Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފީއަލީގައި މުވައްޒަފުންނަށް ބިރު ދެއްކުން

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

11 ޖޫން 2025 | ބުދަ 09:55

ސިއްހީ މަރުކަޒުގެ އެއްވެސް މުވައްޒަފަކަށް ނުފޫޒެއް ފޯރުވާފައި ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖޫން 2025 | ބުދަ 09:55
ފ.ފީއަލި

ފ.ފީއަލި

ފ.ފީއަލީގައި އަޟްހާ އީދު ފާހަގަކުރުމަށް އިސްނަގައިގެން ނުކުތް ސަރުކާރުގެ ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ސިޔާސީ ބޭފުޅުން އިންޒާރު ދީފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްއަށް އެރަށު ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ އެރަށުގައި އަޟްހާ އީދު ފާހަގަކުރުމަށް ރޭވީ އެހެން އަހަރުތަކާ ތަފާތު ކޮށް ކަމަށާއި، ވަރަށް ބޮޑަށް ރަށުގެ ކުލަބު ޖަމިއްޔާތަކަށް ފުރުސަތު ދޭން ބޭނުންވި ކަމަށެވެ. އެއީ އެ ޖަމިއްޔާތައް ބާރުވެރި ކުރުވުމުގެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އީދު ފާހަގަކުރުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގައި ރަށުގެ ދެ ޖަމިއްޔާ އަކުން ޕްރޮޕޯސަލް ހުށަހެޅިކަން ފާހަގަކުރައްވައި އަހުމަދު މޫސާ ވިދާޅުވީ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ފަރާތަށް ކައުންސިލުން ވާނީ އީދު ޙަރަކާތް ކުރިއަށް ގެންދިޔުމަށް ހަވާލުކުރި ކަމަށެވެ. އަދި އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެ ޖަމިއްޔާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ކައުންސިލުން މިގޮތަށް އީދު ފާހަގަ ކުރާތީ، ރަށުގެ މުއައްސަސާތަކުގައި ތިއްބެވި ބައެއް އިސްވެރިންގެ ފަރާތުން ކައުންސިލްއަށް އެއްބާރުލުން ނުލިބުނު ކަމަށާއި، ބައެއް މުއައްސަސާތަކުގެ އިސްވެރިން، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުންނަށް ބިރު ދައްކައި، ކައުންސިލާ އެކު އީދު ފާހަގަ ކުރުމުގައި ބައިވެރިވެއްޖެ ނަަމަ، ވަޒީފާ އިން ވަކި ކުރާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް އަހުމަދު މޫސާ ވިދާޅުވިއެވެ.

އެގޮތުން ފެނަކަ ކޯޕަރޭޝަން ފީއަލީ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް އެފަދަ އިންޒާރުތަކާއި، ބިރު ދެއްކުން ކުރިމަތިކޮށްފައިވާ ކަމަށް ބައެއް މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދީނާ ހިލާފު ބައެއް ކަންކަން ހިނގާފައިވާ ބުނެ ދައުރުކުރާ ވާހަކަތަކަށް ރައްދު ދެއްވައި އަހުމަދު މޫސާ ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށާއި، އީދު ފާހަގަކޮށްފައިވަނީ އިސްލާމްދީނުގެ މިންގަނޑާ އެއްގޮތަށް ކަމަށެވެ. އަދި ނޭނގި ނަމަވެސް އެފަދަ ކަމެއް ހިނގާފައިވާ ކަމަށް މައާފަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އެރަށުގެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، ރައީސް ޑރ.މުހައްމަދު މުއިއްޒަށް، ގާނޫނު އަސާސީގެ 115 ވަަނަ މާއްދާގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން އައްޔަން ކުރައްވާފައި ތިއްބެވި ސިޔާސީ ބޭފުޅުން ވެސް އީދު ފާހަގަ ކުރުމަަށް ހުރަސްއަޅާފައިވާ ކަމަށެވެ. އެގޮތުން ފީއަލީ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ ހެލްތު ސާވިސް މުހައްމަދު ޝިފާއު އަދި ފީއަލީ ޒުވާނުންގެ މަރުކަޒުގެ ކޯޑިނޭޓަރު މުހައްމަދު އާމިރު އިސްވެ ތިއްބަވައި، އެކި ފަރާތްތަަކަށް ބިރު ދައްކައި، އިންޒާރު ދީފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކައުންސިލްގެ މި ތުހުމަތުތަކާ ގުޅިގެން ރާއްޖެއެމްވީއަށް ޝިފާއު ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ ސިއްހީ މަރުކަޒުގައި ކަމަށާއި، ސިއްހީ މަރުކަޒުގެ އެއްވެސް މުވައްޒަފަކަށް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށެވެ. އަދި ކައުންސިލްގެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި އޭނާ ވިދާޅުވީ ކައުންސިލުން އެދޭ ކަންކަމަށް އެހީތެރިކަމާ އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ވެސް ވަކި ޖަމިއްޔާއަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ޝިފާއު ތުހުމަތު ކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ފީއަލީ ޒުވާނުންގެ މަރުކަޒުގެ ކޯޑިނޭޓަރު އާމިރުގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފައެވެ.

ބަޔާނުގައި ބުނީ، ކޮންމެ ރަށެއްގައި ވެސް އީދުގެ މުނާސަބަތު ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަކީ އަދުގެ ސަރުކާރުން ނުހަނު އިސްކަން ދެމުން އަންނަ ކަމަކަށްވީއިރު، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން، ރައީސް އައްޔަން ކުރައްވާފައި ތިއްބެވި ސިޔާސީ ބޭފުޅުން ކައުންސިލަށް މިކަމުގައި ހުރަސް އެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކޮށް ބަޔާނުގައި ބުނީ، އެރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތާއި، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ކުރެވޭ ކޮންމެ ކަމެއްގައި ކައުންސިލުން އިސްނަގާނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

މެސީގެ ބައްޕަ މަރުވެއްޖެ

5

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް