Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އަމިއްލަ ދަނޑުގައި މޮޅުވެ، ޕީއެސްޖީ އަށް ފައިނަލަށް ދެވޭނެ: އެންރީކޭ

2 މެއި 2024 | ބުރާސްފަތި 06:12

ސެމީ ފައިނަލްގެ ދެ ވަނަ ލެގު ޕީއެސްޖީގެ ދަނޑުގައި ކުޅެން ޖެހުމަކީ، ޕީއެސްޖީ އަށް އެކަމުގެ ފައިދާ ނެގޭނެ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2024 | ބުރާސްފަތި 06:12
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުން ބަލިވި ނަމަވެސް، އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން މޮޅުވެ، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ފައިނަލަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ޕީއެސްޖީ 1-0 އިން ބަލިވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އެންރީކޭ ބުނީ، އެންމެނަށް ވެސް ފެނުނީ ދެ ޓީމު ވެސް ވަރަށް ރަނގަޅު ކުޅުމެއް ކުޅުނު މަންޒަރު ކަމަށާއި، ދެ ޓީމަށް ވެސް ބޯޅަ ލިބޭ ވަގުތުގައި ރަނގަޅަށް ކުޅެފައިވާ ކަމަށެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިކަން ފާހަގަކޮށް އެންރީކޭ ބުނީ، ލަނޑު ޖެހުމުގެ ނަސީބު ލިބުނީ ހަމައެކަނި އިދިކޮޅު ޓީމަށް ކަމަށެވެ. ޕީއެސްޖީ އަށް މެޗުގައި ލިބުނު ފުރުސަތުތައް ނިންމާ ނުލެވުނީ ނަސީބު ދެރެވުމުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރު އަދި ކުއާޓާ ފައިނަލްގެ މެޗުތަކަށް ބަލާއިރު، ޑޯޓްމަންޑުން ދެ ވަނަ ލެގު ކުޅެން ޖެހުނީ އެމީހުންގެ އަމިއްލަ ދަނޑުގައި ކަމަށް އެންރީކޭ ބުންޏެވެ. އެއާ ޚިލާފަށް، ސެމީ ފައިނަލްގެ ދެ ވަނަ ލެގު ޕީއެސްޖީގެ ދަނޑުގައި ކުޅެން ޖެހުމަކީ، ޕީއެސްޖީ އަށް އެކަމުގެ ފައިދާ ނެގޭނެ ކަމެއް ކަަމަށް ވެސް އޭނާ ބުންޏެވެ.

އެންރީކޭ ބުނީ އޭނާ އަށް އޮތް ޔަގީންކަމަކީ، ފުރަތަމަ ލެގުގައި ހެދުނު ކުދި ކުދި ގޯސްތައް ރަނގަޅުކޮށްލައި، ޕީއެސްޖީ އަށް ދެ ވަނަ ލެގު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ކަމަށެވެ. ޚާއްސަކޮށް ޕީއެސްޖީގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެންމެ ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީލުއިސް އެންރީކޭ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ

09 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ
31 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ

31 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ
25 ޖުލައި 2026

ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި

25 ޖުލައި 2026
ދެކުނު ކޮރެއާގެ ވޯލްޑް ކަޕް ތަރި ލީ ކަންގް-އިން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި
17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
01 ޖޫން 2026

މިއީ ޕީއެސްޖީ އަށް ބޮޑު ކާމިޔާބެއް، އެންރީކޭ އަށް ޚާއްޞަ އުފަލެއް

01 ޖޫން 2026
މިއީ ޕީއެސްޖީ އަށް ބޮޑު ކާމިޔާބެއް، އެންރީކޭ އަށް ޚާއްޞަ އުފަލެއް
01 ޖޫން 2026

ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

01 ޖޫން 2026
ޕީއެސްޖީގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
31 މެއި 2026

އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި

31 މެއި 2026
އާސެނަލް ބަލިކޮށް، ޕީއެސްޖީ އިން ޗެމްޕިއަންސް ލީގު ދިފާއު ކޮށްފި
30 މެއި 2026

ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ

30 މެއި 2026
ޖެހި ޖެހިގެން ދެ ފަހަރު ފައިނަލް ކުޅުމަކީ ކުރަން އުނދަގޫ ކަމެއް، ޕީއެސްޖީ އިން ކުރީ އުނދަގޫ ދަތުރެއް: އެންރީކޭ
30 މެއި 2026

އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް: އާޓެޓާ

30 މެއި 2026
އަނެއްކާ ވެސް ތާރީޚީ ކާމިޔާބެއް ހޯދަން އާސެނަލް އޮތީ ތައްޔާރަށް: އާޓެޓާ
14 މެއި 2026

ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި

14 މެއި 2026
ޖެހި ޖެހިގެން ފަސް ވަނަ ފަހަރަށް ޕީއެސްޖީ އިން ފްރާންސް ލީގު ކާމިޔާބު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް