Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗައިނާގެ ބޯޓު

ހައިޑްރޯގްރަފީ ހަދާ ޗައިނާގެ ބޯޓު އަނެއްކާ ވެސް ރާއްޖޭގައި، މިފަހަރު ކީއްކުރަން؟

މައުލޫމާތު އެންމެ ފުރިހަމަ އަށް ހާމަކުރާނެ ކަމަށް މި ސަރުކާރުން ބުނަމުން އައި ނަމަވެސް، މި ބޯޓާ ގުޅުން ހުރި އެންމެ ފުރިހަމަ މައުލޫމާތު ސަރުކާރުން ހާމައެއް ނުކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އެޕްރީލު 2024 | ބުރާސްފަތި 12:37
ރާއްޖެ އަންނަން ހުއްދައަކަށް އެދިފައިވާ ޗައިނާގެ ބޯޓު

ރާއްޖެ އަންނަން ހުއްދައަކަށް އެދިފައިވާ ޗައިނާގެ ބޯޓު

މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ޗައިނާގެ ހައިޑްރޯގްރަފީ ބޯޓެއް ކަމަށްވާ، ޝިއެން ޔެން ހޮން 3 ރާއްޖެ އައުމާއެކު، ދިވެހި ސަރުކާރުން އެކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. ފެބްރުވަރީ މަހުގެ ތެރޭގައި އެ ބޯޓު ރާއްޖެ އައީ، އޭގެ ކުރިން ރާއްޖޭގެ އީއީޒެޑް ކައިރީގައި ވަރަށް ގިނަ ދުވަސް ވަންދެން އޮތުމަށްފަހު އެވެ. އެ ބޯޓު ރާއްޖެ އައުމަށް ދިވެހި ސަރުކާރުން ހުއްދަ ދީފައި ވާނެތޯ އެންމެ ފުރަތަމަ ސުވާލު ކުރުމުން، ސަރުކާރުން އެކަމަށް އެކަށީގެންވާ ޖަވާބެއް ނުދެ އެވެ.

ނަމަވެސް ސަރުކާރުން އޭރު ބުނެފައިވާ ގޮތުގައި އެ ބޯޓު ރާއްޖެ އައި ނަމަވެސް، އެއްވެސް ދިރާސާއެއް ނުކުރާނެ އެވެ. އޭރު ޚާރިޒީ ވުޒާރާ އިން ބުނެފައި އޮތީ އެ ބޯޓު ރާއްޖެ އައީ، ސްޓޮކު އައު ކުރުމުގެ އިތުރުން، ބޯޓުގައި ތިބި ކްރޫއިން ބަދަލު ކުރުމަށެވެ. އެކަމާ ގުޅިގެން ދިފާއީ ވަޒީރު މުޙައްމަދު ޣައްސާމް މައުމޫން ވެސް ވިދާޅުވެފައި އޮތީ، އެ ބޯޓު ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ދިރާސާއެއް ނުކުރާ ނަމަ، އެ ބޯޓު ރާއްޖެ އަންނަން ޖެހުނު ސަބަބެއް ސާފު ކޮށްދެވިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން އޭރު އެކި ކަހަލަ ވާހަކަތައް ވެސް ވަނީ ފެތުރިފަ އެވެ.

އޭގެ ފަހުން، އަނެއްކާ ވެސް އެ ބޯޓު މި ވަނީ ރާއްޖެ އައިސްފަ އެވެ. ދެ ވަނަ ފަހަރަށް އެ ބޯޓު ރާއްޖެ އައިސްފައިވާއިރު، ތިލަފުށީ ކައިރީގައި އެ ބޯޓު ބަނދަރުކޮށްފައިވާ ފޮޓޯތައް ވެސް ވަނީ އާންމުވެފަ އެވެ. އެންމެ ފުރަތަމަ ރާއްޖެ އައުމަށްފަހު އެ ބޯޓު ދިޔަ ފަހުން، އެ ބޯޓު ޙަރަކާތްތެރިވެފައި ވަނީ ރާއްޖެ ހިމެނޭ ސަރަހައްދުގަ އެވެ. ދެ ވަނަ ފަހަރަށް ރާއްޖެ އައިއިރު ވެސް، އެ ބޯޓު ވަނީ ރާއްޖޭގެ އީއީޒެޑް ކައިރީގައި ޙަރަކާތްތެރިވެފަ އެވެ.

މައުލޫމާތު އެންމެ ފުރިހަމަ އަށް ހާމަކުރާނެ ކަމަށް މި ސަރުކާރުން ބުނަމުން އައި ނަމަވެސް، މި ބޯޓާ ގުޅުން ހުރި އެންމެ ފުރިހަމަ މައުލޫމާތު ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓު ރާއްޖެ އަންނަނީ ކުރޫން ބަދަލުކުރަން ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، އެކަން ޤަބޫލު ކުރަން ދަތިވާ ސަބަބުތަކެއް އެބަ ހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ވަނީ 30 އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އިތުބާރު ހުރި ގޮތަކަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި، 20 އެއްބަސްވުން ހާމަކޮށް ތަފްސީލު ނުދިން ނަމަވެސް، ބާކީ 10 އެއްބަސްވުމުގައި ކަނޑުގެ ސާވޭގެ ވާހަކަ ހިމެނެ އެވެ. އަދި މި ބޯޓަކީ އެކަމަށް އަންނަ ބޯޓެއް ކަމަށްވެއެވެ. މި ބޯޓުން ހަމައެކަނި ސާވޭ ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައެއް ނޫނެނެވެ. ލަންކާ ރާއްޖެ ހިމެނޭހެން އިންޑިއާ ކަނޑުގެ ދެކުނުގަ އެވެ.

ރާއްޖޭގައި ޙަރަކާތްތެރި ވަމުން އަންނަ ޗައިނާގެ މި ބޯޓަކީ، ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ. މި ބޯޓާ ގުޅިގެން، އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ އުފުލާ އިންޑިއާ އިން ވެސް ދަނީ އެ ބޯޓުގެ ހަރަކާތްތައް ގާތުން ބަލަމުންނެވެ. އެގޮތުން އެ ބޯޓު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދަތުރުކުރިކަން އެންމެ ފުރަތަމަ އިއުލާންކުރީ އިންޑިއާ އަދި ބައިނަލްއަޤްވާމީ ނޫސްތަކުންނެވެ.

އެހެންކަމުން، ގާތް ގާތުގައި ދެ ވަނަ ފަހަރަަށް ޗައިނާގެ ބޯޓު ރާއްޖެ އައިސްފައިވާއިރު، މިކަމާ ގުޅުން ހުރި އެންމެ ފަހުގެ އަދި އެންމެ ފުރިހަމަ މައުލޫމާތު ދިވެހި ސަރުކާރުން ހާމަކުރަން ޖެހޭނެ އެވެ. ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު އަދި އިސްތިޤުލާލަކީ މި ސަރުކާރުން އެންމެ އިސްކަން ދެމުން އަންނަ ކަންކަމަށް ވީ ހިނދު، ގޮތް ނޭނގޭ ގޮތަށް މިފަދަ ބޯޓުތައް ރާއްޖޭގައި ހަރަކާތްތެރިވުމަކީ، އެކަންކަމަށް އަސަރު ކުރާނެ ކަމެކެވެ. ސަރުކާރުގެ އަމަލާއި، ބަސް ދިމާ ނުވެ އެވެ.

ޗައިނާހައިޑްރޯގްރެފިކް ސަރވޭމަގޭ ރިޕޯޓް

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
02 ޑިސެމްބަރު 2025

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟
26 ނޮވެމްބަރު 2025

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
04 ނޮވެމްބަރު 2025

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟
28 އޮކްޓޯބަރު 2025

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!
21 އޮކްޓޯބަރު 2025

ރައްޔިތުންގެ ވެލިއު އަކީ އޭޓީއެމެއް ނޫން!

21 އޮކްޓޯބަރު 2025
ރައްޔިތުންގެ ވެލިއު އަކީ އޭޓީއެމެއް ނޫން!
14 އޮކްޓޯބަރު 2025

ރައީސްގެ ދަތުރުފުޅަށް ބޭނުންވާ ސަތޭކަ ސައިކަލާއި، ފަންސާސް ކޮޓަރި!

14 އޮކްޓޯބަރު 2025
ރައީސްގެ ދަތުރުފުޅަށް ބޭނުންވާ ސަތޭކަ ސައިކަލާއި، ފަންސާސް ކޮޓަރި!
06 އޮކްޓޯބަރު 2025

ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!

06 އޮކްޓޯބަރު 2025
ފުލުހުން ގަޔަށް ހައްޕުޑު ޖަހައި، އަވަގުރާނަ ގޮވި މީހުން އިޙުތިރާމްގެ ވާހަކަ ދެއްކީމާ ލަދުވެތި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު