Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެލެޑިކްޓޯރިއަންގެ ޝަރަފުން މަހުރޫމް ކުރުން

ވެލެޑިކްޓޯރިއަންގެ ޝަރަފުން ތަބައްސުމް މަހްރޫމު ކުރީ ކޮން ޙައްޤަކާއިލައިގެން؟

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ އެޖެންޑާއިން ނެގި ސަބަބެއް ކަމަށް ބަޔާން ކޮށްފައި ވަނީ ކެމްޕަހުގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުންތަކެއް ހުރުމާއި، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2024 | ހޯމަ 14:58
އަސްނާ ތަބައްސުމް؛ ޔޫއެސްސީގެ ވެލެޑިކްޓޯރިއަން

އަސްނާ ތަބައްސުމް؛ ޔޫއެސްސީގެ ވެލެޑިކްޓޯރިއަން

ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޑިމޮކްރަސީ ކަމަށް ވަކާލާތު ކުރަމުންދާ ޤައުމަކީ، އެންމެ ނުފޫޒު ގަދަ ޤައުމު ކަމަށްވެސް ވަކާލާތު ކުރާ އެމެރިކާއެވެ. ނަމަވެސް އެމެރިކާގެ ދޭސީ މަސްރަޙުގައި ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، ހަމަހަމަ ކަމާއި އިންސާފުގެ ކަންފުޅެއްވެސް ފެންނަން ނޯވެއެވެ. ހުރިހާ ދިމާއަކުންވެސް ފެންނަނީ އެމީހަކަށް ކުރެވެން އޮތް ގޮތަކަށް ނުފޫޒުގެ ނާޖާއިޒު ފައިދާ ނަގާ މަންޒަރެވެ. މި ވާހަކަތަކަކީ ބަޔަކަށް ޙަޖަމް ކުރަން ދަތި ކަމަކަށް ވިއަސް، ކަން އޮތް ގޮތް އޮޅުވާލެވޭކަށް ނެތެވެ. ޔުނިވަރސިޓީ އޮފް ސަދަރން ކެލިފޯނިއާ (ޔޫއެސްސީ) ގައި ދާދި ފަހުން ހިނގާ ދިޔަ ކަންތަކުންވެސް އެމެރިކާގެ ޙާލަތު ސާފުވެއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުތައް އިންތިޒާމުކޮށްފައި އޮންނަނީ، އެ ފަހަރަކު އެ ދަސްވެނިވާ ދަރިވަރުންގެ ތެރެއިން ކިޔެވުމުގެ އިތުރަށް ދެންވެސް އެހެން ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ ދަރިވަރު، އެންމެހާ ޖަލީސުންނާ މުޚާޠަބުކޮށް ވާހަކަދައްކާ ގޮތަށެވެ. އެއީ ދަސްވެނިވާ ދަރިވަރަކަށް ލިބޭ އެންމެ ބޮޑު ޝަރަފުގެ ގޮތުގައި އޮންނަނީ ބަލައިގަނެވިފައެވެ. ޔޫއެސްސީގައި ކުރިއަށް އޮތް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މި ދެންނެވި ނަމްބަރު ފުރިހަމަ ކުރަން ހޮވުނީ މުސްލިމު ދަރިވަރެކެވެ. ނަމަވެސް ދެން ލިބުނު ޚަބަރަކީ، އެންމެ މޮޅު ދަރިވަރުގެ ވާހަކަދެއްކުމަށް ޚާއްޞަ ކޮށްފައި އޮތް ނަމްބަރު، ދަސްވެނިވުމުގެ ރަސްމިއްޔާތުގެ އެޖެންޑާއިން ނެގި ޚަބަރެވެ. ސަބަބެއް ކަމަށް ބަޔާން ކޮށްފައި ވަނީ ކެމްޕަހުގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުންތަކެއް ހުރުމާއި، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވުމެވެ. ޔޫއެސްސީގެ ނިންމުމާއެކު ތަފާތު އެތައް ގޮތަށް ބަހުސްތައް ވަނީ ފަށާފައެވެ. ދަރިވަރު ބުނި ގޮތުގައި، އޭނާއަށް އަލުން އެ ފުރުޞަތު ދިނުމަކީ އުސޫލުތަކަށް ލިބުނު ނަޞްރެއްގެ ގޮތުގައި ބަލައިގަންނަން މިހާރުވެސް ތައްޔާރަށް ހުރި ކަމަށެވެ.

އޭޕްރިލް 17 ވަނަ ދުވަހު ރޮއިޓަރޒްއާ ވާހަކަދައްކަމުން، ޢުމުރުން 21 އަހަރުގެ އަސްނާ ތަބައްސުމް ބުނީ، ޔޫއެސްސީގެ ނިންމުން، އިހު އޮތް ގޮތަށް ބަދަލު ކުރުމަކީ، މި ވަގުތު އޭނާ އެންމެ އުންމީދު ކުރަމުންދާ ކަންތައް ކަމަށެވެ. ތަބައްސުމް މަތީ ތަޢުލީމު ހާސިލު ކުރީ ބަޔޮމެޑިކަލް އިންޖިނޭރިންގގެ ދާއިރާއިންނެވެ. ޔޫއެސްސީގެ މަންދޫބުންނާއެކު ކުރި މަޝްވަރާތަކުގެ ވާހަކަ ހިއްސާ ކުރަމުން ތަބައްސުމް ބުނީ، އެއީ ވަކި ފަރާތަކަށް ޖެހިފައި އޮތް މަޝްވަރާތަކެއް ކަމަށެވެ. ސަލާމަތީ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ، އެޖެންޑާއަށް ބަދަލު ގެނައި އިރު، އެ ކަންކަން ތަފްސީލު ކޮށްދީފައި ނުވާކަން ވެސް ތަބައްސުމް ފާހަގަ ކުރިއެވެ.

ދަސްވެނި ވުމުގެ ރަސްމިއްޔާތުގައި ތަބައްސުމް ވާހަކަ ދައްކާ ގޮތަށް އޮތް އޮތުން ބާތިލު ކުރަން ނިންމި ކަން ޔޫއެސްސީއިން އިޢުލާން ކުރީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. އެ ނަމްބަރު، އެޖެންޑާއިން އުނި ކުރަން ނިންމާފައި ވަނީ އެ ޝަރަފު ލިބޭ ކުއްޖާގެ ވަނަވަރާއި، ކަންކަމުގައި ދެކޭ ގޮތަށް ރިޢާޔަތް ކޮށްގެން ނޫން ކަމަށާ، ނަމަވެސް އެ ނިންމުން ނިންމަން ޖެހުނީ ޙާލަތު މުރާޖާ ކުރުމަށް ފަހު، ސަލާމަތާއި ރައްކާތެރިކަމުގެ ނަޒަރިއްޔާއިން ވިސްނުމަށް ފަހުގައި ކަމަށެވެ.

އެފަދަ ނިންމުމެއް ނިންމުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާ، އެހެން ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް ޔޫއެސްސީއިން ސިފަ ކުރެއެވެ. އެކަން ބަޔާންކޮށް، ޔޫއެސްސީއިން ނެރުނު ބަޔާނުގައިވެސް، ސަލާމަތީ ނުރައްކާތަކުގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. އަދި އެ ޔުނިވަރސިޓީއަށް އިންޒާރުތަކެއް ދީފައި ވާ ކަން، ނުވަތަ ނޫން ކަންވެސް ބަޔާންކޮށްދީފައެއް ނުވެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ބަހުސްތަކާއެކު، ތަބައްސުމްއަށް ވަނީ ނަފްސާނީ ގޮތުންވެސް ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ އެންމެ ފަޚްރުވެރި ނަމްބަރު ނުވަތަ ވެލެޑިކްޓޯރިއަންގެ ގޮތުގައި ވާހަކަދައްކާ ދަސްވެނީގެ މަޤާމަށް ތަބައްސުމް ހޮވުނީ، ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އެކަމަށް އެދި ހުށަހެޅި 100 އެއްހާ ދަސްވެނީންގެ ތެރެއިން ފުރޭނިގެންނެވެ. ވެލެޑިކްޓޯރިއަންގެ މަޤާމަށް ވާދަ ކުރުމަށްޓަކައި، ދަސްވެނިވާ ކޯހުގެ ގްރޭޑް-ޕޮއިންޓް-އެވަރޭޖް (ޖީޕީއޭ) ވަކި ޢަދަދަކަށް ވުރެ މަތި ވާން ޖެހެއެވެ.

ވެލެޑިކްޓޯރިއަން ސްޕީޗް ކެލިފޯނިއާ ޔުނިވަރސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

19 ފެބުރުއަރީ 2018
ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު