Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުދި ވިޔަފާރިތަކަށް ލޯނު ދޫކުރުން

އެސްއެމްއީ ބޭންކުގައި ފައިސާއެއްނެތް، ފައިސާއަށް ހެދީ ކިހިނެތްތޯ ބަލަންޖެހޭ: ރައީސް ޞާލިހު

13 އެޕްރީލު 2024 | ހޮނިހިރު 12:32

ބޭންކުން ލޯނު ދޫކުރުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު 4000 އެނދު ތައާރަފު ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 އެޕްރީލު 2024 | ހޮނިހިރު 12:32
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލހު

އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލހު

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލޯނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު 4000 އެނދު ތައާރަފު ކުރެވިފައިވާ ކަމަށާއި ނަމަވެސް މިއަދު އެބޭންކުގައި ފައިސާ ނެތް ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެެވެ.

ހުކުރު ދުވަހުގެ ރޭ އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ލޯނުތައް ދޫކުރި ކަމަށެވެ. ބޭންކެއް ހަދައި އޭގެ ދަށުން އެސްއެމްއީ ލޯނު ދޭން ތައާރަފްކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ކުދިއަދި މެދު ފަންތީގެ އެތައް ވިޔަފާރިތައް ކުރިއަރައި ތަރައްގީވެގެން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

ފުވައްމުލަކުގެ ގެސްޓްހައުސް ހިންގާ ވިޔާފަރިވެރިންނާއި ހަވާލާދެއްވައި ރައީސް ޞާލިހު ވިދާޅުވީ އެސްއެމްއީ ލޯނު ތައާރަފުވުމުގެ ކުރިން އެރަށުގައި ހުރީ 150 އަށް ވުރެ މަދު ޓޫރިސްޓު އެނދު ކަމަށާއި ނަމަވެސް އެސްއެމްއީ ލޯނު ތައާރަފުކުރި ފަހުން 350 އެނދާ ގާތްކުރާ އަދަދަކަށް އެނދު އިތުރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެސްއެމްއީ ބޭންކުން ލޯނު ދޫކުރުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު 4000 އެނދު ތައާރަފު ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް މިސަރުކާރުން އެބޭންކްގައި ހުރި ފައިސާ އެހެން ކަމަކަށް ބޭނުންކޮށްފައިވާ ކަމަށާއި، އެބޭންކްގައި ފައިސާ ނެތް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފައިސާއަށް ހެދީ ކިހިނެތްތޯ ބަލަންޖެހޭ ކަމަށާއި، އެކަމާއި ގުޅޭގޮތުން ސަރުކާރާއި ސުވާލުކުރަންޖެހޭ ކަމަށެވެ.

އެސްއެމްއީ ބޭންކުގައި ފައިސާއެއްނެތް ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާއިރު، އެބޭންކުން ވަނީ ވަގުތީ ގޮތުން ލޯނު ދޫކުރުން ހުއްޓާލާފައެވެ. މިމަހުގެ ތެރޭގައި ލޯނު ދޫކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް އަދި ލޯނުތައް ދޫކުރަން ފަށާފައެއް ނުވެއެވެ.

މީގެ އިތުރުން ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރާއެކު މިގައުމުގެ މިސްރާބު މިވަނީ ފާލުން ނެއްޓި، ހަމަމަގުން ނެއްޓިފައި ކަމަށެވެ. އަދި ހަމަމަގަށް އަޅުވަން ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިމަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2018

އިބޫގެ ވައުދު: 6 މަސް ތެރޭގައި އެސްއެމްއީ ބޭންކް ގާއިމުކޮށް، ލޯނު ދޫކުރާނަން

31 އޯގަސްޓު 2018
އިބޫގެ ވައުދު: 6 މަސް ތެރޭގައި އެސްއެމްއީ ބޭންކް ގާއިމުކޮށް، ލޯނު ދޫކުރާނަން
03 ޖޫން 2018

ޓުވީޓެއް ކޮށްގެން މަހްލޫފަށް ކުރާ ދައުވާއާ ގުޅޭ ގޮތުން ދައުލަތުން ކޯޓުގައި ހެދީ ދޮގު

03 ޖޫން 2018
ޓުވީޓެއް ކޮށްގެން މަހްލޫފަށް ކުރާ ދައުވާއާ ގުޅޭ ގޮތުން ދައުލަތުން ކޯޓުގައި ހެދީ ދޮގު
03 މެއި 2018

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

03 މެއި 2018
މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
09 އެޕްރީލު 2018

އެސްއެމްއީ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

09 އެޕްރީލު 2018
އެސްއެމްއީ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި
26 ފެބުރުއަރީ 2018

ޚުތުބާ ކިޔަން ދެކޮޅު ހެދީ ދީން ސިޔާސީ ހަތިޔާރަކަށް ހަދަން ބިރުވެތިވާތީ: ލ. މާމެންދޫ މުދިމް

26 ފެބުރުއަރީ 2018
ޚުތުބާ ކިޔަން ދެކޮޅު ހެދީ ދީން ސިޔާސީ ހަތިޔާރަކަށް ހަދަން ބިރުވެތިވާތީ: ލ. މާމެންދޫ މުދިމް
07 އޮކްޓޯބަރު 2017

އަބުރުގެ ޤާނޫން ހެދީ ރައީސް ޔާމިން ވިދާޅުވެގެން ރާއްޖެ ޓީވީ ބަންދު ކުރަން: އަމީތު

07 އޮކްޓޯބަރު 2017
އަބުރުގެ ޤާނޫން ހެދީ ރައީސް ޔާމިން ވިދާޅުވެގެން ރާއްޖެ ޓީވީ ބަންދު ކުރަން: އަމީތު
11 ޖޫން 2017

"ގުރުބާންކުރާ ކަންބަޅިއަކަށް" ގަތަރާއި އިރާން ހެދީ ސައުދީން ލިބިފައިވާ ކަމަށް ބުނާ ފައިސާއަށް: އަލީ ހުސައިން

11 ޖޫން 2017
"ގުރުބާންކުރާ ކަންބަޅިއަކަށް" ގަތަރާއި އިރާން ހެދީ ސައުދީން ލިބިފައިވާ ކަމަށް ބުނާ ފައިސާއަށް: އަލީ ހުސައިން
26 މާރިޗު 2017

ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް

26 މާރިޗު 2017
ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް