Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހަތިޔާރު ވިރުވާލައިގެން ހެދި ޕާކް

ޖިނާޢީ ކުށުގެ ވެއްޓަކުން ކުޑަކުދިންގެ ޕާކެއް؟

ޕޭރޫއަކީ ޖިނާޢީ ކުށުގެ ވެއްޓެއް އޮންނަ، ގޭންގުތައް ގިނަ ޤައުމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2024 | ހޯމަ 12:23
ޕާކްއާއި ޖިމް ތަރައްޤީ ކޮށްފައި ވަނީ ސަން ހުއާން ދި މިރާފްލޮރޭޒް އަވަށުގައި

ޕާކްއާއި ޖިމް ތަރައްޤީ ކޮށްފައި ވަނީ ސަން ހުއާން ދި މިރާފްލޮރޭޒް އަވަށުގައި

ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ޤައުމެއްގެ ރައްޔިތުންނާއި އެ ތަނެއްގައި ދިރިއުޅޭ އެންމެންނަށްވެސް ލިބޭނެ އެންމެ އަގު ބޮޑު އެއް ނިޢުމަތެވެ. ނަމަވެސް އަދުގެ ދުނިޔޭގައި ކަން ހިނގާ އުސޫލަށް ބަލާއިރު، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވުމަކީ ގިނަ މަންޒިލްތަކުގައި ވުމަށް ވުރެ، ނުވުން ގާތް ކަންކަމެވެ. އާންމު މީހާ އަތުގައިވެސް ނުރައްކާތެރި އެތައް ހަތިޔާރެއް ހުރެއެވެ. ގިނަ ހަތިޔާރަކީ ޣައިރު ޤާނޫނީ ގޮތެއްގައި ހޯދައިގެން ގެންގުޅޭ ހަތިޔާރުތަކެވެ. މި ދެންނެވި މޭރުމުން، ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި އޮތް އެއް ޤައުމަކީ ޕޭރޫއެވެ.

ޕޭރޫއަކީ ޖިނާޢީ ކުށުގެ ވެއްޓެއް އޮންނަ، ގޭންގުތައް ގިނަ ޤައުމެކެވެ. ޤަވައިދާ ޚިލާފަށް ހަތިޔާރުގެ ވިޔަފާރި ކުރުމާއި، ހަތިޔާރުގެ ވަގުފާރީގެ ޖަރީމާތައް އޭގެ އެންމެ އިންތިހާއަށް ފެތުރިފައި އޮތް ޤައުމެކެވެ. ދޭތެރެދޭތެރެއިން ވަރުގަދަ ރެއިޑްތައް ޖަހައިގެން، އެތައް ހަތިޔާރެއް އަތުލައިގަނެއެވެ. ރެއިޑްތަކުގައި އަތުލައިގަންނަ ހަތިޔާރަށް ދެން ވަނީ ކިހިނެއް ހެއްޔެވެ؟ ޖަވާބެއް ބޭނުމީ ވިއްޔާ ދާން މި ޖެހެނީ ޕޭރޫގައި ކުޑަ ކުދިން ކުޅެ އުޅޭ ޕާކަކަށެވެ.

ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކުށުގެ ވެށި އިސްލާހު ކުރުމަށްޓަކައި ޕޭރޫގެ ކަމާ ބެހޭ ފަރާތްތަކުން ހިންގި އެކި ރެއިޑްތަކުގައި އަތުލައިގަނެފައިވާ އެތައް ހާސް ހަތިޔާރެއްގެ ދަގަނޑު ބައިތައް ބޭނުންކޮށްގެން ޕޭރޫގައި ތަރައްޤީ ކުރީ ކުޑަކުދިންނަށް ހާއްސަ ޕާކްއަކާއި، އާންމުންނަށް ބޭނުން ކުރެވޭނެ ފަދަ އޯޕަން-އެއަރ ޖިމްއެކެވެ. ވެރިރަށް ލީމާގެ ދެކުނުގައި ތަރައްޤީ ކުރި ޕާކްއާއި ޖިމްއަކީ، ޕޭރޫގައި އޮތް ނުރައްކާ ވެށީގެ ޘަޤާފަތް، އެހެން މިޞްރާބަކަށް ބަދަލު ކުރުމަށްޓަކައި އެ ޤައުމުން ހިފި އައު ޢަމާޒެކެވެ.

ޕޭރޫގެ ކަމާ ބެހޭ ފަރާތްތަކުން ކިޔައިދިން ގޮތުގައި، ސީސޯތަކާއި، މަންކީބަރޒް އަދި އުނދޯލިތަކާއި ކަސްރަތު މެޝިންތައް ހަދާފައި ވަނީ، 6000 އަށް ވުރެ ގިނަ ހަތިޔާރު ވިރުވާލައިގެންނެވެ.   

ޕާކްއާއި ޖިމް ތަރައްޤީ ކޮށްފައި ވަނީ ސަން ހުއާން ދި މިރާފްލޮރޭޒް އަވަށުގައެވެ. އެ ސަރަޙައްދަކީ ލީމާ ޕްރޮވިންސްގައި ހިންގާ އެކިއެކި ހަމަނުޖެހުންތަކުގައި އެންމެ ބޮޑަށް ނޭދެވޭ އަސަރެއް ފޯރާފައި އޮތް އަވަށެވެ.

ނިމިދިޔަ 2023 ވަނަ އަހަރު އެކަނިވެސް ޕޭރޫގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ޤައުމުގެ އެކި ހިސާބުތަކުގައި ޤަވައިދާ ޚިލާފަށް ގެންގުޅެމުން ދިޔަ 21000 އަށް ވުރެ ގިނަ ހަތިޔާރު އަތުލައި، ނައްތާލާފައެވެ. ޕޭރޫގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފަދަ އިތުރު 2 ޕާކެއް، ލީމާގައި ހުޅުވާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. އަލަށް ތަރައްޤީ ކުރާ 2 ޕާކުގައިވެސް ބޭނުން ކުރާނީ މިދިޔަ އަހަރު ނައްތާލި ހަތިޔާރުން ނެގި ދަގަނޑުގެ ބައިތައް ކަމަށް، ޕޭރޫގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ޕެރޫ

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2025

މަގުބޫލުކަން އިންތިހާ އަށް ވެއްޓިފައި ވަނިކޮށް ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމު ގެއްލުވާލައިފި

10 އޮކްޓޯބަރު 2025
މަގުބޫލުކަން އިންތިހާ އަށް ވެއްޓިފައި ވަނިކޮށް ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމު ގެއްލުވާލައިފި
20 ނޮވެމްބަރު 2024

ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި

20 ނޮވެމްބަރު 2024
ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި
22 އޮކްޓޯބަރު 2024

ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، ޕެރޫގެ ކުރީގެ ރައީސް 20 އަހަރަށް ޖަލަށް

22 އޮކްޓޯބަރު 2024
ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، ޕެރޫގެ ކުރީގެ ރައީސް 20 އަހަރަށް ޖަލަށް
22 ޖޫން 2024

ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ

22 ޖޫން 2024
ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ
20 ޑިސެމްބަރު 2023

ޕެރޫއިން ވަގަށް ބޭރުކުރަން އުޅުނު ހަތަރުހާހެއްހާ ކުދި ވެލާ ހިފަހައްޓައިފި

20 ޑިސެމްބަރު 2023
ޕެރޫއިން ވަގަށް ބޭރުކުރަން އުޅުނު ހަތަރުހާހެއްހާ ކުދި ވެލާ ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު