Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑިޕްލޮމެޓިކް ކޭކު

'ޑިޕްލޮމެޓިކް ކޭކު'ގެ ރަހަ، އެންމެ ނުފޫޒުގަދަ ޚާރިޖީ ވަޒީރުންނަށް!

(ޖީ-7)ގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަކީ އިޓަލީވިލާތުގެ މަޝްހޫރު ކޭންތައް، އޭގެ އެންމެ މަތީ ފެންވަރުގައި ތަޖުރިބާ ކުރުމުގެ ފުރުޞަތު އެންމެ ފަހުން ލިބިވަޑައިގެންނެވި އެއް ވަފުދު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 18 އެޕްރީލު 2024 | ބުރާސްފަތި 09:18
ކޭކް ތައްޔާރުކުރުމުގައި އުޅުނު ޝެފުން

ކޭކް ތައްޔާރުކުރުމުގައި އުޅުނު ޝެފުން

އިޓަލީވިލާތަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރެއިން ގިނަ ބައެއްގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮންނަނީ އިޓަލީވިލާތުގެ އެކި ކަހަލަ ކޭންތައް ތަޖުރިބާކޮށްލުމެވެ. އިޓަލީވިލާތަށް ހާއްސަ ކޭންތަކަކީ ފަސޭހައިން ލިބެން ހުންނަ މަދު ބާވަތްތަކެއް ބޭނުންކޮށްގެން، އެހާމެ ފަސޭހަ ކަމާއެކީ ތައްޔާރު ކޮށްލެވޭ ކޭންތަކެކެވެ. އެހެން ނަމަވެސް، ފިސާރި ބޮޑު "ހައިބަތަކާއި އަގެއް" ވެސް ޖަހާފައި އޮންނަ ކޭންތަކެކެވެ. އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ޤައުމުގެ އިއްތިޙާދު (ޖީ-7)ގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަކީ އިޓަލީވިލާތުގެ މަޝްހޫރު ކޭންތައް، އޭގެ އެންމެ މަތީ ފެންވަރުގައި ތަޖުރިބާ ކުރުމުގެ ފުރުޞަތު އެންމެ ފަހުން ލިބިވަޑައިގެންނެވި އެއް ވަފުދެވެ.

އޭޕްރިލް 17 އިން 19 ގެ ނިޔަލަށް ކެޕްރީގައި ކުރިއަށް ގެންދިއުމަށް ތާވާލު ކޮށްފައިވާ ބައްދަލުވުންތަކުގެ 'ބިޒީ' ޝެޑިއުލުގައި، އިޓަލީވިލާތުގެ އެންމެ ފެންވަރު ރަނގަޅު ކޭންތަކަށް އިންސާފު ކުރާނެ ވަގުތު އޮތީ ހިމަނާފައެވެ. އެކަމަށް އެންމެ ފޯރީގައި ތައްޔާރު ވަމުން ދަނީ ގްރޭންޑް ހޮޓެލް ކުއީސިސާނާގެ ކައްކާއިންނެވެ. ބައްދަލުވުންތައް ކުރިއަށް ގެންދާ މައި މަރުކަޒަކީވެސް އެ ހޮޓާ ކަމުން، ކައްކާއިންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާވެސް ފިސާރި ބޮޑެވެ.

ކުއީސިސާނާގެ ކައްކާއިންގެ ތެރޭގައި އިސްކޮށް އުޅޭ ސްޓޭފާނޯ މަޓްޒޯނޭ ފާހަގަ ކުރި ގޮތުގައި، އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު، އެންޓޯނިއޯ ތައްޔާނީއަކީ، އިޓަލީވިލާތުގެ އުފެއްދުންތަކަށް އިންތިހާއަށް ސަމާލުކަން ދެއްވާ ބޭފުޅެކެވެ. އެހެންކަމުން، ޖީ-7ގެ ވަފުދަށް ކޭންތައް ތައްޔާރު ކުރުމުގައި ބޭނުން ކުރާ ހުރިހާ ބާވަތްތަކަކީވެސް އިޓަލީވިލާތުގެ އުފެއްދުންތަކެއް ކަން ކަށަވަރު ކުރުމަށް، ސްޓޭފާނޯއާއި އޭނާގެ ޓީމުން ފަރުވާތެރިކަމާއެކު މަސައްކަތްވެސް ކުރެއެވެ.

ސްޓޭފާނޯއާއި އޭނާގެ ޓީމުން، ޖީ-7ގެ ޚާރިޖީ ވަޒީރުންގެ ވަފުދަށް ތައްޔާރުކޮށްފައި ވާ މެނޫއަށް ބަލަމާ ހިނގާށެވެ. ރޭގަނޑުގެ ކޭމަކަށް އޮތީ އަރޓިޗޯކްއާއި ކެޕްރީސީ ރެވިއޯލީއެވެ. އަރޓިޗޯކްއަކީ ބަހާރު މޫސުމަށް ހާއްސަ، ތަރުކާރީގެ ބާވަތެކެވެ. ކެޕްރީސީ ރެވިއޯލީއަކީ އިޓަލީވިލާތުގެ ޘަޤާފީ ކޭންތަކުގެ ތެރެއިން ކޭމެކެވެ. މިއީ ޒާތެއްގެ ޕާސްތާއެކެވެ. އާންމުކޮށް ހުންނަ ޕާސްތާއާ ތަފާތު ގޮތަކަށެވެ. އާންމުކޮށް ހުންނަ ޕާސްތާ ފުކަކަށްވުރެ ރެވިއޯލީ ހުންނާނީ ބޮޑުކޮށެވެ. ކެޕްރީސީ ރެވިއޯލީ ތައްޔާރު ކޮށްފައި ހުންނަނީ ކޮންމެ އެތިކޮޅެއްގެ ތެރޭގައި ބޭސިލް (ގަނދަކޯޅި ފަތް)، މޮޓްޒަރެއްލާ ޗީޒް އަދި ޓޮމާޓޯ ހިމެނޭ ގޮތަށެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޚާރިޖީ ވަޒީރުންނަށް ސްޓޭފާނޯއާއި އޭނާގެ ޓީމުން ތައްޔާރުކޮށް ކޭންތަކުގެ ތެރޭގައި، ޕާންކުނޑީލައިގެން ތެލުލާފައި ހުންނަ މަހުގެ ބާވަތަކާއި، ސެލަޑެއްވެސް ހިމެނެއެވެ. ދެން އޮތީ އެންމެ ޚާއްޞަ ނަމްބަރެވެ. ފޮނިކާތަކެތީގެ ބައެވެ. ޚާރިޖީ ވަޒީރުންނަށް ތައްޔާރު ކުރާ ކޭންތަކުގެ އަޖުމަ ބެލުމުގެ މަސައްކަތުގައި ކައްކާއިން އަވަދިނެތި އުޅެމުން ދިޔައެވެ. ސްޓޭފާނޯ ފާހަގަ ކުރި ގޮތުގައި 'ޑިޕްލޮމެޓިކް ކޭކް'އަކީ އެންމެ ޚާއްޞަ ނަމްބަރެވެ. މި ކިޔައިދެވުނީ ޖީ-7ގެ ވަފުދަށް ކުއީސިސާނާގެ ކައްކާއިން ތައްޔާރުކޮށްދޭ އާންމު ކޭންތަކުގެ ވާހަކައެވެ. ވަފުދުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ވަކިވަކި އިޚްތިޔާރުތަކަށް ކޭންތައް ބައްޓަން ކުރުމުގެ މަސައްކަތަކީވެސް ކުރިއަށް ދާނެ ކަމެކެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2020

''ވެދަލަމް'' ގެ ހިންދީ ރީމޭކްގައި ޖޯން އަބްރަހަމް

08 ފެބުރުއަރީ 2020
''ވެދަލަމް'' ގެ ހިންދީ ރީމޭކްގައި ޖޯން އަބްރަހަމް
15 ނޮވެމްބަރު 2019

ސަރަހައްދީ އެވޯޑާއެކު ނަހޫ އުފަލުން ފޮޅިފައި، ފިލްމު އެވޯޑަށް ނަހޫގެ ޝައުގެއް ނެތް!

15 ނޮވެމްބަރު 2019
ސަރަހައްދީ އެވޯޑާއެކު ނަހޫ އުފަލުން ފޮޅިފައި، ފިލްމު އެވޯޑަށް ނަހޫގެ ޝައުގެއް ނެތް!
23 ސެޕްޓެމްބަރު 2019

ފޯޗިއުން އިންޑިއާގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގައި އަނުޝްކާ

23 ސެޕްޓެމްބަރު 2019
ފޯޗިއުން އިންޑިއާގެ އެންމެ ނުފޫޒުގަދަ އަންހެނުންގެ ލިސްޓުގައި އަނުޝްކާ
21 އޮކްޓޯބަރު 2018

ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ 'އެންމެ ބެސްޓް' ޓީމް ކަމަށް

21 އޮކްޓޯބަރު 2018
ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ 'އެންމެ ބެސްޓް' ޓީމް ކަމަށް
22 ޖުލައި 2018

ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އަނިލް އާއި ރާޖް ކުމާރު ރާއޯ އެކި ސަރަހައްދު ތަކަށް

22 ޖުލައި 2018
ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އަނިލް އާއި ރާޖް ކުމާރު ރާއޯ އެކި ސަރަހައްދު ތަކަށް
18 ޑިސެމްބަރު 2017

އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް

18 ޑިސެމްބަރު 2017
އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް
04 ޑިސެމްބަރު 2017

ގޭމް އޮފް ތްރޯންސްގެ ސައުންޑްޓްރެކް، އުތުރު އެފްރިކާގެ ރަހަތަކާއެކު

04 ޑިސެމްބަރު 2017
ގޭމް އޮފް ތްރޯންސްގެ ސައުންޑްޓްރެކް، އުތުރު އެފްރިކާގެ ރަހަތަކާއެކު
20 އޯގަސްޓު 2017

ސްޕެއިންގެ ފިލްމެއް ޑަބް ކުރުމަށް ޖޯން އަބްރަހަމް "ރައިޓްސް" ގަނެފި

20 އޯގަސްޓު 2017
ސްޕެއިންގެ ފިލްމެއް ޑަބް ކުރުމަށް ޖޯން އަބްރަހަމް "ރައިޓްސް" ގަނެފި
31 މާރިޗު 2017

މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

31 މާރިޗު 2017
މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި
10 މާރިޗު 2017

ފަރަންސޭސި ރިޔާސީ ކެންޑިޑޭޓެއް ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެ އުޅެނިކޮށް އޮޅިގެން ހައްޔަރު ކޮށްފި

10 މާރިޗު 2017
ފަރަންސޭސި ރިޔާސީ ކެންޑިޑޭޓެއް ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެ އުޅެނިކޮށް އޮޅިގެން ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު