Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުމްރާއަށް މީހުން ގެންދިޔުން

އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ އެފަރާތަކުން : އިސްލާމިކް މިނިސްޓްރީ

މިމައްސަލަ މިހާރު ވަނީ ތަހުގީގުކުރުމަށް ފުލުހުންނަށް ފޮނުވާފައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 އެޕްރީލު 2024 | ބުދަ 18:57
ހަރަމްފުޅު

ހަރަމްފުޅު

އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން އުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަކީ އުސޫލާ ޚިލާފުކަމެއްކަމަށާއި މިއުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާއުފުލަންވާނީ އެފަރާތަކުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އަލްމަޝްއަރު ކުންފުނިން ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަނެތި އުމްރާއަށް މީހުން ގެންދާ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިޔުމަށާއި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން އުމްރާގެ އަޅުކަމަށް ފައިސާ ދެއްކުމަކީ އުސޫލާ ޚިލާފުކަމެއްކަން ހަނދާންކޮށްދީފައެވެ.

Advertisement - newsAdvertisement

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް ދިޔަ ދިވެހިންތަކެއް މައްކާގައި ވަނީ ހާލުގައިޖެހިފައެވެ. މައްކާގައި އެމީހުން ހާލުގައި ޖެހި އަނބުރާ ރާއްޖެ ނާދެވިފައިވާކަމަށް އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންގެ އާއިލާއިން ބުނެެއެވެ.

އެކަމާއި ގުޅިގެން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ޚިލާފަށް އަލްމަޝްއަރު ޓުއާރސް ނަމަކަށް ކިޔާ ކުންފުންޏަކުން އިސްލާމިކް މިނިސްޓްރީން ދޫކުރާ އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާކަމާއި މިގޮތުން ކުންފުނިން ނަގަންޖެހޭ އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް ދައްކައިގެން އޮޅުވާލައިގެން އާންމު ރައްޔިތުން އަތުން ފައިސާ ނަގަމުންދާކަމުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. އަދި މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް ގެންދިޔަ ފަރާތްތަކަށްވެސް ރާއްޖެ ނާދެވިފައި ތިބި ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން މިމައްސަލަ މިހާރު ވަނީ ތަހުގީގުކުރުމަށް ފުލުހުންނަށް ފޮނުވާފައިކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނެތި ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާއި، އެކަމަށް ފައިސާ ނެގުމަކީ މަނާކަމެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އަލްމަޝްއަރު ޓުއަރސް މެނޭޖިންގ ޑިރެކްޓަރ އަލީ ފާރިޝްއަކީ އިސްލާމިކް މިނިސްޓްރީން ހުއްދަ ބާތިލުކޮށްފައިވާ "އަލްމަޝްއަރު ހައްޖު އެންޑް އުމްރާ" ކުންފުނީގެވެސް މެނޭޖިންގ ޑިރެކްޓަރ އެވެ. އެހެންކަމުން މިކުންފުންޏަށް ނުވަތަ އަލީ ފާރިޝް އަށް އެއްވެސް ފަރާތަކުން އުމްރާއަށް ދިޔުމަށްޓަކައި ފައިސާ ނުދެއްކުމަށާއި އުމްރާއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ތަކުރާރުކޮށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އުމްރާގެ ޚިދުމަތް ދިނުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓް މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެކަމަށާއި އެކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މި ގްރޫޕްގެ ހަވާލުގައި މިދިޔަ އަހަރުވެސް ރަމަޟާން މަހު އުމްރާއަށް މީހުން ގެންދިޔައިރު ފައިސާ ނުދައްކާ ޗެކު ބައުންސުވި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެމައްސަލަ ދިމާވެފައިވަނިކޮށް މިއަހަރުވެސް މިގްރޫޕްގެ ހަވާލުގައި މީހުން އުމްރާއަށް ގެންގޮސްފައިވާއިރު މައްކާއަށް ގެންދިޔުމަށްފަހު އެމީހުންނަށް އެއްވެސް ވަރަކަށް ގްރޫޕުން އަޅާނުލާކަމަށާއި އަނބުރާ މާލެ ނާދެވިފައިވާކަމަށް އެގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހެއްގެ އާއިލާއިން ވަނީ "ރާއްޖެއެމްވީ" އަށް މައުލޫމާތުދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި

އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި

13 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

12 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

10 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު