Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީ ކޭން

ޗެމްޕިއަންސް ލީގު ނުލިބިއްޖެނަމަ ވާނީ ނާކާމިޔާބު ސީޒަނަކަށް: ކޭން

ކޭންގެ ކެރިއަރުގައި ތައްޓެއް އަދި ނުލިބޭ!

ރާއްޖެ އެމްވީ | 17 އެޕްރީލު 2024 | ބުދަ 04:27
މެޗުގައި ހެޓްރިކް ހެދި ކޭން: ފޮޓޯ-ރޮއިޓަރސް

މެޗުގައި ހެޓްރިކް ހެދި ކޭން: ފޮޓޯ-ރޮއިޓަރސް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ތަށި ނުލިބިއްޖެނަމަ މި ސީޒަން ވެގެންދާނީ ބަޔާން މިއުނިކަށް ނާކާމިޔާބު ސީޒަނަކަށް ކަމަށް ފޯވަޑް ހެރީ ކޭން ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ދެ ޓީމު ބަޔާންގެ ދަނޑުގައި މިރޭ މެޗުން ކޮންމެހެން މޮޅުވާން ޖެހިފައިވާތީ އެވެ. އަދި މިއީ މި ސީޒަނުގައި ތައްޓެއް ހޯދަން ބަޔާން އަށް ފުރުސަތު އޮތް ހަމައެކަނި މުބާރާތް ވެސްމެ އެވެ. ވިދިވިދިގެން 11 އަހަރަށް ފަހު ޖަރުމަނު ލީގު ބަޔާނަސް ގެއްލިފައިވާއިރު ޖަރުމަނު ކަޕުން ވެސް ވަނީ ކަޓާފަ އެވެ.

ކެރިއަރުގައި މިހާތަނަށް ކޭން އަށް އަދި ތައްޓެއް ނުލިބެ އެވެ. އިނގިރޭސި ކެޕްޓަން ޓޮޓެންހަމުން ބަޔާނަށް ބަދަލުވީ ވެސް އެކަން ނިނުމަކަށް ގެނައުމަށެވެ. މި ސީޒަނުގައި އޭނާ 39 ގޯލު ޖެހި ނަމަވެސް ބަޔާންއަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

ކޭން ބުނީ ތައްޓެއް ހޯދުމަށް އޮތް ހަމައެކަނި އުއްމީދު ހާސިލްކުރުމަށް އާސެނަލް ބަލިކުރަން ނުކުންނައިރު، ޓޮޓެންހަމުގައި އާސެނަލްއާ ދެކޮޅަށް އެތައް ފަހަރަކު ކުޅުނު ކުޅުންތެރިއެއްގެ ހައިސިއްޔަތުން އޭނާ އަށް ތަފާތު އިހުސާސެއް ކުރެވޭ ކަމަށެވެ.

މި ދެ ޓީމު އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ކޭން ގޯލް ޖެހި އެވެ. އަނެއް ގޯލު ޖެހި ސާގް ގެނެބްރީ އަށް މި މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. އަދި ކިންގްސްލީ ކޯމަން ނެތުމަކީ ވެސް ބަޔާނަށް ދިމާވެފައިވާ މައްސަލައެކެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު