Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ދީނުގެ މަގު

ޝަރުޢީ މީޒާނުގައި ދަރަނި

ދަރަންޏެއް އޮތް މީހެއްގެ މައްޗަށް ކަށުނަމާދު ކުރެއްވުމަށް ރަސޫލާ ﷺ އިންކާރުކުރެއްވިއެވެ. މިކަމުން ވެސް ދަރަނީގެ ނުރައްކާތެރިކަން ދޭހަކޮށްދެއެވެ.

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު, ރާއްޖެ އެމްވީ | 7 ޖޫން 2023 | ބުދަ 10:11
ދަރަންޏާ ގުޅޭ ގޮތުން އައިސްފައިވާ ނަބަވީ އިރުޝާދުތަކަށް ވިސްނައިލުމުން އެނގެނީ ދަރަނި ނުނެގުމަށް އިސްލާމްދީން ބާރުއަޅުއްވާވަރު

ދަރަންޏާ ގުޅޭ ގޮތުން އައިސްފައިވާ ނަބަވީ އިރުޝާދުތަކަށް ވިސްނައިލުމުން އެނގެނީ ދަރަނި ނުނެގުމަށް އިސްލާމްދީން ބާރުއަޅުއްވާވަރު

ދީނީ ގޮތުން ބަލާއިރު ދަރަނި ނެގުމަކީ ހުއްދަކަމެކެވެ. މިކަން ހުއްދަވެފައި އޮތަސް، ދަރަނީގެ މުޢާމަލާތްތައް ހިންގަވީ ގޮތުގެ މުހިންމު އިރުޝާދުތަކެއް ޝަރުޢުގައި ބަޔާންކުރައްވާފައިވެއެވެ.

ފުރަތަމަ އިރުޝާދަކީ ދަރަނީގެ ގޮތުގައި ނަގާ މިންވަރާއި، އެ ދަރަނި އަދާކުރަން ކަނޑައަޅާ މުއްދަތާއި އަދާކުރާނެ ގޮތް ލިޔުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ."އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ މުއްދަތަކަށް، ތިޔަބައި މީހުން ދަރަނީގެ މުޢާމަލާތެއް ކޮށްފި ނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ!"

ދެވަނަ އިރުޝާދަކީ ދަރަނީގެ މުޢާމަލާތް ހިނގިކަމަށް ހެކިވެރިން ހެކިކުރުމެވެ. މި ކަން ކުރާނެ ގޮތް ބަޔާންކޮށްދެއްވައި މާތް ﷲ ވަޙީކުރެއްވިއެވެ."އަދި، (މިފަދަ ކަންކަމުގައި) ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެ ހެކިން ތިޔަބައިމީހުން ހެކި ކުރާށެވެ. އެ ދެ ހެކިންނަކީ، ދެ ފިރިހެނުން ކަމުގައި ނުވި ނަމަ ފަހެ، ހެކިން ކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: ޢަދުލުވެރި މުސްލިމުންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ."

ތިންވަނަ އިރުޝާދަކީ މުއްސަންޖަކަށް އަދާކުރަން ޖެހޭ ދަރަންޏެއް ކަމުގައި ވިޔަސް ދަރަނި އަދާކުރުން ލަސްނުކުރުމެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ."މުއްސަންޖަކަށް އަދާކުރަން ޖެހޭ ފައިސާއަކަށް ވިޔަސް، އެ އަދާނުކޮށް (ޤަޞްދުގައި) ފަސްކުރުމަކީ އަނިޔާއެކެވެ."

ހަތަރުވަނަ އިރުޝާދަކީ ގިނަގިނައިން އިސްތިޣްފާރުކުރުމާއި ދަރަނި އަދާކުރުން ފަސޭހަކޮށްދެއްވާތޯ ތަކުރާރުކޮށް ދުޢާކުރުމެވެ.

"ތިމަން ކަލޭގެފާނު އެބައިމީހުންނަށް ދެންނެވީމެވެ. ތިޔަބައި މީހުންގެ ރައްބަށް އިސްތިޣުފާރުކޮށް ދަންނަވާށެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަނލާގެއެވެ. އޭރުން ވާރޭފެން ތަނަވަސްކޮށްދެއްވާނެއެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައި މީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ޓަކައި ކޯރުތައް ވެސް ލައްވާނެތެވެ."

ސުންނަތުން ސާބިތުވާ ދުޢާއެއްގައި ވެއެވެ."ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ފިކުރުބޮޑުވުމުންނާއި ހިތާމައިންނާއި ނުކުޅެދުމުންނާއި ކަންނެތްކަމާއި ދަހިވެތިކަމާއި ފިނޑިކަމާއި ދަރަނީގެ ބުރައިންނާއި މީސްތަކުން ތިމަންގެ މައްޗަށް ގަދަވެގަތުމުން އިބަރަސްކަލާނގެ ކިބައިން ރައްކާތެރިކަން ހޯދަމެވެ."

ވިޔަފާރިތައް ކުރުމަށާއި ދިރިއުޅުމުގެ އެކި ބޭނުންތަކަށް ދަރަނި ނެގުން މީސްތަކުންގެ ތެރޭގައި އާންމުވެފައި ވިޔަސް، ދަންނާން ޖެހޭ ޙަޤީޤަތަކީ ދަރަންޏަކީ ނުރައްކާތެރި އެއްޗެއްކަމެވެ. ދަރަންޏެއް އޮތް މީހެއްގެ މައްޗަށް ކަށުނަމާދު ކުރެއްވުމަށް ރަސޫލާ ﷺ އިންކާރުކުރެއްވިއެވެ. މިކަމުން ވެސް ދަރަނީގެ ނުރައްކާތެރިކަން ދޭހަކޮށްދެއެވެ.

ދަރަންޏާ ގުޅޭ ގޮތުން އައިސްފައިވާ ނަބަވީ އިރުޝާދުތަކަށް ވިސްނައިލުމުން އެނގެނީ ދަރަނި ނުނެގުމަށް އިސްލާމްދީން ބާރުއަޅުއްވާވަރެވެ. ދަރަންޏެއް ނެގިޔަސް އެއަށް ރައްކާތެރިވާން ޖެހޭކަމެވެ. މާތް ﷲ އަޅަމެންނަކީ ޙަލާލުގޮތުގައި ރިޒުޤު ހޯދާ ބަޔަކު ކަމުގައި ލައްވާށިއެވެ! އަދި އަޅަމެން ޙަލާލު ގޮތުގައި ހޯދާ ރިޒުޤުގައި ބަރަކާތް ލައްވާށިއެވެ! ދަރަނީގެ ބުރައިން އަޅަމެން ރައްކާތެރިކުރައްވާށި! އާމީން!

ނޯޓް: "ދީނުގެމަގު" މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒަކާތުގެ މުދަލުގައި ހިފުމުގެ ޙައްޤު ލިބިގެންވާ ދަރަނިވެރިންނަކީ ތިންބައެކެވެ.

ޒަކާތުގެ މުދަލުގައި ހިފުމުގެ ޙައްޤު ލިބިގެންވާ ދަރަނިވެރިންނަކީ ތިންބައެކެވެ.

14 ޖޫން 2018

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު