Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލް ކޮމިޔުނިޓީ ފަންޑު

ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގި 4 ޕްރޮޖެކްޓެއް ނިންމާލައިފި

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 އެޕްރީލު 2024 | ބުދަ 17:08
 ސ. ހިތަދޫގައި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން ބޭއްވި 'ރަށްވެށި ޕްރޮގްރާމް'

ސ. ހިތަދޫގައި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން ބޭއްވި 'ރަށްވެށި ޕްރޮގްރާމް'

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ކޮމިއުނިޓީ ފަންޑު' ގެ ދަށުން 4 ޕްރޮޖެކްޓެއް ނިންމާލައިފިއެވެ.

މި ގޮތުން ސ. ހިތަދޫގައި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން ވަނީ 'ރަށްވެށި ޕްރޮގްރާމް' އެއް ބާއްވާފައެވެ. މި ޕްރޮގްރާމުގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަންތާ ސާރވޭ ފީލްޑްޓްރިޕް ހިމެނޭހެން ވަނީ 1 މަހުގެ މެރިން އެޑިއުކޭޝަން ކޯހެއް ހިންގާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުތުކުރުމަށް ޖަމިއްޔާއިން ކުރަމުންދާ ރީސާރޗް މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. އަދި ޖަމިއްޔާއިން ކަނޑުދަތުރުކުރާ ފަރާތްތަކާ އިންޓަވިއުކޮށް އެފަރާތްތަކަށް ކަނޑާ ގުޅޭގޮތުން ލިބިފައިވާ އަގުނުކުރެވޭނެ ފަދަ މައުލޫމާތުތައް ރެކޯޑުކޮށް އެކަންކަން ބަލާ އެކަމާ ގުޅޭ ރިޕޯޓެއް ޝާއިއު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement - businessAdvertisement

ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނެއްލައިދޫގެ ފަތޯ ސްޕޯޓްސް އެކަޑަމީ އިން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރިވުމަށް ކުޅިވަރާ ގުޅޭ ސާމާނުވަނީ ގަނެފައެވެ. މި ޕްރޮގްރާމުގެ ދަށުން އުމުރުން 6 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅަ، ހޭންޑްބޯލް، ވޮލީބޯޅަ ކުޅުމުގެ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޯށްދެނޭވެއެވެ.

މ. މުލަކުގައި، އެރަށަށް ނިސްބަތްވާ ޖަމިއްޔާ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް ގެ ފަރާތުންވަނީ މުލަކު ސްކޫލުގައި ރީޑިންގ ޕާކެއް ތަރައްގީކޮށްފައެވެ. މި ޕްރޮޖެކްޓްގެ މަގްސަދަކީ ދަރިވަރުންގެ މެދުގައި ފޮތްކިއުމަށް ލޯބި އިތުރުކުރުމެވެ.

މީގެ އިތުރުން، އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސް އިން ވަނީ ލައިފް ކޯޗިންގ އަދި ކެޕޭސިޓީ ޕްރޮގްރާމެއް އއ. އުކުޅަސް، ހއ. މާރަންދޫ އަދި ހއ. ތަކަންދޫގައި ކުރިޔަށްގެންގޮސްފައެވެ. އަންހެނުންނަށް އަމާޒުކޮށް ހިންގި މި ޕްރޮގްރާމްގައި ވަނީ ސެލްފް އެމްޕަވަރމަންޓް، ސްރެސް މެނޭޖް ކުރުމާއި، ކޮމިއުނިކޭޝަން އަދި ޑިޖިޓަލް މާކެޓިންގ އަދި އިންޓްރޮޑަކްޝަން ޓު ބިސްނަސް ފަދަ ދާއިރާތަކުން މައުލޫމާތު ހިއްސާކޮށްފައެވެ.

 ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް

14 އެޕްރީލު 2019
ބޭންކް އޮފް މޯލްޑިވްސް އިން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހުކޮށްފި

19 ފެބުރުއަރީ 2019
ބިލްޑް-އަ-ބެއާ އިން ހިންގި ޕްރޮމޯޝަންގައި މައްސަލަތަކެއް ދިމާވުމުން އެ ކުންފުނިން މައާފަށް އެދެފި

ބިލްޑް-އަ-ބެއާ އިން ހިންގި ޕްރޮމޯޝަންގައި މައްސަލަތަކެއް ދިމާވުމުން އެ ކުންފުނިން މައާފަށް އެދެފި

15 ޖުލައި 2018
އަލޯރާގެ އެނުއަލް ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓެއް!

އަލޯރާގެ އެނުއަލް ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓެއް!

16 އެޕްރީލު 2018
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް

14 އެޕްރީލު 2018

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު