Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާންގެ ރައީސް ޕާކިސްތާނަށް ވަޑައިގަތުން

އިރާންގެ ރައީސް ޕާކިސްތާނަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި

އެއްބާރުލުން އިތުރުކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޓްރޭޑް، ދަތުރުފަތުރު، އެނަރޖީ، އެގްރިކަލްޗަރ އަދި ޕީޕަލް ޓު ޕީޕަލް ކޮންޓެކްޓްސް ހިމެނޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 22 އެޕްރީލު 2024 | ހޯމަ 06:59
އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް

އީރާންގެ ރައީސް އިބްރާހީމް ރައީސީ ޕާކިސްތާނަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ހޯމަދުވަހު އެގައުމަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސީގެ އަނބިކަނބަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރީގެ އިސްފަރާތްތަކެއް ހިމެނޭ މަތީ ފަންތީގެ ވަފުދެއް ދަތުރު ކުރައްވައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ޝަހްބާޒް ޝަރީފް އާއި އިބްރާހީމް ރައީސީ ޕްރައިމް މިނިސްޓަރސް ހައުސްގައި ރަސްމީކޮށް ބައްދަލުކުރެއްވުން އޮންނާނެއެވެ. އޭގެ ފަހުގައި ދެ ގައުމު ދެމެދު ރަސްމީ ވާހަކަތައް ބޭއްވޭނެއެވެ. މީގެ އިތުރުން ސަރަހައްދީ އަދި ދުނިޔޭގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން ވާހަކަދެކެވޭނެއެވެ. މިދަތުރުފުޅުގައި ދެގައުމު ދެމެދު އެތައް އެމްއޯޔޫއެއްގައި ސޮއިކުރުން ވެސް އޮންނާނެއެވެ. ދެ ގައުމު ދެމެދު އެއްބާރުލުން އިތުރު ކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޓްރޭޑް، ދަތުރުފަތުރު، އެނަރޖީ، އެގްރިކަލްޗަރ އަދި ޕީޕަލް ޓު ޕީޕަލް ކޮންޓެކްޓްސް ހިމެނެއެވެ.  

އިބްރާހީމް ރައީސީ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރްދާރީގެ އިތުރުން ނޭޝަނަލް އެސެމްބްލީގެ ސްޕީކަރާ ބައްދަލުކުރައްވާނެއެވެ. އަދި ލާހޯރާއި ކަރާޗީ އަށް ވެސް ޒިޔާރަތް ކުރައްވާ ޕްރޮވިންޝަލް ލީޑަރޝިޕްގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސީ އަކީ ފެބްރުއަރީމަހު ޕާކިސްތާނުގައި ބޭއްވުނު ވާދަވެރި އިންތިޚާބަށް ފަހު އެގައުމަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ހެޑް އޮފް ސްޓޭޓެވެ.

ޕާކިސްތާނާއި އީރާނަކީ އިމުން ގުޅިފައިވާ ދެ ގައުމު ނަމަވެސް ދެ ގައުމުގެ ދެމެދު ދޭތެރެ ދޭތެރެއިން ރުޅިވެރިކަމުގެ ހަރާކާތްތައް ބަދަލުކުރަމުން އާދެއެވެ. މިގޮތުން މިއަހަރުގެ ޖެނުއަރީ މަހު ވެސް ދެގައުމުން ވަނީ ވައިގެ ހަމަލާތައް ބަދަލުކޮށްފައެވެ. ދެ ފަރާތުން ވެސް ބުނެފައިވަނީ ހަމަލާދިނީ ބޯޑަރުގެ ދެފަރާތުގައި ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ހަރުކަށި ގްރޫޕްތަކަށް ކަމަށެވެ.

ޕާކިސްތާން އީރާންގެ ރައީސް އިބްރާހިމް ރައީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު