Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ކުރިމަގު އެކުލަވާލުމުގެ މަސައްކަތް

އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ

މިއީ ރިޔާސީ އިންތިޚާބަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކުން އެމްޑީޕީއަށް ނާކާމިޔާބީ އާ ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 މެއި 2024 | ބުރާސްފަތި 02:16
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމާއެކު ރައްޔިތުން އެމްޑީޕީގެ ކުރިމަގާމެދު ދެކޭގޮތް ދެނެގަނެ ޕާޓީ ކުރިޔަށްގެންދާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީިން ވަނީ ސިއްރުކޮށްގެން އެޕާޓީގެ ގައުމީ މަޖިލީހެއް ބާއްވާފައެވެ. އެއަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވަނީ ގައުމީ މަޖިލީހުގެ ނިންމުންތައް ނޫސްވެރިންނާ ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކުން އެމްޑީޕީއަށް ނާކާމިޔާބީ އާ ކުރިމަތިވި ފުރަތަމަ ފަހަރު ނޫންކަމަށެވެ. އެހެންކަމުން އަނެއްކާވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން އެއްބަސްވީ ޕާޓީ އަލުން ތަރުތީބުވެގެން ނިކުމެ އެމްޑީޕީގެ ފިލޯސަފީތަކާ އެއްގޮތަށް ރައްޔިތުންނަށް ޚިިދުމަތް ކުރުމުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި ބާރަށް މަސައްކަތް ފެށުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ގައުމީ މަޖިލީހުން ނަގާ ކޮމިޓީތަކުން އިންތިޚާބުތަކުން ޕާޓީ ބަލިވި ސަބަބު ދެނެގަތުމާއެކު ޕާޓީ ކުރިޔަށް އޮތްތަނުގައި ބައްޓަންވެގެންދާންވީ ގޮތުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2013 އަދި 2014 ގައި ބޭއްވި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުން ބަލިވުމުންވެސް ހަމަ މިގޮތަށް ބަލިވި ސަބަބު ދެނެގަތުމަށް ދިރާސާއެއްކޮށް އަލުންބަލުން މަސައްކަތްތަކެއް ކުރިކަމަށެވެ. އަދި އެކުރި މަސައްކަތްތަކުގެ އަލީގައި 2018 އަދި 2019 ވަނަ އިންތިޚާބު އެމްޑީޕީއަށް ބޮޑުތަނުން ކާމިޔާބުކުރެވުނުކަމަށް ޝާހިދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެކި މެމްބަރުންގެ ފަރާތުން ތަފާތު ޚިޔާލުތައް ލިބިގެންދިޔަކަމަށެވެ. އޭގެތެރޭގައި ޕާޓީ ކުރިޔަށް ގެންދަންވީ ގޮތާއި ޕާޓީގެ ހަރަކާތްތައް ކުރިޔަށްގެންދަންވީ ގޮތާއި އިންތިޚާބުތަކުން ނާކާމިޔާބުވާން ދިމާވި ސަބަބުތައް ކޮންމެ މެމްބަރަކުވެސް ފާހަގަކުރެއްވިކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެހެންކަމުން ކުރިޔަށްގެންދެވޭ ދިރާސާގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ޚިޔާލުގެ އިތުރުން ދިވެހި ރައްޔިތުންގެ ޚިޔާލުވެސް ހޯދޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެމްޑީޕީ ކުރިޔަށްގެންދާނެ ގޮތެއް އެކުލަވާލާނީ އެއަށްފަހު އެދިރާސާގެ އަލީގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ކުރިޔަށް އޮތް އެއް އަހަރަށް ޕާޓީގެ ލީޑަރޝިޕްގެ ފޯކަސް އޮތީ އެމްޑީޕީ ވަރުގަދަކުރުމުގެ މައްޗަށްކަމަށެވެ. ކައިރިކައިރީގައި އިންތިޚާބުތަކެއް އައުމާއެކު ޕާޓީ ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި އެކަންކުރުމަށްޓަކައި ޕާޓީގެ ގްރޫސް ރޫޓް ޕާޓީ އާމެދު ދެކޭގޮތް ބަލާ ކަންކަން ހައްލުކުރެވެން ހުރި ގޮތްތައް ބަލާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްކުރުމަށް މަގު ޗާޓެއް އެކުލަވާލެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ ރައީސް ޝާހިދު އަދި ޕާޓީގެ ޗެއަރޕާސަން ފައްޔާޒުވެސް ވިދާޅުވީ އެމްޑީޕީން ކެމްޕެއިން ކުރިޔަށްގެންދިޔައީ ބޮޑަށް އެންޓި ކެމްޕެއިންގެ ގޮތުގައި ދައްކާ ވާހަކަތައް ގަބޫލުނުކުރައްވާކަމަށެވެ. ފައްޔާޒު ވިދާޅުވީ ދިރާސާގެ އަލީގައި ކެމްޕެއިނުން ބަލިވީ ކެމްޕެއިން ކުރިޔަށްގެންދެވުނު ގޮތުންތޯ، ލީޑަރޝުޕްގެ މައްސަލައަކުންތޯ ނުވަތަ ރާއްޖޭގެ ސިޔާސީ މާހައުލަށް އައިސްފައި އޮތް ބަދަލުތަކުންތޯ ދެނެގަނެވޭނެކަމަށެވެ.

އަބަދުވެސް އިދިކޮޅުގައި ތިބޭ ބަޔަކު ސަރުކާރަކުން ކުރާ ގޯސްކަންތައްތަކުގެ ވާހަކަ ދައްކާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. ކެމްޕެއިން ބައްޓަންކުރީ ރާއްޖެ ހަމަމަގުން ގެއްލޭތަން ހަގީގަތުގައިވެސް ފެންނަމުންދާތީ އެކަންކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެކަމާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ އެމްޑީޕީން އިންތިޚާބުގެ ތެރޭގައި އެންޓި ކެމްޕެއިން ނުކުރާކަމަށެވެ. އެމްޑީޕީން ސަރުކާރުގައި އޮތްއިރުވެސް އަދި އިދިކޮޅުގައި އޮތްއިރުވެސް ކުރި ކަމަކީ ހަގީގަތް ރައްޔިތުންނާ ހަމައަށް ގެނެސްދިނުންކަމަށް ޝާހިދު ވިދާޅުވިއެވެ.

އެކަންކަން ރައްޔިތުންނާ ހަމައަށް ގެނައުން އެއީ އެންޓި ކެމްޕެއިން ކުރުންކަމުގައި ބަޔަކަށް ތަސައްވަރު ކުރެވޭނަމަ އޭގައި ކުރެވޭނެ ކަމެއް ނޯންނާނެކަމަށާއި އެމްޑީޕީން އަބަދުވެސް ކުރާ ކަމަކީ ހަގީގަތް ރައްޔިތުންނަށް ހަމައަށް ގެނެސްދިނުންކަމަށް ޝާހިދު ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

އިޤްތިޞާދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

21 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު