Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއާމްދަނީ އިތުރުވުން

މިދިޔަ އަހަރުގެ މަރޗު މަހާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ %34 އިތުރު

17 އެޕްރީލު 2024 | ބުދަ 13:04

މިދިޔަ މަހު 2.94 ބިލިއަން ރުފިޔާ ބަލައިގަނެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 އެޕްރީލު 2024 | ބުދަ 13:04
މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް

މިދިޔަ އަހަރުގެ މަރޗު މަހާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ %34 އިތުރުވެފައިވާ ކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މިދިޔަ މަހު 2.94 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށާއި، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %34.4 އިތުރު އަދަދެއް ކަމަށެވެ. އަދި މާރިޗު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26.0 ގިނަ އަދަދެއް ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ އާމްދަނީ އާ އަޅައިބަލާއިރު މާރިޗު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް، ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. ބޭންކް އިންކަމް ޓެކުހުގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާރިޗު މަހުގެ ތެރޭގައި ދައްކައިފައިވާތީ މި މަހު ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ. އަދި މާރިޗު 2023 އާއި އަޅައިބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން މާރިޗު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބަކީ، ފެބުރުވަރީ 2023 އާއި އަޅައިބަލާއިރު ފެބުރުވަރީ 2024 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %22.2 އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން މީރާއިން ބުނީ މާރިޗު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ބޭންކް އިންކަމް ޓެކުހާއި ޖީ.އެސް.ޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުންް ކަމަށެވެ. ފެބުރުވަރީ 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %14.1 އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ބުނެއެވެ.

މާރިޗު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. އެއީ %51.7 ނުވަތަ 1.52 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %20.1 ނުވަތަ 589.65 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 370.57 މިލިއަން ރުފިޔާ (%12.6)، ގްރީން ޓެކުހުގެ ގޮތުގައި 113.80 މިލިއަން ރުފިޔާ (%3.9)، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާ (%3.6)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 240.62 މިލިއަން ރުފިޔާ (%8.2) ލިބިފައިވެއެވެ.

މާރިޗު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 119.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
14 އެޕްރީލު 2017

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
17 ޖެނުއަރީ 2017

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި

17 ޖެނުއަރީ 2017
ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް