Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިފައިންނާއި ފުލުހުންގެ މަސައްކަތް

ސިފައިންނާއި ފުލުހުން އޯޑަރަށް ނޫން ގޮތަކަށް މަސައްކަތެއް ނުކުރާނެ، މިމައްސަލަ މަޖިލީހުން ބަލަންޖެހޭ: ރައީސް ސާލިހު

މިސަރުކާރާއި ގައުމަށް ވަރަށް ބޮޑަށް ފާރަވެރިވަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2024 | ބުދަ 20:40
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ސިފައިންނާއި ފުލުހުން އޯޑަރަށް ނޫން ގޮތަކަށް މަސައްކަތް ނުކުރާނެ ކަމަށާއި، ޕީޕަލްސް ނެޝަނަލް ފްރަންޓު އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅި މައްސަލައާ ގުޅިގެން ފުލުހުންނަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ފުވައްމުލަކު މެދު ދާއިރާގައި ބޭއްވި މިސްރާބު ހަމަ މަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ޚާއްސަކޮށް އެމްޑީޕީން ގާތްގަނޑަކަށް ވޭތުވެދިޔަ 20 ވަރަކަށް އަހަރު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެތައް ގުރުބާނީއެއް އެތައް ރައްޔިތުންނެތް ވެފައިވާ ކަމަށެވެ. ނަމަވެސް 9 އޭޕްރީލް 2024 ވީ އަންގާރަ ދުވަހުގެރޭ މާލެއިން ފެނުނީއެއް 2024 ވަނަ އަހަރު ފެންނަން ޖެހޭ ކަހަލަ މަންޒަރެއް ނޫން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސްއަޅައި، ހިނގައިދިޔަ ކަންތައްތަކުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މިގައުމުގެ ސިފައިން ވެސް ފުލުހުން ވެސް އޯޑަރާއި ހިލާފަށް އަމަލުނުކުރާނެ ކަމަށާއި، އެއީ ޔަގީން ކަމެއް ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މިމައްސަލަ ރައްޔިތުން މަޖިލީހުން ބަލަންޖެހޭ ކަމަށާއި، މިކަން ހިނގާދިޔަ ގޮތް ސާފުކުރަންޖެހޭ ކަމަށެވެ. އަދި 241 ކޮމެޓީން މިމައްސަލަ ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސަރުކާރާއި ގައުމަށް ވަރަށް ބޮޑަށް ފާރަވެރިވާންޖެހޭކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިސަރުކާރު އެންމެ ފުރަތަމަ ހަމަލާ އަމާޒުވި ނޫސްވެރިންނަށް ކަމަށާއި، ނޫސްތައް ބަންދުކުރުމުގެ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މިއަދު މިފަދަ ކަންކަން ނުހުއްޓުވޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މިއަދު ޕާޓީ ނިޒާމެއް، ސިޔާސީ ފިކުރެއް ހިޔާލު ތަފާތުވުންތަކެއް ނުހުއްޓުވޭނެ ކަމަށާއި، ކުރިއަށްދާން ޖެހޭނީ އެއަށް ޖާގަ ދީގެން ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ފާޑު ކިޔުމާއި، ބަސް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ނުދީ، ރައްޔިތުންގެ އަޑުނާހާ ކަމަށްވާނަމަ ތިބެންޖެހޭނީ ދުރުގައި ކަމަށެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު