Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާތިބު އެޕްލިކޭޝަން

ދިވެހި އަޑު ދިވެހިއަކުރަށް ބަދަލުކުރާ އެޕްލިކޭޝަން "ކާތިބު" އިފުތިތާހުކޮށްފި

25 އެޕްރީލު 2024 | ބުރާސްފަތި 12:55

އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހޯދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އެޕްރީލު 2024 | ބުރާސްފަތި 12:55
ދިވެހި އަޑު ދިވެހި އަކުރަށް ބަދަލުކުރާ އެޕްލިކޭޝަން އިފްތިތާހުކުރަނީ

ދިވެހި އަޑު ދިވެހި އަކުރަށް ބަދަލުކުރާ އެޕްލިކޭޝަން އިފްތިތާހުކުރަނީ

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން 'ކާތިބު' އިފްތިތާހުކޮށްފިއެވެ.

"ކާތިބު" އެޕްލިކޭޝަން އިފުތިތާހުކުރީ، މިކަމަށްޓަކައި އޭސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ، އޭސީސީގެ ރިޓަޔަރޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން ޢަބްދުލްޢަޒީޒު މޫސާއެވެ.

"ކާތިބު" އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހޯދޭނެ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، އެޕްލިކޭޝަނަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ފާއިތުވި 4 ވަރަކަށް މަހުގައި ކޮމިޝަނުގައި ވަނީ ބޭނުންކޮށްފައެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުންއަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަކުން ކުޑަކުރެވިގެންދާނެއެވެ.

އަދި، ތަޙުޤީޤުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތުވެސް ބޮޑުތަކުން ކުޑަކުރެވޭނެއެވެ. އަދި، މި އެޕްލިކޭޝަން އުފެއްދި ދިވެހި ޑިވެލޮޕަރުންގެ ކުންފުނިން (އޮކްސިގާއިން) މަޢުލޫމާތުދޭ ގޮތުގައި "ސްޕީޗް ޓް ޓެކްސްޓް" ގެ އިތުރުން މި އެޕްލިކޭޝަނުން ޔައުމިއްޔާއާއި ބަޔާން ޚުލާޞާކުރުންފަދަ އިތުރު ފީޗަރތައް، މި އެޕްލިކޭޝަނަށް، ވަރަށް އަވަހަށް، އިތުރުކުރެވިގެން ދާނެއެވެ.

އޭސީސީ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
19 އޮކްޓޯބަރު 2025

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

19 އޮކްޓޯބަރު 2025
3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް
17 އޮކްޓޯބަރު 2025

ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު

17 އޮކްޓޯބަރު 2025
ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު
17 އޮކްޓޯބަރު 2025

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ
17 އޮކްޓޯބަރު 2025

ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

17 އޮކްޓޯބަރު 2025
 ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް