޖުލައި 2025
ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި
08 ޖުލައި 2025

ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި

08 ޖުލައި 2025
ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި
02 ޖުލައި 2025

ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް

02 ޖުލައި 2025
ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް