Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިރާސީ އަހަރަށް ބަދަލު ގެނައުން

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އުފާވެރިކަމެއް ނެތް!

އިތުރު ހަރަކާތްތަކުން މަހުރޫމްވެ، ހަމައެކަނި ސިލަބަސްއަށް ފޯކަސް ކުރަން މިވަނީ މަޖުބޫރުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2024 | އަންގާރަ 11:18
ދަރިވަރުންތަކެއް އިމްތިހާން ހަދަނީ

ދަރިވަރުންތަކެއް އިމްތިހާން ހަދަނީ

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނާއި ޓީޗަރުން ބޮޑު ޗުއްޓީއަށް ދަނީ ވަރަށް އުފަލާއެކު އެވެ. ނަމަވެސް 30 އޭޕްރީލް 2024 ގައި ރިޕޯޓު ފޯމްތައް ހަވާލުކޮށް ޗުއްޓީ އިއުލާން ކުރި ނަމަވެސް އެކަމުގެ އުފާވެރިކަން ހުރިހާ ޓީޗަރުންނާއި، ހުރިހާ ދަރިވަރުންނަކަށް ނުލިބެއެވެ. އެއީ ސްކޫލުތައް ބަންދުވި ކަމުގެ އިހުސާސްއެއް ވެސް ނުކުރެވޭތީއެވެ. ސްކޫލުތަކުގައި އޯލެވެލް އިމްތިހާނު ފެށިގެން ކުރިއަށްދާއިރު، މި އިމްތިހާން 13 ޖޫންއާ ހަމައަށް ކުރިއަށް ދާނެއެވެ. އެހެންކަމުން އޯލަވަލްއަށް ދަރިވަރުން ތައްޔާރުކުރުމަށް މައިންބަފައިންގެ އިތުރުން އެ މާއްދާތައް ކިޔަވައިދެމުންދާ ޓީޗަރުން މި ބޮޑު ޗުއްޓީގެ ތެރޭގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާނެއެވެ.

މި ހިތްހަމަނުޖެހުމުގައި ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުން ތިއްބައި އަނެއްކާ ލިބުނީ އެފަދަ އިތުރު ޚަބަރެކެވެ. މިސަރުކާރުން ދިރާސީ އައު އަހަރަށް ގެނައި ބަދަލާއެކު، ޓީޗަރުންނަށް ލިބޭ އަހަރީ ޗުއްޓީއާއި ދަރިވަރުންގެ ކިޔެވުމުގެ ބޮޑުބައެއް މިޖެހުނީ ސްކިޕް ކޮށްލާށެވެ. އިތުރު ހަރަކާތްތަކުން މަހުރޫމްވެ، ހަމައެކަނި ސިލަބަސްއަށް ފޯކަސް ކުރަން މަޖުބޫރުވީއެވެ.

ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ދިރާސީ އައު އަހަރުގެ ކަލަންޑަރުގައިވާގޮތުން، މީގެ ކުރިން އޮންނަ ގޮތާ ޚިލާފަށް، ދިރާސީ އަހަރުގައި ސްކޫލް ޗުއްޓީއާއި ބަންދުތައް އަދި އެހެނިހެން ކަންކަމަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ކުރިން 2025 ވަނަ އަހަރުގެ މާޗް މަހު އަހަރުގެ އައު ޓާމް ފެށުމަށް ނިންމި ނަމަވެސް، އެއަށް ބަދަލު ގެނެސް މިހާރު ދިރާސީ އަހަރު ފަށަން ނިންމާފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ސްކޫލުގެ ބޮޑު ބަންދު ނުވަތަ އަހަރީ ޗުއްޓީ އަންނަ ތާރީހަށް ވަނީ ބަދަލު ގެނެސްފައެވެ.

މީގެ އިތުރުން އަންނަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފަށަން އޮތް ނަމަވެސް، މާޗް މަހުގައި ރޯދަ މަސް އަންނާތީ އަދި ރޯދައިގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރާތީއާއި އީދު ބަންދާ ދިމާވާތީ، މި ހިނގަމުންދާ 2024 ވަނަ އަހަރު ދިރާސީ އަހަރު ނިމި އަންނަ ބޮޑު ބަންދު ވަނީ ފެބްރުއަރީ މަހުން މާޗް މަހަށް ބަދަލުކޮށްފައެވެ. އެހެންކަމުން އެޕްރީލް މަހުގެ 6 ވަނަ ދުވަހު 2025 ވަނަ އަހަރު އައު ދިރާސީ އަހަރު ފަށާގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިއާއެކު އަންނަ އަހަރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް އޯލެވެލް ހެދުމާއި ދޭތެރޭގައި އެކަމަށް ތައްޔާރުވުމަށް ލިބޭނީ 6 މަސް ދުވަހެވެ. އަދި ގްރޭޑް 8 އަދި 9 ގެ ދަރިވަރުންގެ ކިޔެވުމަށްވެސް ބަދަލުތަކެއް އާދެއެވެ. މީގެ ކުރިން 3 އަހަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭ ވަގުތުގެ ބަދަލުގައި ސަރުކާރުން ސިޔާސީ ކަމެއްގެ ގޮތުގައި ހަދައިގެން ދައިވަރުންގެ ކިޔެވުމަށް މި ގެނައި ބަދަލާއެކު އޯލެވެލްއަށް ތައްޔާރުވުމަށް ދަރިވަރުންނަށް ލިބިގެންދަނީ އަހަރަކާއި 8 މަސް ދުވަހެވެ.

ކަލަންޑަރުގައިވާ ގޮތުން، ދިރާސީ 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފަށާނީ މެއި 26 ގައެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ 26 ސެޕްޓެމްބަރުގައެވެ. އެހެންކަމުން މިއަހަރުވެސް އޯލެވެލް ހަދާ ދަރިވަރުންނަށް ލިބޭނީ 6 މަސް ދުވަހެވެ. އަދި 2024 ވަނަ އަހަރުގެ ދެވަނަ ޓާމް ފެށޭނީ އޮކްޓޯބަރު 6 ގައެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ 2025 މާޗް 6ގައެވެ.

ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި ނަމަވެސް އެކަން ސަރުކާރުން ދިފާއު ކުރަމުންދަނީ ދަރިވަރުންނަށް ސިލަބަސް އެއްކޮށް ކަވަރުވާނެ ކަމަށް ބުނުފަހު އެވެ. އަދި ޓެސްޓު ނަތީޖާއަށް ނެދެވޭ އަސަރު ނުކުރާނެ ކަމަށް ވެސް ސަރުކާރުގެ ބޭފުޅުން ބުނެއެވެ. ނަމަވެސް އެދަރިވަރުންގެ ހަމައެކަނި ތައުލީމަކީ ކިޔެވުމާއި، އިމްތިހާން ހެދުމެއް ނޫނެއެވެ. މުސްތަގުބަލަށް ވިސްނާއިރު، މިއީ އެ އެދަރިވަރުންނަށް ލިބޭ ދެރައެކެވެ.

މީގެ އިތުރުން ޓީޗަރުންގެ އަހަރީ ޗުއްޓީ ނުލިބޭ މައްސަލައަށް އެއްވެސް ވަރަކަށް އަލިއަޅުވާލާފައިނުވެއެވެ. ނަމަވެސް އެމީހުންނަކީ ވެސް އާއިލާއެކު ވަގުތު ހޭދަކޮށް، ވަޒީފާގެ މާހައުލުން ދުރަށް ޖެހިލައި ދިރިއުޅުމުގެ އެހެނިހެން ކަންކަމުން އުފާވެރިކަން ހޯދަން ބޭނުންވާނެ މީހުންނެވެ. އަދި މިވާ ގޮތުން އަންނަ އަހަރު ވެސް އޯލަވަލްއަށް ކިޔަވައިދޭ ޗީޓަރުންނަށް ޗުއްޓީގެ އުފާވެރިކަމެއް ނުލިބޭނެއެވެ. މުޅި އަހަރު އެހައި ބުރަކޮށް މަސައްކަތްކުރާ ޓީޗަރުންގެ ތެރެއިން ވަކި ބަޔަކު މި އުފަލުން މަހުރޫމްވުމަކީ ހަގީގަތުގައި ޓީޗަރުންނަށް ލިބޭނެ އުފާވެރިކަމަކަށް ނުވާނެއެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލު އެޑިއުކޭޝަން މިނިސްޓްރީސްކޫލު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު