Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒެލެންސްކީ ޖީ7 ބައްދަލުވުމަށް ވަޑައިގަތުން

ޖީ7 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔޫކްރެއިންގެ ރައީސް ހިރޯޝިމާއަށް

އާދިއްތަ ދުވަހު ޖީ7ގެ ލީޑަރުންނާއެކު ޒެލެންސްކީ ހާއްސަ ސެޝަނެއް ބާއްވަވާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 މެއި 2023 | ހޮނިހިރު 15:43
ޖީ7 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ޖަޕާނުގެ ހިރޯޝިމާއަށް ވަޑައިގެންނެވުން

ޖީ7 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ޖަޕާނުގެ ހިރޯޝިމާއަށް ވަޑައިގެންނެވުން

ގްރޫޕް އޮފް ސެވެން (ޖީ7) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ޖަޕާނުގެ ހިރޯޝިމާއަށް ވަޑައިގަންނަވައިފިއެވެ.

މިއަހަރުގެ ޖީ7 ބައްދަލުވުމުން ބާއްވަނީ ނިއުކްލިއަރ ބޮމުގެ ހަމަލާއެއް އެންމެ ފުރަތަމަ އަމާޒުވި ސިޓީ، ހިރޯޝިމާގައެވެ. ޒެލެންސްކީ ހިރޯޝިމާއަށް ވަޑައިގެންވާފައިވަނީ ހޮނިހިރު ދުވަހުއެވެ.

މިސަމިޓްގައި ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅިގެން، ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރަން ވަނީ ނިންމާފައެވެ.

ޖީ7ގެ ގައުމުތައް ކަމަށްވާ އެމެރިކާ، ޖަޕާން، ޖަރުމަން، އިނގިރޭސިވިލާތް، ފްރާންސް، އިޓަލީ އަދި ކެނެޑާގެ ލީޑަރުން ދަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއިން ކުރިމަތިކުރަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭތޯ މަސައްކަތްކުރަމުންނެވެ. އަދި ޗައިނާ-ޓައިވާން މައްސަލާގައި މަސްރަހު ހޫނުވެފައިވާތީ އެކަމުގެ މަޝްވަރާތައް ކުރުމަށްވެސް ވަނީ ރޭވިފައެވެ.

މީގެ އިތުރުން ޗައިނާ މެދުވެރިކޮށް، ރަޝިއާއަށް ޕްރެޝަރުކޮށް، ޔޫކްރެއިންގައި ކުރިއަށްގެންދާ ހަނގުރާމަ ވަގުތުން ހުއްޓާލައި, އެގައުމުގެ އަސްކަރިއްޔާއިން ރަޝިއާއިން ބޭލުމަށް މަސައްކަތްކުރާނެ ކަމަށްވެސް ޖީ7ގެ ލީޑަރުން ވަނީ ވިދާޅުވެފައެވެ.

ޒެލެންސްކީ ޖަޕާނަށް ވަޑައިގެންފައިވަނީ ފްރާންސް ސަރުކާރުގެ ފްލައިޓެއްގައެވެ.

ހޮނިހިރު ދުވަހު ޒެލެންސްކީ ވަނީ ޖީ7 ގައުމުތަކުގެ ލީޑަރުންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި އާދިއްތަ ދުވަހު ޖީ7ގެ ލީޑަރުންނާއެކު ޒެލެންސްކީ ހާއްސަ ސެޝަނެއް ބާއްވާނެއެވެ. އޭގެ ފަހުން ގްލޯބަލް ސައުތުގެ އެޓެންޑީސްއާވެސް ޒެލެންސްކީ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީޖީ7ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު