Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ފުޓް އެންޑް މައުތުގެ ބިރަށްފަހު އިންޑޮނޭޝިއާގެ ނަޢަމްސޫފީގެ ވިޔަފާރި މެކުހަށް!

މިއަހަރު ބާޒާރަށް ނެރެވުނު ނަޢަމްސޫފީގެ ޞިއްޙަތު ރަނގަޅު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ޖޫން 2023 | ހޮނިހިރު 03:37
މެލޭޝިއާގެ ނަޢަމްސޫފީގެ ބާޒާރު

މެލޭޝިއާގެ ނަޢަމްސޫފީގެ ބާޒާރު

މީގެ އަހަރެއްހާ ދުވަސް ކުރިއެވެ. އިންޑޮނޭޝިއާގައި އޮތް 1.3 ހެކްޓަރުގެ މި ދަނޑު، އޭރު ފެންނަން އޮތީ ދިރުމެއް ނެތް ހަނަފަސް ބިމެއްގެ ގޮތުގައެވެ. މުޅި ދުނިޔެ އިނދަޖައްސައިލި ކޮވިޑް-19ގެ ބަލިމަޑުކަމާއި، ފުޓް އެންޑް މައުތު ޑިޒީޒް (އެފްއެމްޑީ)ގެ ބަލިމަޑުކަމުގައި ދަނޑުބިންތައް ހަލާކުވެ، އިންޑޮނޭޝިއާގައި އޮތް ނަޢަމްސޫފީގެ އާބާދީން 22000އަށްވުރެ ގިނަ ތަކެތި މަރުވިއެވެ.

ޖޮންގޯލްގެ ނަޢަމްސޫފީގެ ބާޒާރުން މިއަހަރު ފެންނަނީ ތަފާތު މަންޒަރެކެވެ. ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބާ ގާތްވަމުން އަންނަ ވަރަކަށް، ޖޮންގޯލްގެ ނަޢަމްސޫފީގެ ވިޔަފާރީގެ ދުވެލި ފެންނަނީ މެކުހަށް ޖަހާފައި ވާތީއެވެ. ބައެއް ދުވަސް ދުވަހު، ވިއްކަން ނެރެފައި ހުންނަ ގެރިއާއި ކަންބަޅިބަކަރިތަކުގެ ޢަދަދު 800އަށްވެސް އަރައެވެ.

މި ބާޒާރަކީ ހުޅަނގު ޖާވާ ސަރަޙައްދުގައި އެންމެ އިހުގެ ގޮތަށް ހިންގާ ނަޢަމްސޫފީގެ ބާޒާރުތަކުގެ ތެރެއިންވެސް އެންމެ ބޮޑު އެއް ބާޒާރެވެ. އެފްއެމްޑީގެ އިތުރުން ލަމްޕީ ސްކިން ޑިޒީޒްގެ ސަބަބުން 2022 ވަނަ އަހަރު މި ބާޒާރު ބަންދުކުރަން މަޖުބޫރުވިއެވެ. ވިޔަފާރި އިންތިހާއަށް ދަށަށް ދިޔައެވެ. އިންޑޮނޭޝިއާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީން ބަލި ފެނުމާއެކު، ނަޢަމްސޫފީ ގެންގުޅޭ، އަވައްޓެރި ނިއުޒީލަންޑާއި އޮސްޓްރޭލިއާއިންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރިއެވެ.

މި ބައްޔަކީ ޖަނަވާރުތަކަށް ނުރައްކާތެރި ބައްޔަކަށް ވީނަމަވެސް، އިންސާނުންގެ ޢާންމު ޞިއްޙަތަށް މާ ބޮޑު ނުރައްކަލެއް އޮތް ކަމަކަށް ނުބެލެވެއެވެ.

ނަޢަމްސޫފީގެ ބާޒާރުގައި އެންމެ ނަން ހިނގާ އެއް ވިޔަފާރިވެރިއެއް ކަމަށްވާ ހާޖީ ކާބުލްގެ އުއްމީދުތައް ފޮންޏެވެ. މިއަހަރު ބާޒާރަށް ނެރެވުނު ނަޢަމްސޫފީގެ ފެންވަރު ރަނގަޅުވެފައި، ކުރިއަށް އޮތް ޢީދަށް، ޑިމާންޑް އިތުރުވެގެން ދާތީއެވެ.

ނަޢަމްސޫފީގެ މެދުގައި މިއަހަރުވެސް ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށްޓަކައި، އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން މިދިޔަ އަހަރު ވަނީ ޤައުމީ ފެންވަރުގައި ވެކްސިން ކެމްޕޭނެއް ހިންގާފައެވެ. އެ ކެމްޕޭން ހިންގީ ނަޢަމްސޫފިތަކަށް ވެކްސިން ދިނުމަށެވެ.

އިންޑޮނޭޝިއާގެ އިޤްތިޞާދީ ކަންކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި، 2022 ވަނަ އަހަރުގެ މެއި މަހު، ނަޢަމްސޫފީގެ ތެރެއިން 20000 ޖަނަވާރެއް އެފްއެމްޑީ އިންފެކްޝަނަށް ޕޮޒިޓިވްއިރު، ޖޫން މަހު އެ ޢަދަދު ވަނީ 2 ލައްކަ 32 ހާހަށްވުރެ މައްޗަށް އަރާފައެވެ.

ބަދުރުއްސަލާމަކީ ނަޢަމްސޫފީގެ ބާޒާރުން ޢާންމުކޮށް ވިޔަފާރިކުރާ މީހެކެވެ. އޭނާއަކީ ޢާންމުގޮތެއްގައި އަހަރެއްގެ މައްޗަށް ވިއްސަކަށް ގެރި ގަންނަ މީހެކެވެ. ނަޢަމްސޫފީގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާމެދު ބަދުރުއްސަލާމް ހުރީ ހިތްހަމަޖެހިފައެވެ.

ކަން މިހެން އޮތް ނަމަވެސް، މިއަހަރުގެ ބާޒާރުގައި އަގުތައް އުފުލިފައިވާކަން ބައެއް މީހުން ފާހަގަކުރެއެވެ. ނަޢަމްސޫފި ވިއްކުމުގައި އުޅުނު މީހަކު ބުނިގޮތުގައި، އޭނާ ޖަނަވާރު ވިއްކާ އަގުން 20 ޕަސެންޓް ވަނީ ބޮޑުކޮށްފައެވެ. މި އަހަރުގެ މެއި މަހު، އިންޑޮނޭޝިއާގެ އިންފްލޭޝަން ރޭޓް ހުރީ 4 ޕަސެންޓްގައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު މުސްލިމުންނާ ބައްދަލުކުރާ އަޟްޙާ ޢީދު ޚާއްޞަވަނީ، އެކަމަކަށް ކުފޫ ހަމަވެ، ކެރިކުޅަދާނަވާ މީހުން އުޟްޙިޔާ ކަތިލުމަށެވެ. ޛުލްޙިއްޖާ މަހުގެ އެންމެ މާތް 10 ދުވަސް ނިމިގެންދަނީ އަޟްޙާ ޢީދުންނެވެ. މި ދުވަހުގައި ޢީދު ނަމާދު ކުރުމާއި، އުޟްޙިޔާ ކަތިލުން އޮވެއެވެ. އެއީ ޢީދު ދުވަހު ގެރި ބަކަރިއާއި ޖަމަލުފަދަ ޖަނަވާރުގެ ޤުރުބާނެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރުމެވެ. އެ ޤުރުބާނުގެ ސަބަބުން ﷲގެ ޙަޟްރަތަށް ކުއްތަންވެވޭނެއެވެ. އެއީ ﷲގެ މަގުގައި މުދާ ހޭދަކުރުމާއި ނިކަމެތިންނަށް އިޙްސާންތެރިވުމެވެ. އެހެންކަމުން އުޟްޙިޔާ ކަތިލުމަށް މުސްލިމުން ލޯބިކުރެއެވެ.

ދުނިޔެމެލޭޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

30 އެޕްރީލު 2025
މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ މެލޭޝިއާ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފި

04 އޮކްޓޯބަރު 2024
ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ދެ މީހަކު އަތުލައިގަނެފި

18 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު