Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ޓެލެގްރާމް ޗެނަލް

ޖަޒީރާ ޓެލެގްރާމް މެދުވެރިކޮށް ހަށިވިއްކުމުގެ ނެޓްވޯކް ހިންގި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް

27 އެޕްރީލު 2024 | ހޮނިހިރު 05:02

ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެއް އަދި 60 އަހަރުގެ ފިރިހެނެއް

އަމްނާ އިމާދު
އަމްނާ އިމާދު | 27 އެޕްރީލު 2024 | ހޮނިހިރު 05:02
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން- ފައިލް ފޮޓޯ

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން- ފައިލް ފޮޓޯ

ބޮޑެތި ކުށްތަކަށް އަރިގަތުމަށް ޖަޒީރާގެ އެކި ނަން ނަމުގައި ހިންގި ޓެލެގްރާމް ޗެނަލްގެ މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ޓެލެގްރާމް ޗެނަލްތައް އުފައްދައިގެން ގާނޫނާ ހިލާފު ކަންތައްތައް ހިންގާ ކަމަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާ، 6 މާރިޗް 2024 ގައި ޖަޒީރާ އެޑްމިން އާއި ޖަޒީރާ ގާލްސް އާއި ޖަޒީރާ އެސްކޯޓް ގެލަރީ އާއި ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރު ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

Advertisement - newsAdvertisement

އެކަމުގެ ތުހުމަތުގައި އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ތަހުގީގަށް ބަންދުގެ މުއްދަތު ޖަހާފައެވެ. އެއީ ދެމަފިރިން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން މާރޗު މަހުގެ 30 ވަނަ ދުވަހު 60 އަހަރުގެ ފިރިހެނެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ "ޖަޒީރާ"ގެ ނަމުގައި ހިންގި ޓެލެގްރާމު ގުރޫޕުތަކާ ގުޅުން ހުރި ޓެކްސީ ޑްރައިވަރެވެ.

މީހުންގެ ތެރެއިން އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ ހުކުރު ދުވަހަށް ވަނީ ހަމަވެފައެވެ. އެހެންކަމުން ހުކުރު ދުވަހު ފުލުހުން ވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދިފައެވެ. ފުލުހުން އެގޮތަށް އެދުމުން އަންހެން މީހާ ވަނީ އޭނާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށްވާތީ އަވަހަށް ތަހުގީގު ނިންމަ ދޭން އެދިފައެވެ.

ނަމަވެސް ގާޒީ ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާދީފައެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ އާމްދަނީ ހޯދުމަށް ވަޒީފާއެއް އަދާކުރާ ބައެއް ނޫން ކަމަށާއި ނަމަވެސް އެކައުންޓްތަކުން ގިނަ އަދަދެއްގެ މުއާމަލާތްކޮށްފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

އޭގެ ތެރެއިން އެކަކަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ގިނަ ބަޔަކަށް ތުހުމަތުކުރެވޭއިރު، އެއިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުން އަންހެނުން ހަރަކާތްތެރިވެފައިވާއިރު، މިކަމަށް އެއް ޓެކްސީ ޚާއްސަކޮށްފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސްޖަޒީރާ ޓެލެގްރާމް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް