Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ

ޖީ7 ސަމިޓްގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން: ކިޝިޑާ

ކިޝިޑާ ވަނީ ގައުމުގެ ޑިމޮކްރަސީގެ ބިންގާ ފުނޑުފުނޑު ކޮށްލާފަދަ ނުރައްކާތެރި އަދި އަނިޔާވެރި އަމަލިތަކަށް ޖަޕާނުން ތަން ދީގެން ނުވާނެ ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 އެޕްރީލު 2023 | އާދީއްތަ 05:01
ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ

ޖީ7 ސަމިޓްގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެއެވެ.

ކިޝިޑާ މިހެން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުއެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓަށް ޖަޕާނަށް ވަޑައިގަންނަވާ ގައުމުތަކުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަަކީ ޖަޕާނުން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ކިޝިޑާ ވިދާޅުވިއެވެ.

ކިޝިޑާ ވަނީ ގައުމުގެ ޑިމޮކްރަސީގެ ބިންގާ ފުނޑުފުނޑު ކޮށްލާފަދަ ނުރައްކާތެރި އަދި އަނިޔާވެރި އަމަލިތަކަށް ޖަޕާނުން ތަން ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިމޭރުމުން ކިޝިޑާ ވާހަކަފުޅުދައްކަވާފައި މިވަނީ ހޮނިހިރު ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދެވުނު ހަމަލާއަކަށް ފަހުއެވެ.

އެގޮތުން، ޖަޕާނުގެ އޯސަކަ ސިޓީގެ ހުޅަނގު ދެކުނުގައި ހުންނަ ވަކަޔަމަ ޕްރެފެކްޗަރގައި، ސައިކަޒަކި މަސްވެރިންގެ ބަނދަރުގައި، ކިޝިޑާ އާންމުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަން ހުންނަވަނިކޮށް، އާންމުންގެ މީހަކު ވަނީ ސްމޯކް ބޮމެއް އެއްލައި ކިޝިޑާއަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ.

އާންމުންގެ ތެރެއިން މީހަކު ސްމޯކް ބޮމެއް އެއްލުމާއެކު، ބޮޑުވަޒީރު ވަނީ ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ. މިހަމަލާގައި އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާނުގެ ފުލުހުން މިހާރު ވަނީ އެބޮން އެއްލި މީހާކަމަށް ޝައްކުކުރެވޭ މީހާ ހައްޔަރުކޮށްފައެވެ.

އަލުން ކެމްޕެއިން ހަރަކާތްތަކަށް ނިކުމެވަޑައިގެން ކިޝިޑާ ވަނީ ހޮނިހިރު ދުވަހުގެ ހާދިސާ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތަކީ އެގައުމުން މުހިންމު އިންތިހާބަކަށް ތައްޔާރުވަމުންދާ ވަގުތުކަމުން މިމަސައްކަތްތައް ގުޅިގެން ކުރަން ޖެހޭ ކަމަށް ކިޝިޑާ ވަނީ ވިދާޅުވެފައެވެ.

ކިޝިޑާ ވަނީ މިހާދިސާގެ ސަބަބުން ގިނަބައެއްގެ ހިތްތަކަށް ބިރުވެރިކަމާ ނުތަނަވަސްކަން ވެރިވިކަމަށްޓަކައި މާފަށްވެސް އެދިވަޑައިގެންފައެވެ.

ޖަޕާންގެ ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޮކަޒު މަޓްސުނޯ ވަނީ އަންނަ މަހު، ހިރޮޝިމާގައި ޖީ7 ސަމިޓް ކުރިއަށްދާއިރު ސަލާމަތީ ކަންކަން ވަރުގަދަކުރަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގައުމުތަކުގެ އިސްވެރިންނާއި މަންދޫބުންގެ ސެކިއުރިޓީ ވަރުގަދަކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ

02 އޯގަސްޓު 2017
އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
19 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ

19 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާ ރައީސުން ޖީ20 ސަމިޓްގައި ދެފަަހަރު ބައްދަލު ކުރެއްވި ކަން ހާމަވެއްޖެ
07 ޖުލައި 2017

ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

07 ޖުލައި 2017
ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!
28 މެއި 2017

ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި

28 މެއި 2017
ޖީ7 ގެ ބައްދަލުވުމަށްފަހު މޫސުމީ މައްސަލަތަކުގައި އެމެރިކާ ނިންމާނެ ގޮތެއްގެ އިންތިޒާރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު