Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގް

ޕެނަލްޓީ ނުޖަހައި ހާލަންޑް އާއި ޑެބްރޫނޭ ބޭލީ ވަރުބަލިކަމުން

ސިލްވާ އަކީ ޕެނަލްޓީ ޖެހިގޮތް ބަދަލު ނުކުރެވޭނެ: ގާޑިއޯލާ

ރާއްޖެ އެމްވީ | 18 އެޕްރީލު 2024 | ބުރާސްފަތި 05:10
ސިޓީގެ ހާލަނޑް ދެރަވެފައި

ސިޓީގެ ހާލަނޑް ދެރަވެފައި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ ރެއާލް މެޑްރިޑް އަތުން ޕެނަލްޓީ ޖަހައިގެން 4-3އިން ބަލިވި މެޗުގައި ޕެނަލްޓީ ޖަހަން ނުބައިތިއްބައި ބައެއް ކުޅުންތެރިން ބޭލީ ކުޅުން ކުރިއަށް ނުގެންދެވިގެން ކަމަށް މެންޗެސްޓާ ސިޓީއިން ބުނެފި އެވެ.

ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗުގެ 90 މިނެޓު ހަމަވެ އިތުރު ވަގުތުގެ 30 މިނެޓު ތެރޭގައި ފޯވަޑް އާލިން ހާލަންޑް އާއި ކެވިން ޑެބްރޫނޭ އަދި މެނުއަލް އަކަންޖީ ބޭލީ ކުޅުންތެރިން އެކަމަށް އެދުމުން ކަމަށެވެ.

ހާލަންޑްގެ ބަދަލުގައި ކުޅެން ނެރުނީ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރާޒެވެ. އޭނާ ޕެނަލްޓީ ކާމިޔާބު ކުރި އެވެ. ޑެބްރޫނޭގެ ބަދަލުގައި ކުޅެން އެރުވީ މަޓެއޯ ކޮވަސިޗެވެ. ސިޓީގެ ދެ ވަނަ ޕެނަލްޓީ އޭނާ ޖެހުމުން ރެއާލްގެ ކީޕަރު އަންދްރޭ ލުނިން ވަނީ ދިފާއު ކޮށްފަ އެވެ. ސިޓީގެ ފަސް ޕެނަލްޓީގެ ތެރެއިން ފަހު ޕެނަލްޓީ ޖެހީ ކީޕަރު އެޑަސަން އެވެ. އޭނާ ވެސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. ނަމަވެސް ބެނާޑޯ ސިލްވާގެ ޕެނަލްޓީ ލުނިން ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފަ އެވެ.

ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ އޭނާގެ ޓީމުގައި ވަރުބަލިކަމުގެ އަސަރެއްނެތް ކަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު