Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ އިސްތިއުނާފް

ފާރިސްގެ ފަރާތުން އެދުނު ވަގުތީ އަމުރު މިއަދުވެސް ނެރެ ނުދިން!

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވެސް އަމުރަކަށް އެދުނު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 11:44
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އަސާސީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ބުނެ، ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމެންދެން އޭނާ ބަންދުން ދޫކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި އާދިއްތަ ދުވަހު ވެސް ގޮތެއް ނިމިފައިނުވާ ކަމަށް ވަކީލުން ބުނެފިއެވެ.

ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި، ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އާދިއްތަ ދުވަހު ބާއްވާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން ވަނީ އިސްތިއުނާފް ކުރާ މައިގަނޑު 11 ނުކުތާއެއް ހުށަހަޅާފައެވެ.

އަޑުއެހުމަށްފަހު ނިކުމެވަޑައިގެން ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ މީހަކު ހައްޔަރުކޮށްފިނަމަ ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އެ މީހަކު ގެންދަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ފާރިސް ހައްޔަރުކުރުމަށް ފަހު އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ގެންދިއުމެއް ނެތި، ގާނޫނާ ޚިލާފަށް ފާރިސް ގެންގޮސްފައިވަނީ ދޫނިދޫއަށްކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

ޝަމީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ޚިލާފަށް ފާރިސް ބަންދުކޮށްފައިވާކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ތަހުގީގު މަރުހަލާގައި އެ މީހަކު ބަންދުގައި ބެހެއްޓޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ފާރިސް ބަންދުގައި ބެހެއްޓުމަށް ނިންމި ނިންމުމުގައި ކަނޑައަޅާފައި އޮތީ ތަހުގީގު ހިނގަމުންދާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ މި މައްސަލަައިގައި ވަގުތީ އަމުރަކަށް އެދުނީ ފާރިސްގެ އަސާސީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ފާހަގަކުރެވޭތީ ކަމަށާއި އެ އަސާސީ ހައްގުތައް ހިމާޔަތްކުރެވޭނެ އެންމެ އަވަސް ވަސީލަތަކީ މި މައްސަލައިގައި ހައިކޯޓުން ވަކި ގޮތަކަށް ނިންމަން ދެން ނަމަވެސް ވަގުތީ ގޮތުން އޭނާ ބަންދުން ދޫކުރުން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި، ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުމުގައި ވެސް އެފަދަ އަމުރަކަށް އެދުނެވެ. ނަމަވެސް އެ އަޑުއެހުމުގައި ވެސް އެކަމާ ގުޅޭގޮތުން ގޮތެއް ނުނިންމަ އެވެ. މީގެއިތުރުން، ފާރިސްގެ ވަކީލުން ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަހުމަދު ޝާފިއުގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ ލިޔުންތައް ވެސް ކޯޓަށް ހުށަހަޅާފަ އެވެ. މިިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އަހުމަދު ޝާފިއު ބަންދުކުރުމަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކަކީ މީހެއްގެ މިނިވަންކަން ނަގާލުމަށް އެކަށޭނެ ހެކިތަކެއް ނޫން ކަމަށެވެ.

ޝަމީލް ވިދާޅުވީ ފާރިސް ހައްޔަރުކޮށްފައިވަނީ ހަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ނެރެނު އަމުރެއްގެ ދަށުން ކަމަށާއި ބަންދުގެ މުއްދަތު އިތުރުކުރީ ވެސް އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ހެކިތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމާފައިވަނިކޮށް އެހެން ގޮތަކަށް މާނަކޮށްގެން، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ފާރިސް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރުވެސް ދައުލަތަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާތީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭނެ އެވެ. ނަމަވެސް، އެ އަޑުއެހުން އޮންނާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު