Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި

19 އެޕްރީލު 2024 | ހުކުރު 06:54

ސާބިތުނުހިފޭ ޚަބަރުތައް ލިޔުނު ފަރާތްތަކާމެދު ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އެޕްރީލު 2024 | ހުކުރު 06:54
އައްޑޫސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

އައްޑޫސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން

އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ޚަބަރު ފަތުރާފައިވާތީ އެ ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކައުންސިލްގެ ކައުންސިލަރުންނާއި އެ އިދާރާގެ އިދާރީ މުވައްޒަފުންނާއި އެ އިދާރާއިން ޙިއްޞާކުރި މަޢުލޫމާތުކަމަށް ބުނެ، ވަކިވަކި ކައުންސިލަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ޙަޤީގަތް އޮޅޭފަދައިން، އެ ފަރާތްތަކާ ގުޅޭގޮތުން ސާބިތުނުހިފޭ ޙަބަރުތަކެއް 'އައްޑޫ ލައިވް' ގެ ފަރާތުން ޝާއިޢުކޮށްފައިވާ ކަމަށާއި މި ކަމަކީ އެ އިދާރާއިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި މިއީ ކުރިއަށްއޮތް އިންތިޚާބުގައި އެ ފަރާތްތަކުން ކުރިމަތިލައްވާތީ އެފަރާތްތަކަށް އަމާޒުކޮށް، އެންޓި-ކެމްޕެއިން ކުރުމުގެ ނިޔަތުގައި ކޮށްފައިވާ ޒިންމާދާރުކުޑަ ޢަމަލެއްކަމަށް ބުނެފައިވެއެވެ. އަދި އެ އިދާރާއިން ނިންމާ އެއްވެސް ނިންމުމަކީ ވަކި ކައުންސިލަރަކު އަމިއްލައަށް ނިންމާ ނިންމުމެއް ނޫންކަމާއި، ކައުންސިލްގެ ކޮންމެ ނިންމުމަކީ ވެސް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުންތަކުގައި، މުޅި ކައުންސިލްގެ އެންމެހައި މެންބަރުންގެ މެދުގައި، މެންބަރުންގެ ވޯޓުން ފާސްކޮށްގެން ނިންމާ ނިންމުންތަކެއްކަން ވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެފަދައިން ވަކި ފަރާތްތަކަށް ކަންތައްތަކެއް ތުހުމަތުކޮށް ޚަބަރުތައް ފެތުރުމަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުތަކާ ޚިލާފަށް ކުރި ކަމެއް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މިފަދަ ނާތަޙުޒީބު ގޮތަކަށް ކައުންސިލްގެ މެންބަރުންގެ އަބުރު ކަތިލައި، ނޫސްވެރިކަމުގެ ނަހަމަ ބޭނުންހިފުމުގެ ގޮތުން ސާބިތުނުހިފޭ ޚަބަރުތައް ލިޔުނު ފަރާތްތަކާމެދު ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެކަމަށެވެ.

މީގެއިތުރުން ކަމުގެ ޙަޤީގަތް އޮޅޭގޮތަށް ތުޙުމަތުކޮށް، މިފަދައިން ޚަބަރުތަކުގައި ސާބިތުނުހިފޭ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ނޫސްވެރިކަމުގެ ޒިންމާއަކީ ބިޔަ ބޮޑު ޒިންމާއެއްކަމުގައިވާހިނދު، ކޮންމެ ނޫސްވެރިއެއްވެސް އެފަރާތުގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށާއި ސިޔާސީ މަންފާތަކަށް ނަޒާހަތްތެރިކަން ގެއްލުވާނުލުމަށް އެ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

އަދި މިފަދަ ކަންކަމީ މުޖުތަމަޢުގެ ތެރޭގައި ފަސާދަ އުފެދި، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވުމަށް ހުޅުވޭ ދޮރަކަށް މެނުވީ ނުވާނެ ކަން ވެސް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް