Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޓެން ހާގް ބުނަނީ އަބަދު ވެސް ޒިންމާ ނަގާނެ ކަމަށް

އެ ޓީމު މަސައްކަތް ކުރަމުން އަންނަނީ ލީގު ތާވަލްގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އެޕްރީލު 2024 | ހޮނިހިރު 09:03
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

ކަންކަމުގައި އޭނާ އަބަދު ވެސް ފުރިހަމަ ޒިންމާ ނަގާނެ ކަމަށް، މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުނައިޓެޑުގައި އޭނާ ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އަދި ޔުނައިޓެޑުގެ ނަތީޖާ ބައެއް ފަހަރު ދަށްވުމުގެ ސަބަބުން، ކުރިމަތިވަމުން އަންނަ ފާާޑު ކިޔުންތަކާ ވެސް ގުޅިގެން ވާހަކަ ދައްކަމުންނެވެ.

ޓެން ހާގް ބުނީ، ކަންކަމުގައި އަބަދު ވެސް ހަގީގަތާ ކުރިމަތިލާަން ޖެހޭނެ ކަމަށެވެ. އަދި ކުލަބެއްގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރުމަކީ، ކެބިނެޓެއްގައި ވަޒީރެއް ފަދައިން މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް ބުނީ އެއްވެސް ކަމަކީ އޭނާގެ އަތް މަތީގައި އޮންނަ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް އެންމެ ފަހު ވަގުތު ހުރިހާ ޒިންމާއެއް ނަގަން ޖެހޭނެ ކަމަށެވެ. އެކަން ޤަބޫލު ކުރަން ޖެހޭނެ ކަމަށާއި، ޔުނައިޓެޑުގައި އޭނާ ފުރިހަމަ އަށް ޒިންމާ ނަގާނެ ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ ޓެން ހާގް ހަވާލުވެ، އެ ކުލަބަށް އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވޭތީ އަބަދު ވެސް ޓެން ހާގަށް ފާޑު ކިޔުމާއި، ޕްރެޝަރު ބޮޑުވެ އެވެ. އެހެން ނަމަވެސް އޭނާ ބުނަމުން އަންނަނީ މުސްތަޤުބަލަށް ކުރާ މަަސައްކަތުގެ ނަތީޖާ ފެންނަން ދުވަސް ނަގާނެ ކަމަށެވެ.

މިވަގުތު ޔުނައިޓެޑު އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. އެ ޓީމު މަސައްކަތް ކުރަމުން އަންނަނީ ލީގު ތާވަލްގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

12 މާރިޗު 2017
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު