Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަދަރި ކޮންޓްރޯލް ކުރުން

މަދިރި ކޮންޓްރޯލްކުރުމަށް ފޮގްކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފި

މަދަރި ކޮންޓްރޯލް ވަންދަން ފޮގްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2024 | އާދީއްތަ 04:52
މާލެސިޓީ ކައުންސިލްގެ މުވައްޒަފެއް ލޮނުޒިޔާރަތް ޕާކު ފޮގްކުރަނީ

މާލެސިޓީ ކައުންސިލްގެ މުވައްޒަފެއް ލޮނުޒިޔާރަތް ޕާކު ފޮގްކުރަނީ

މާލެސިޓީގައި މަދިރި ކޮންޓްރޯލް ކުރުމަށް ފޮގްކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެސިޓީ ކައުންސިލުން ބުނީ އާދިއްތަ ދުވަހު މާލެސިޓީ ފޮގްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ވިލިމާލެ އަދި މާލޭގެ އެކި ސަރަހައްދުތައް ފޮގްކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުތައް ފަދަ ގިނަގިނައިން ފެން ހަރުލާ މަދިރި އާލާވާފަދަ ސަރަހައްދުތަކަށް އިސްކަންދޭ ކަމަށް ކައުންސިލުން ބުނެއެވެ.

ރާއްޖެއެމްވީއަށް މާލެސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަދަރި ކޮންޓްރޯލް ވަންދަން ފޮގްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި މި މަސައްކަތް ކުރިއަށްގެންދަނީ ފަތިހުގެ ވަގުތު ކަމަށެވެ. އަދި ވިދާޅުވީ ފޮގްކުރުމުން އެކަނި މަދިރި ކޮންޓްރޯލް ނުވާނެ ކަމަށާއި އެއީ ވަގުތީ ހައްލެއް ކަމަށެވެ. މިމަސައްކަތް ކުރުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުމެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އޮފިޝަލް ވިދާޅުވީ މާލޭގެ ޕާކުތަކާއި މަގުތަކާއި އެކި ސަރަހައްދުތައް ސާފުކޮށް ކުނިތައް ނެގުމުގެ މަސައްކަތްތައް ކައުންސިލުން އަބަދުވެސް ކުރަމުންދާ ކަމަށެވެ. އަދި ވިލިމާލޭގެ ވެސް ހުސް ބިންތަކާއި، ފަޅުގެތައް ސާފުކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަދިރި އާލާވާފަދަ ސަރަހައްދުތަކަށް މަދިރި ބޭސް ވެސް އަޅަމުންދާ ކަމަށެވެ.

މާލެއާއި ވިލިމާލެ ފޮގްކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލް ކުރަމުންދާއިރު، ހުޅުމާލެ ފޮގްކުރުމުގެ މަސައްކަތް ކުރާނީ އެޗްޑީސީންނެވެ. މަދިރި އިތުރުވެ، އެކަމުގެ ޝަކުވާ ބޮޑުވެފައިވާ މިދުވަސްވަރު އަދި ހުޅުމާލެ ފޮގްކުރުމުގެ މަސައްކަތް ފަށާފައިނުވެއެވެ. ހުޅުމާލެއަކީ ބޮޑު ސިޓީއަކަށްވާއިރު، ފޭސް-2 ގައި ހުސްބިންތަކާއި މަދިރި އުފެދޭ ގިނަ ސަރަހައްދުތައް ހުރި ކަމަށް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.

މިދުވަސްވަރު ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 27ގެ ނިޔަލަށް މާލޭ ސަރަހައްދުން އެކަނި ވެސް 59 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލު ވިދާޅުވެފައިވެއެވެ.

ޗިކުންގުންޔާއަކީ ވެސް ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ. އެހެންކަމުން މަދަރި ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މަދަރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޖެންސީން އެދިފައިވެއެވެ. 

މާލޭ ސިޓީ ކައުންސިލްފޮގްކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

ބިންވެރިޔާ ސްކީމާއި މެދު ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި މެދު ނިންމި ގޮތެއް ސާފުކޮށްދިނުމަށް އެދިއްޖެ

29 ޑިސެމްބަރު 2025
 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

17 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު