Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް އިންތިޚާބު

މަޖިލިސް އިންތިޚާބާއި ގުޅޭ 41 ޝަކުވާ ލިބުނު، 39 ޝަކުވާ އަށް ވަނީ ޖަވާބު ދީފައި - އީސީ

އިންތިޚާބާއި ގުޅޭ އެއްވެސް ޝަކުވާ އެއް އޮތް ނަމަ ކޮމިޝަނަށް ހުށަހެޅުމަށް އީސީން ވަނީ އެދިފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2024 | އަންގާރަ 13:07
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ތެރެއިން

ކުރިއަށް އޮތް ހަފްތާގެ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭ 41 ޝަކުވާއެއް މިހާތަނަށް އައި އިރު ހުށަހަޅާފައިވާ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވަނީ އިންތިޚާބާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތަފްސީލް ހާމަކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން 39 ޝަކުވާ ބެލުމަށް ފަހު އެ ޝަކުވާތަކަށް މިހާރު ޖަވާބުދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް މަޖިލިސް އިންތިޚާބާއި ގުޅޭ ދެ މައްސަލަ އެއް ބަލަމުންދާ ކަމަށެވެ. އެ ހުރިހާ މައްސަލަަތަކަކީ ވެސް ސީދާ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ކެމްޕޭން ކުރުމާއި ގުޅޭ 5 ޝަކުވާ، މުވައްޒަފުންނާއި ގުޅޭ 1 ޝަކުވާގެ އިތުރުން، ވޯޓުލުމުގެ ހައްޤާއި ގުޅޭ 26 ޝަކުވާއަކާއި، ރެޖިސްޓްރޭޝަންއާއި ގުޅޭ 4 ޝަކުވާ އަދި ކެނޑިޑެސީއާއި ގުޅޭ 5 ޝަކުވާ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ވޯޓު ލިސްޓާއި މެދު ޝަކުވާ އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަޖިލިސް އިންތިޚާބާއި ގުޅޭ އެއްވެސް ޝަކުވާ އެއް އޮތް ނަމަ ކޮމިޝަނަށް ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ. މީގެ އިތުރުން އެހެން ކެންޑިޑޭޓެއްގެ އިންތިޙާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުުރުމަށް އިލްތިމާސްކޮށް އެފަދަ އެއްވެސް ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަނުން ވަނީ ދީފައެވެ. ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއި ގުޅިގެން ވާން ޖެހޭ އިދާރީ ހުރިހާ ތައްޔާރީތަކެއް މިހާރު ވެ ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންގާރަ ދުވަހު ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ އަންގާރަ ދުވަހުގެ ރޭގެ ފަތިހުން ފެށިގެން އިލެކްޝަން ބާއްވަން ފޮނުވަން ޖެހޭ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ތަކެތި ގެންދަނީ ފުލުހުންގެ އެހީތެރިކަމާއި އެކު އިލެކްޝަންގެ ބެލުމުގެ ދަށުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ށ، ނ، ރ، ޅ ފިޔަވާ އެހެން ހުރިހާ އަތޮޅެއްގެ ވެރިކަން ކުރާ ރަށާއި ހަމައަށް، އަންގާރަ ދުވަހުގެ އިރުއޮއްސުމާއި ހަމައަށް އިލެކްޝަން އަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ކަމަށް އެނާ ވިދާޅުވިއެވެ. އަދި ށ، ނ، ރ، ޅ އަށް ތަކެތި ފޯރުކޮށްދޭނީ ބުދަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. 20 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ފޮނުވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ވޯޓުލާ މައި މަރުކަޒުތައް މެނޭޖްކުރުމަށް ބޭނުންވާ ގްރައުންޑް މެނޭޖަރުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓުގައި މިހާރު ކެންޑިޑޭޓުން ސޮއިކޮށް ނިމިފަިއވާ ކަމަށާއި ޝަރުޢީ މަރުހަލާއިން މެނުވީ ދެން އެލިސްޓަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. ވޯޓުލާ މިހުންގެ ފައިނަލް ލިސްޓު މިމަހުގެ 25 ވަނަ ދުވަހުވަނީ އާއްމުކޮށްފައެވެ.މިފަހަރު މަޖިލީސް އިންތީހާބުގައި ވޯޓު ލުމުގެ ހައްޤު ޖުމްލަ 284،663 މީހުންނަށް ލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު