Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގައި ޚިދުމަތްކުރުން

އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު

1 މެއި 2024 | ބުދަ 07:16

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާވިޔަނުދޭނަން

އަމްނާ އިމާދު
އަމްނާ އިމާދު | 1 މެއި 2024 | ބުދަ 07:16
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭނޭ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ޚިޠާބުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި ހީވާގި މަސައްކަތްތެރީން ކަމަށެވެ. މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ސަރުކާރު ހިންގުމާ ހަވާލުވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް، ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސިވިލް ސަރވިސް އަދި ސިއްހީ ޚިދުމަތްފަދަ މުހިންމު މައިދާންތަކުގައި އުޅުނު އެތައް ޚިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެމުންދާ ކަމަށެވެ. އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭނޭ ގޮތް ހަމަޖައްސާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު ހޯދައިދެމުންދާ ކަމަށެވެ.

މަސައްކަތްތެރިކަން އުނގަންނައިދިނުމާއި އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ސަރުކާރުންދޭ އިސްކަމަށް އަލިއަޅުއްވާލައްވައި ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރާނެ ކަމަށެވެ. ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ގާއިމުކޮށް، އާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަށް ޚާއްސަ އިސްކަމެއް މިސަރުކާރުގައި ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، އިންތިޚާބާއި ގުޅިގެން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހިފަހައްޓާފައިވާ މައްސަލަ ވަނީ ބޮޑުވެފައެވެ. އަދި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ތާއީދުނުކުރާ އާއިލާތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެއެވެ.

މަސައްކަތްތެރިންގެ ދުވަސް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
02 ފެބުރުއަރީ 2025

ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ

02 ފެބުރުއަރީ 2025
ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ
01 ފެބުރުއަރީ 2025

މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް

01 ފެބުރުއަރީ 2025
މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް
31 ޖެނުއަރީ 2025

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު
31 ޖެނުއަރީ 2025

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހުއްޓިފައިވާ މަޝްރޫތައް އަލުން ފެށުމަށް: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހުއްޓިފައިވާ މަޝްރޫތައް އަލުން ފެށުމަށް: ރައީސް މުއިއްޒު
30 ޖެނުއަރީ 2025

ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

30 ޖެނުއަރީ 2025
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް