Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަރުޟު ޒަކާތާއި އިގްތިސާދާހުރި ގުޅުން

ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ

ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2024 | ހުކުރު 08:30
ހުކުރު ޚުތުބާ އަޑު އަހަނީ

ހުކުރު ޚުތުބާ އަޑު އަހަނީ

ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވެ، އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ފަރުޟު ޒަކާތާއި އިގްތިސާދާހުރި ގުޅުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ފަގީރުކަމުގެ ހާލަތަކީ އަގީދާގެ ގޮތުންނާއި، ފިކުރުގެ ގޮތުންވެސް އިންސާނާގެ ނަފުސު އަޅުވެތިކޮށްލާ ކަމެއް ކަމަށާއި، އަބުރުވެރި އިންސާނަކު، އޭނާއާ ކުރިމަތިވާން އެދޭނެ ހާލަތެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، މީހަކަށް ކުރިމަތިވާ ކަމެއްގެ ސަބަބުން އޭނާގެ ގައިބާރު ދެރަވެ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުއްދޭނެ ގޮތެއް ނެތި، އަނެކުންގެ އެހީތެރިކަމަށް އެދެން ޖެހިދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ކޮންމެ ކޮންމެ މީހަކު މިފަދަ މީހަކަށް އެހީތެރިވެ އޭނާގެ ބޭނުންތައް ފުއްދައި ނުދީފާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމްދީނުގައި ޝަރުއުކުރައްވާފައިވާ ޒަކާތުގެ ދައުރު ޖެހެނީ މި ހިސާބުން ކަމަށާއި، ޒަކާތް ފަރުޟުކުރެއްވީ މުއްސަނދިންގެ މުދަލުން އެ ނަގައި، އޭގެ ހައްގުވެރިންނަށް އަދާކޮށް ދިނުމަށްޓަކައި ކަމަށެވެ.

އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަގީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައި ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމައުން ފަގީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަގުސަދަކީ އޭގެ ހައްގުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ ކަމަށެވެ.

އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެ ކަމަށާއި، މުޖުތަމައުގެ ވަކި ބައެއްގެ އަތުގައި މުދާލާއި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިގުތިސާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެ ކަމަށެވެ. މިކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެއް ކަމަށާއި، ތަނަވަސްކަމުގެ އަހުލުވެރިންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގަންޖެހޭ އެއްޗެއް ކަމަށެވެ. ފަގީރުންނާއި މިސްކީނުންނާއި، ދަރަނިވެރިންނާއި، އަލަށް އިސްލާމްވާ މީހުންނާއި، ދަތުރުމަތީގައި ހާލުގައިޖެހޭ މީހުންނާއި، އަދި މިނޫނަސް ޒަކާތުގެ ހައްގުވެރިންގެ ގޮތުގައި ގުރްއާނުގައި ކަނޑައަޅާފައިވާ ފަރާތްތަކުގެ ލާބަޔަށް، ހޭދަކުރަންޖެހޭ އެއްޗެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޒަކާތް ދެއްކުމުގެ ސަބަބުން އިގްތިސާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިގްތިސާދަށް އަންނަ ލޮޅުންތަކުން އިގްތިސާދު ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދޭ ކަމަށާއި، ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން، އިގްތިސާދީ ހީނަރުކަމުގެ ދުވަސްވަރުވެސް މުދާ ގަންނަ ފަރާތްތަކުން އުފެއްދުންތައް ގަތުމަށް ބޭނުންވާ މިންވަރު އިތުރުވެ، އަޑިގުޑަންތަކުން އިގްތިސާދު ސަލާމަތްވުމަށް މަގުފަހިވާ ކަމަށް ޚުތުބާގައި ބުނެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ޒަކާތުގެ ޝަރްއީ މަގުސަދުތައް ހާސިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެން ކަމަށެވެ. މުސްލިމް އިންސާނަކު، އޭނާ މާދަމާ ކާނީ ކޮން އެއްޗެއްތޯއާއި، ނުވަތަ އޮނުއޮރިޔާން ނިވައިކުރާނީ ކިހިނެއްތޯއާއި، ބޭސްފަރުވާކުރާނީ ކިހިނެއް ކަމާމެދު ވިސްނައި ފިކުރުކޮށް ގޮތްހުސްވެ، އޭނާގެ ހިތަށް ކުރާ އަސަރާއި، އަޅާވޭނުން އޭނާ ސަލާމަތްކޮށްދިނުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ބުނީ އިސްލާމްދީން ބާރުއަޅަނީ ހަލާލު ގޮތުގައި މަސައްކަތް ކޮށްގެން ރިޒުގު ހޯދުމަށެވެ. ކުރާނޭ މަސައްކަތެއް އޮވެފައި، އެ މީހެއްގެ ހަށިގަނޑުގައި ވަރުހުރި ނަމަ، އެފަދަ މީހަކު ޒަކާތް ލިބިގަތުން ހުއްދަ ނުވާނެ އެވެ. އަދި ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫނެވެ. އެއީ، މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ހައްގުވެރިންނަށް އަދާކުރަންޖެހޭ ހައްގެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މުއްސަނދިންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ހައްގުތަކަށް އަރައިގަތުމެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރުޒަކާތް ދެއްކުމުން ފުދުނީ ކަމަށާއި، އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މިފަދަ މީހުން ހީކުރާ ގޮތުގައި ޒަކާތުގެ ފައިސާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަގީރަކަށް ދިނުމުން ފުދޭނެ ކަމަށެވެ. އިލްމުވެރިންނާއި ހަވާލާދީ ޚުތުބާގައި ބުނެފައިވަނީ ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާއިން ބަރީއަވާނެއެވެ.

އެހެންކަމުން ޒަކާތްނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާއިރު، ޒަކާތް ދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ޒަކާތާބެހޭ ޝަރުއީ އަދި އިދާރީކަންކަން އޮޅުން ފިލުވައި ނަފުސު ހޭލުންތެރި ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ހުކުރު ޚުތުބާޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު