Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުތައް ތަރައްގީކުރުން

އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ މަރުޙަލާގައި ޖުމްލަ 8 މަގެއްގެ މަސައްކަތް ކުރެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 އެޕްރީލު 2024 | ހޯމަ 17:12
މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު، ރ އަލިފުށީގައި މަސައްކަތް ފައްޓަވާދެއްވަނީ

މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު، ރ އަލިފުށީގައި މަސައްކަތް ފައްޓަވާދެއްވަނީ

ރ އަލިފުށި އަދި ނ ކެނދިކުޅުދޫ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އަލިފުށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއި ކުރެވުނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 90,956,112.97 ދިވެހި ރުފިޔާއެވެ.

ރ. އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 7 މަގެއްގެ މަސައްކަތް ކުރެވޭނެއެވެ. އެއީ ޖުމްލަ 3819.4 މީޓަރެވެ. ރ. އަލިފުށީގެ މަގުތައްވެސް ތަރައްޤީ ކުރެވިގެންދާނީ ސްޓޯރމް ވޯޓަރ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރެވިގެންނެވެ.

ކެނދިކުޅުދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހޭރު އާއި، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރު އުސްތާޛް މޫސާ ފަތުހީއެވެ. މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ކައުންސިލުގެ މެންބަރުންނާއި އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އާންމުން ބައިވެރިވެފައިވެއެވެ.

ނ. ކެދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއި ކުރެވުނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.

ނ. ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ މަރުޙަލާގައި ޖުމްލަ 8 މަގެއްގެ މަސައްކަތް ކުރެވޭނެއެވެ. އެއީ އެކު ޖުމްލަ 3668.1 މީޓަރެވެ.

މި މަޝްރޫޢުގެ ދަށުން މަގުތައް ތަރައްޤީ ކުރާއިރު ސްޓޯރމް ވޯޓަރ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި ދުވާރުތައް ހެދުމާ ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރެވިގެންދާނެއެވެ.

މި މަޝްރޫޢު އަގަކީ ޖުމްލަ 90,894,554.10 ދިވެހި ރުފިޔާއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2018

ކެންޑީ މަގުތައް އަމާންވެ، ހަފްތާއެއް ފަހުން ދިވެހިން ގޭ ބަންދުން ސަލާމަތް ވެއްޖެ

10 މާރިޗު 2018
ކެންޑީ މަގުތައް އަމާންވެ، ހަފްތާއެއް ފަހުން ދިވެހިން ގޭ ބަންދުން ސަލާމަތް ވެއްޖެ
02 ފެބުރުއަރީ 2018

ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި

02 ފެބުރުއަރީ 2018
ފުލުހުން ރޭ ބަންދު ކުރި މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވައިލައިފި
27 ޑިސެމްބަރު 2017

ޒަމާނީ ޑިމޮކްރެސީއެއް ހިންގަން ރައީސް ޔާމީންއަށް އެނގިވަޑައި ނުގަންނަވާ: އަސްލަމް

27 ޑިސެމްބަރު 2017
ޒަމާނީ ޑިމޮކްރެސީއެއް ހިންގަން ރައީސް ޔާމީންއަށް އެނގިވަޑައި ނުގަންނަވާ: އަސްލަމް
19 ޑިސެމްބަރު 2017

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި

19 ޑިސެމްބަރު 2017
 މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރަން ނިންމައިފި
17 އޮކްޓޯބަރު 2017

ރާއްޖޭގައި ޒަމާނީ ބަނދަރެއް ޤާއިމްކުރުކުރުމާ ގުޅޭގޮތުން އަލުން މަޝްވަރާކޮށްފި

17 އޮކްޓޯބަރު 2017
ރާއްޖޭގައި ޒަމާނީ ބަނދަރެއް ޤާއިމްކުރުކުރުމާ ގުޅޭގޮތުން އަލުން މަޝްވަރާކޮށްފި
19 ސެޕްޓެމްބަރު 2017

ޒަމާނީ އަޅުންގެ ގޮތުގައި 40 މިލިއަން މީހުން ދުނިޔޭގައި އެބައުޅޭ: ދިރާސާ

19 ސެޕްޓެމްބަރު 2017
ޒަމާނީ އަޅުންގެ ގޮތުގައި 40 މިލިއަން މީހުން ދުނިޔޭގައި އެބައުޅޭ: ދިރާސާ
03 އޯގަސްޓު 2017

ފުލުހުންގެ މަސައްކަތުގެ ޒަމާނީ މޮޑެލްތައް ދިރާސާކުރުމަށް ފުލުހުންގެ ޓީމެއް މެލޭޝިއާއަށް

03 އޯގަސްޓު 2017
ފުލުހުންގެ މަސައްކަތުގެ ޒަމާނީ މޮޑެލްތައް ދިރާސާކުރުމަށް ފުލުހުންގެ ޓީމެއް މެލޭޝިއާއަށް
17 މެއި 2017

އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް

17 މެއި 2017
އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް
15 މާރިޗު 2017

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު