Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހަށިގަނޑަށް ދަގަނޑު ޕްލޭޓް ލެއްވުން

ހަށިގަނޑުގައި އިސްކުރު އަޅާ، ދަގަނޑު ޕްލޭޓް ލައްވަން ޖެހުނު ކެރޭރާގެ ގެއިން ފަންނުވެރިކަމުގެ ޚަޒާނާއެއް!

ކެރޭރާ ނުކުޅެދޭ މީހަކަށް ވީ ޓޮރޯންޓޯގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ވެއްޓި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2024 | ހޯމަ 06:43
ކެރޭރާގެ ގެއަކީ، ޓޮރޯންޓޯގައި ހޮވާ "އެކްސެންޓްރިކް ގަރޑަން"ގެ ޓައިޓަލްވެސް 2002 ވަނަ އަހަރު ހޯދި ގެއެއް

ކެރޭރާގެ ގެއަކީ، ޓޮރޯންޓޯގައި ހޮވާ "އެކްސެންޓްރިކް ގަރޑަން"ގެ ޓައިޓަލްވެސް 2002 ވަނަ އަހަރު ހޯދި ގެއެއް

އަދާ ކުރާ ވަޒީފާއެއްގެ ގޮތުން، ނުވަތަ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުން ހީވެސް ނުކުރާ އެތައް ކަމަކާ ކުރިމަތިލާން ޖެހޭ ފަހަރު އާދެއެވެ. ވަކިން ހާއްސަކޮށް ޖިސްމާނީ ބުންވަރާއި ފަންވަރު ބޭނުން ކުރަން ޖެހޭ މަސައްކަތްތަކުގައެވެ. އިތުރު ވާހަކަތަކެއް ނުދައްކާ، ސީދާ މައުލޫއަށް ޖެހިލާނަމެވެ. ދައްކަން މި އުޅެނީ 1972 ވަނަ އަހަރު ޕޯޗުގަލްއިން ކެނެޑާއަށް ހިޖުރަ ކުރި އަލްބައިނޯ ކެރޭރާގެ ވާހަކައެވެ. މިހާރު އުމުރުން 79 އަހަރު ވެފައިވާ ކެރޭރާ، ކެނެޑާގައި ދިރިއުޅެމުން ދަނީ އޭނާގެ އަނބިމީހާވެސް ގޮވައިގެން ގޮހެވެ.

ދިރިއުޅުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުން ގޮސް، އެ މަސައްކަތުގައި ސިއްކަ ޖަހަން ކެރޭރެއަށް މަޖިބޫރުވީ 1993 އަހަރުގެ ތެރޭގައެވެ. ޓޮރޯންޓޯގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ވެއްޓި، ނުކުޅެދޭ މީހަށް ވީ ނިސާބުންނެވެ. އޭރު ކެރޭރާގެ އުމުރުން 50 އަހަރުވެސް ފުރިއްޖެއެވެ. ލިބުނު އަނިޔާގެ ސަބަބުން ވަޒީފާއިން ވަކިވެ، ދިރިއުޅުމުގެ ކަންކަން ދެކޮޅުޖައްސަމުން ދިޔައީ ނުކުޅެދޭ މީހުންނަށް ހާއްސަ އެލަވަންސްގެ އުންމީދުގައެވެ.

މަސައްކަތުގެ މައިދާނުގައި ހިނގި ހިތާމަވެރި ހާދިޘާއަށް ފަހު، ކެރޭރާއަށް ފަރުވާ ދިން ޑޮކްޓަރުން ވަނީ އޭނާގެ ބުރަކައްޓަށް 2 ޕްލޭޓޭއް ލައްވާ، 6 އިސްކުރެއް އަޅާފައެވެ.

ނަފުސަށް އައި ބޮޑު ބަދަލަކީ ހިތްދަތި ކަމާއި މާޔޫސްކަމުގެ ކަނޑަކަށް ޣަރަޤު ކޮށްލަނިވި ބަދަލަކަށް ވިޔަ ނުދީ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކެރޭރާ ކުރަން ފެށިއެވެ. އަމިއްލަ މިހާގެ ހަށިގަނޑަށް އައި ޖިސްމާނީ ބަދަލާއި، އެކަމުގެ ސަބަބުން، ދިރިއުޅުމުގެ ދެން ހުރި ކަންކަމަށް އަންނަމުން ދިޔަ ބަދަލުތަކާއެކު، އޭނާގެ ވަށައިގެންވި މާހައުލު ބަދަލު ކުރަން ކެރޭރާ ޢަމާޒު ހިފިއެވެ. ގެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފެށިއެވެ. ނަފުސަށް އަންނަން ފެށި ބަދަލުތަކަކީ އޭނާ ދިރިއުޅޭ ވެއްޓަށްވެސް އަންނަ ބަދަލުތަކެއް ކަމުގައި ހެދިއެވެ. ނަތީޖާއަކަށް ވީ ހުވަފެނީ މަންޒިލަކަށް އޭނާގެ ގެ، ބަދަލުވެގެން ދިއުމެވެ.

ކެރޭރާގެ ގެއަކީ މިއަދު ފަންނުވެރިންގެ ސަމާލުކަން ހުއްޓޭ ތަނެކެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ދިރިއުޅުން ހުސްކޮށްލުމުގެ ބަދަލުގައި، އެހެން ކަމަކަށް ފިކުރު ހިންގުމަށް ފެށި މަސައްކަތުން، އެތައް ބައެއްގެ ސަމާލުކަން ހުއްޓޭ ފަދަ ތަނަކަށް އޭނާގެ ގެ ހެދިއެވެ. މިއަދު އޭނާގެ ގެއަށް ގެނެސްފައިވާ ބަދަލުތަކާއި ފަރުމާތަކުގެ ތެރޭގައި ގުނާ ޢަދަދުވެސް ނުކުރެވޭހާ ގިނަ ޢަދަދަކަށް އިސްކުރާއި، ބައު ދަގަނޑުގެ އެކި ބާވަތްތައް ބޭނުން ކޮށްފައި އެބަ ހުއްޓެވެ.

އެކްސިޑެންޓަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ އެކުގައިހެން ކެރޭރާ މި މަސައްކަތް ފަށައިފިއެވެ. އިސްކުރުތަކާއި، ވަކިލާރިއާއި، އެކި މީހުންގެ އަތުން އެއްކުރަމުން ދިޔަ ބައު ވެފައި ވާ ކުޅޭ ސާމާނުތައް ބޭނުންކޮށްގެން އެންމެ ފުރަތަމަ ފަރުމާ ކުރި އެއްޗަކީ، އެ ގެއަށް އަންނަ އެކި ސިޓީއާއި އެނޫންވެސް އެފަދަ ތަކެއްޗަށް ހާއްސަކޮށްފައިވާ މެއިލްބޮކްސްއެވެ. މެއިލްބޮކްސްއިން ފެށި މަސައްކަތް، ގޭތެރޭގެ އެކި ތަންތަނާއި ގަރާޖުން ފެށިގެން ގޮސް، ކެރާރާގެ ކާރާ ހިސާބަށްވެސް ފޯރިއެވެ.

ގޭގައި ހުރި އެއްވެސް ވިއްކާލުމުގެ ކުޑަނަމަވެސް ފިކުރެއް، ކެރާރާ ނުގެންގުޅެއެވެ. އެއަށްވުރެ، އެ އުފެއްދުންތަކާ މެދު އޭނާގެ ހިތުގައި ފަޚްރުވެރިކަމުގެ ވިންދެއް ޖަހާފަދައެވެ.

ކެރޭރާގެ ގެއަކީ، ޓޮރޯންޓޯގައި ހޮވާ "އެކްސެންޓްރިކް ގަރޑަން"ގެ ޓައިޓަލްވެސް 2002 ވަނަ އަހަރު ހޯދި ގެއެކެވެ. ކެރޭރާގެ އަންދާޒާތަކަށް ބަލާ އިރު، އޭނާ ދިރިއުޅެމުން ދާ ގެއާއި ގޯތިތެރެއާއި ބަގީޗާގައި އެކިއެކި ފަރުމާތައް ކުރުމަށް ބޭނުން ކޮށްފައިވާ އިސްކުރުތަކުގެ ޢަދަދު އެކަނިވެސް 6 ލައްކައަށް ވުރެ ގިނައެވެ. 3 ހާހަށް ވުރެ ގިނަ، ފުޅިމަދު އުނގުރިއާއި، އެތައް ސަތޭކަ ބޮއްޔެއް ބޭނުން ކޮށްފައި ވާ އިރު، ހިސާބުގަނޑުން މީހުން ބޭނުން ނެތިގެން ދޫކޮށްލާފައި ވާ ގިނަ ޢަދަދެއްގެ ކުޅޭ ސާމާނުވެސް ފަރުމާތަކުގެ ތެރޭގައި ބޭނުން ކޮށްފައި ވާނެ ކަން ކެރޭރާ ފާހަގަ ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަންސޫރިއަން: އަންހެނުންނަށް ހުރަސް އަޅާ ކަމަށް ބުނެ އީރާނަށް އަމާޒު ކުރާ އިލްޒާމުތަކަށް ގޮންޖަހާލި އެތުލީޓު

މަންސޫރިއަން: އަންހެނުންނަށް ހުރަސް އަޅާ ކަމަށް ބުނެ އީރާނަށް އަމާޒު ކުރާ އިލްޒާމުތަކަށް ގޮންޖަހާލި އެތުލީޓު

21 އޮކްޓޯބަރު 2023
އިންސާނުންނަށް ރައްކާތެރި މަންޒިލަކަށް ދުނިޔެވާ 9 އިމުގެ ތެރެއިން 6 އިން ފަހަނައަޅާ ދެވިއްޖެ: ސައެންސްވެރިން

އިންސާނުންނަށް ރައްކާތެރި މަންޒިލަކަށް ދުނިޔެވާ 9 އިމުގެ ތެރެއިން 6 އިން ފަހަނައަޅާ ދެވިއްޖެ: ސައެންސްވެރިން

17 ސެޕްޓެމްބަރު 2023
އިންޑިޔާގައި 6000 ކިލޯގެ ދަގަނޑު ބްރިޖެއް ވަގަށްނެގިކަމުގެ ކުށުގައި 4 މީހުން ހައްޔަރުކޮށްފި

އިންޑިޔާގައި 6000 ކިލޯގެ ދަގަނޑު ބްރިޖެއް ވަގަށްނެގިކަމުގެ ކުށުގައި 4 މީހުން ހައްޔަރުކޮށްފި

09 ޖުލައި 2023
ބޮޑު އިމާރާތެއް އަޅާލަން އެންމެ 140 ގަޑިއިރު: ސިއްރަކީ ކޮބާ؟

ބޮޑު އިމާރާތެއް އަޅާލަން އެންމެ 140 ގަޑިއިރު: ސިއްރަކީ ކޮބާ؟

09 މެއި 2023
"360މަމްސް": މައެއްގެ ފަރާތުން މައިންނަށް އަޅާދިން ވަރުގަދަ ނެޓްވޯކެއް

"360މަމްސް": މައެއްގެ ފަރާތުން މައިންނަށް އަޅާދިން ވަރުގަދަ ނެޓްވޯކެއް

07 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު