Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ހަވާޓްޒް ދައްކަމުން އަންނަ ކުޅުމާމެދު އާޓެޓާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި

25 އެޕްރީލު 2024 | ބުރާސްފަތި 00:04

އާޓެޓާ ބުނީ، އާސެނަލުން ކުޅޭ ކޮންމެ މެޗެއްގެ، ކޮންމެ މަރުހަލާއެއްގައި ވެސް ހަވާޓްޒްގެ ޖުމުލަ ޙިއްސާ ވަރަށް ބޮޑު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އެޕްރީލު 2024 | ބުރާސްފަތި 00:04
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި ކައި ހަވާޓްޒް

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަދި ކައި ހަވާޓްޒް

އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ ކައި ހަވާޓްޒް ދައްކަމުން އަންނަ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް އާސެނަލުން ކުޅުނު މެޗުގައި، އުމުރުން 24 އަހަރުގެ ހަވާޓްޒް ދެއްކި މޮޅު ކުޅުމާ ގުޅިގެން ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި އާސެނަލުން ފަސް ލަނޑު ޖެހިއިރު، ހަވާޓްޒް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އާސެނަލުން ކުޅޭ ކޮންމެ މެޗެއްގެ، ކޮންމެ މަރުހަލާއެއްގައި ވެސް ހަވާޓްޒްގެ ޖުމުލަ ޙިއްސާ ވަރަށް ބޮޑު ކަމަށެވެ. ޚާއްސަކޮށް އޭނާ އަކީ ޓީމުގެ އެހެން ކުޅުންތެރިންނާ ގުޅިގެން، އެއް ޓީމެއްގެ ގޮތުގައި ކުޅުމަށް އިސްކަން ދެމުން އަންނަ ހުނަރުވެރި ކުޅުންތެރިޔެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އާޓެޓާ ބުނީ، ޗެލްސީއާ ދެކޮޅަށް ހަވާޓްޒް ޖެހި ދެ ލަނޑުގެ އިތުރުން، އޭނާގެ ބައެއް އެހެން ކަހަލަ ކަންކަން އިތުރު ކޮށްލުމުން، ހަވާޓްޒް ދެއްކީ ވަރަށް މޮޅު ކުޅުމެއްކަން ފާހަގަ ވެގެންދާނެ ކަމަށެވެ. އެހެންކަމުން އާސެނަލުން ކުރިއަށް ދާން މަސައްކަތް ކުރާއިރު، ހަވާޓްޒްގެ ދައުރު އެ ޓީމަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޗެލްސީގައި ހުރުމަށްފަހު ހަވާޓްޒް އާސެނަލަށް ބަދަލުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އޭނާ ވަނީ މިހާތަނަށް އާސެނަލަށް ކުޅެދިން 47 މެެޗުގައި 12 ލަނޑު ޖަހައިފަ އެވެ. ހަވާޓްޒް އަކީ އާސެނަލްގެ ކޯޗު އާޓެޓާ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

އާސެނަލްަކައި ހަވާޓޭޒްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
02 ނޮވެމްބަރު 2025

ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

02 ނޮވެމްބަރު 2025
ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
29 އޮކްޓޯބަރު 2025

ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް

29 އޮކްޓޯބަރު 2025
ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް
28 އޮކްޓޯބަރު 2025

ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ

28 އޮކްޓޯބަރު 2025
ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ
19 އޮކްޓޯބަރު 2025

ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި

19 އޮކްޓޯބަރު 2025
ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް