Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނާ އިންޑިއާގެ މައްސަލަ

ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާ އާއި ޕާކިސްތާނަށް ސައޫދީ ވަލީއަހުދު ގޮވާލައްވައިފި

އިންޑިއާ އާއި ޕާކިސްތާނުން ވެސް ކަޝްމީރުގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލް ކުރާ އިރު، އެ ސަރަހައްދުގެ ފުރިހަމަ އިސްތިގުލާލު އޮތް ކަމަށް ދެގައުމުންވެސް ދަނީ ބުނަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2024 | ބުރާސްފަތި 09:18
ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާ ބައްދަލުކުރެއްވުން

ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާ ބައްދަލުކުރެއްވުން

ކަޝްމީރު ސަރަހައްދުގެ މައްސަލާގައި ޒަމާނުއްސުރެ އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރުމަށް އިންޑިއާ އާއި ޕާކިސްތާނުން މަޝްވަރާކުރުމަށް ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގޮވާލައްވައިފިއެވެ.

ވަލީއަހުދު މިކަމަށް ގޮވާލެއްވީ އިގްތިސާދީ އެހީތެރިކަން ހޯއްދެވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާ ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައެވެ.

1947 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކިބައިން މިނިވަންވި ފަހުން ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި އެ ދެގައުމުގެ މެދުގައި އުފެދުނު ބޮޑު ފްލޭޝްޕޮއިންޓަކީ ކަޝްމީރުގެ ދެބަސްވެފައިވާ ހިމާލިއާ ސަރަހައްދެވެ. އިންޑިއާ އާއި ޕާކިސްތާނުން ވެސް ކަޝްމީރުގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލް ކުރާ އިރު، އެ ސަރަހައްދުގެ ފުރިހަމަ އިސްތިގުލާލު އޮތް ކަމަށް ދެގައުމުންވެސް ދަނީ ބުނަމުންނެވެ.

ކަޝްމީރު މައްސަލައިގައި ދެގައުމުގެ ގުޅުންގޯސްވެފައިވާއިރު،2019 ވަނަ އަހަރު ވެސް ނުތަނަވަސްކަން އުފެދުނީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ދިން ހަނގުރާމަވެރި ހަމަލާއެއްގައި 40 އަށް ވުރެ ގިނަ ޕެރަމިލިޓަރީ ސިފައިން މަރާލުމާ ގުޅިގެން އިންޑިއާއިން ޕާކިސްތާނުގެ އެތެރޭގައި ބަދަލުހިފުމުގެ ހަމަލާތައް ދޭން ފެށުމުންނެވެ. އޭގެ ފަހުން ވެސް ގުޅުން ވަނީ ހީނަރުވެފައެވެ.

ސައޫދީ އަރަބިއްޔާއަކީ އިންޑިޔާއާއި ޕާކިސްތާނުގެ ވެސް ވަރަށް އިސް ބައިވެރިއެކެވެ. އިންޑިއާއާ އެކު އިގްތިސާދީ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނައިރު، ސައޫދީ އަރަބިއްޔާއިން ޝަރީފްގެ ދަތުރުފުޅުގައި ވެސް އެއްބަސްވެފައި ވަނީ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނަށް ފަސް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕެކޭޖެއް އަވަސް ކުރުމަށެވެ.

ސައޫދީ ޝާހީން މަޝްވަރާއަށް ގޮވާލާފައި މިވަނީ ޕާކިސްތާނުގެ ބިމުން އުފެދޭ ހަނގުރާމަވެރި ހަރަކާތްތަކާ ގުޅިގެން އިންޑިއާގެ އޮފިޝަލުންގެ ބަހުގެ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.  

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ދިފާއީ ވަޒީރު ވަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ބޯޑަރު ހުރަސްކޮށް ހަމަލާތައް ދީފާނެ ކަމުގެ އިންޒާރު ދީފައެވެ. އިސްލާމްއާބާދުން ވަނީ އެ އިންޒާރުތަކަކީ ސަރަހައްދީ ސުލްހައަށް އެއްވެސް ފައިދާއެއް ނެތް އިންޒާރުތަކެއް ކަމަށް ބުނެފައެވެ.

ކަޝްމީރުގެ މައްސަލާގައި ދެކުނު އޭޝިއާގެ ވާދަވެރި ބާރުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވައިދިނުމަށް ސައޫދީ އަރަބިއްޔާގެ މި ސިޔާސަތުގެ ސަބަބުން އެ ގައުމަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ތިން ވަނަ ފަރާތަކުން މީގެ ކުރިން މެދުވެރިވުމަށް ކުރި މަސައްކަތަށް އިންޑިއާއިން ދެކޮޅުހަދާފައިވާއިރު، އެ ގައުމުން ބުނަމުން ދަނީ ޕާކިސްތާނާ އެކު މި މައްސަލަ ހައްލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ސައޫދީ އަރަބިއްޔާގެ ޑި ފެކްޓޯ ރަސްގެފާނު ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ ސަބަބުން އާ ޑިޕްލޮމަސީއަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް އެނަލިސްޓުން ދެކެއެވެ.

ޕާކިސްތާންއިންޑިއާސައޫދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު